މާރުކޭޓުގައި ހުރި ވިޔަފާރިވެރިއަކު ކަރައެއް ފަޅާފައި، އެ ޕެކް ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
01 މާޗް 2025 - 14:48
ރޯދަމަސް ފެށުނު އިރު ބާޒާރުގެ އަގުތައް އަދި ހުރީ މާބޮޑު ބަދަލެއް ނައިސް ހިފެހެއްޓިފައި ކަމަށާއި އެކަމަކު ތަކެތީގެ ސަޕްލައި ބަދަލުވަމުންދާ ގޮތަކުން އަގުތަކަށް އަދި ބަދަލު އަންނާނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފި އެވެ.
ލޯކަލް މާކެޓުގައި މި ރޯދަ މަހު ވެސް އެންމެ ބޮޑު ޑިމާންޑެއް އޮތީ ދިވެހި ކަރަ އާއި މިރުހާއި ކޮޕީ ފަތަށެވެ.ކަރާ ކިލޯއެއް މިއަދު 25ރ. އަށް ހުރި އިރު މާރުކޭޓުގައި ގިނައީ އެންމެ ގިނައިން ކަރާ ހައްދާ ތޮއްޑޫގެ އިތުރުން ކަނޑޫދޫ ކަރަ އެވެ.
މި ރޯދަ މަހު އއ. ތޮއްޑޫން 500-600 ޓަނާ ދެމެދުގެ އަދަދަކަށް ކަރާ ސަޕްލައިކުރެވޭނެ ކަމަށް އެ ރަށުން ވަނީ ލަފާކޮށްފަ އެވެ.
މަޝްހޫރު ކަނޑޫދޫ މިރުހެކޭ އެއްގޮތަށް ލ. އަތޮޅުން ގެންނަ މިރުސް ވެސް ރޯދައާ ދިމާކޮށް ވަނީ ގިނަވެފަ އެވެ. މިއަދު މާރުކޭޓުން 100 ގްރާމު މިރުސް 20-25ރ. އާ ދެމެދުގެ އަގެއްގައި ލިބޭއިރު ކިލޯއެއް 200ރ. އަށް ލިބެ އެވެ. އެކަމަކު މިއީ މީގެ ހަފްތާއެއް ކުރިން މިރުސް ކިލޯއެއް ހުރި ވަރަށް ވުރެ ހެޔޮ އަގެކެވެ. އޭރު ކިލޯއެއް ވިއްކީ 250ރ. އަށެވެ. މިއީ މިރުހުގެ ސަޕްލައި ގިނަވުމުން އަދި ބަދަލެކެވެ.
މާރުކޭޓުގައި މިރުސް ވިއްކަނީ: މިރުސް ކިލޯއެއް އުޅެނީ 200ރ. އަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ކޮޕީ ފަތް ބޮޑިއެއް އުޅެނީ 15-20ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ބާޒާރުގައި މީގެ ދުވަސްކޮޅެއް ކުރިން ގިނަ އަދަދަކަށް އަނބު ހުރި ނަމަވެސް މިހާރު ވަނީ މަދުވެފަ އެވެ. އަނބު މޫސުމާ އެކު އައި ތިޔާގިކަމަށް ފަހު މިހާރު 10-12 އަނބު ލިބެން ހުރީ 100ރ. އަށެވެ.
ރޯދައަށް ޑިމާންޑް ބޮޑުވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކުރުނބާ ލިބެން ހުރީ 30-35ރ. އަށެވެ.
ވިޔަފާރިވެރިން ބުނީ، ރޯދަ މަހުގެ ފުރަތަމަ ދުވަސް ނަމަވެސް، ތަކެތީގެ އަގުތައް އެވްރެޖުކޮށް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށެވެ. އެކަމަކު ދަނޑުވެރިން އަތުން ތަކެތި ލިބޭ ގޮތެއްގެ މައްޗަށް އަގުތަކަށް ކުރިއަށް އޮތް ތަނުގައި ބަދަލު އަންނާނެ ކަމަށް ބުންޏެވެ.
މާރުކޭޓުގައި ތަކެތި ވިއްކާ މީހަކު ބުނީ، އާންމު ގޮތެއްގައި ރޯދަ މަހު އާމްދަނީ އެހެން މަސްތަކަށް ވުރެ 100 ޕަސެންޓު އިތުރުވާ ކަމަށެވެ. އެހެންވެ، ރޯދައާ ދިމާކޮށް، ވިއްކަން ބަހައްޓާ ސާމާނު ވެސް ވިޔަފާރިވެރިން އިތުރު ކުރެ އެވެ. ރާއްޖޭގައި ހައްދާ ތަކެތީގެ އިތުރުން އިމްޕޯޓްކޮށްފައި ހުންނަ ތަކެތި ވެސް ވަނީ ބާޒާރުގައި އެތައް ގުނައެއް އިތުރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޒް
02 March 2025
ކޯންޗެއްގެ އަގުތަ ކަލޭމެން ތި ބަލަނީ.. ބަލަ ލޮނުމެދު ކިލޯއެއްގެ އަގު؟ ހުރިހާ އެއްޗެއްވެސް ހުރީ އާންމުކޮށް ވިއްކާ އަގަށް ވުރެން ބޮޑުވެފައި
ސަނީކާއްތަ
01 March 2025
އަދި މާ އަވަހެއްނު ސުރުހީއެއް އަޅާލަން... އަގު މަތިކޮށް ވިއްކާމީހުންވެސް ސަރުކާރަށް ރޭކާނުލަނީ ކަމަށް ބަލާފަ އިތުރު ފަސްރުފިޔާ ޖައްސާލަފާނެ ކިލޯއަކުން. އަގުގަ ޖަހާފަ ހުންނާނީ 100 ގުރާމު 9 ރުފިޔާ. ގަންނަންދާ މީހުން ގުނބޯ ހައްދަން.
ޢޮނަރަބަލް ބަކުރުބޭ
01 March 2025
ގާނޫނާއި ގަވާއިދު ހަދަންތިބޭ ސަރުކާރު މެމްބަރުންނާއި ވަޒީރުން ރާއްޖޭން ބޭރުން ކާއްޓާއި ކަރާ އަދި ދުންފަތް އެެތެކޮށް ވިއްކާހަ ހިނދަކު ރައްޔިތަކަށް ނޭވާއެއް ނުލެވޭނެ. އާންމު ރައްޔިތަކަށް ކުރިއެރުމެއް ނުލިބޭނެ.
އަގޭނުވާނެތިކަމެއް
01 March 2025
ލޮނުމެދު ކިލޯ އެއް 150 އިން 170 އަށް ބައެއް ތަންތާނގަ މިއަަދު 200އަށް، ކާއްޓެއް 12އަށް
ހުމޭރާ
01 March 2025
ޝުކިރިއްޔާ ރައީސް
އަލީ އުސްމާން
01 March 2025
މިއަދު އަހަރެން ވެސް ބާޒާރު ކޮށްލަން ދިޔައިން، މީ ދޮގެއްނޫން، ތަކެތީގެ އަގު ހުރީ ހިފެހެއްޓިފައި، އަގު ބޮޑޭ ކިޔާ ޓުވީޓެއް ކޮށްލާނަމޭ ހިތާ ދިޔައީ، އެކަމް ދެން ރޯދަ މަހު ދޮގެއް ނެހެދޭނެ، ތަކެތި ހަމަ އަގު ހެޔޮ.
ހުވަފެނުގާ
01 March 2025
އެހެންވީމަ ހުވަފެެނުގަ ތިޔަ ދިޔަތާކަށް ތިޔަަ ދިޔައީ.. ހޭލާހުރެގެން ގޮސް ޗެކްކޮށްލަބަލަ
މަމެންމީގާމާރުން
01 March 2025
މުޅިންވެސް ދިވެހި އުފެއްދުން ތެރިންގެ އަގުކޮންޓުރޯލް ކުރާވާހަކަ. ދަނޑުވެރިއެއްގެ މަސައްކަތައް ނުރައްކާވާވަރައް އަގު ކޮންޓުރޯލްކުރޭ އެބަ. ކަރައެއް ލިބެނީ އެ އިންދާތާ 3މިސްފަހުން ވެލަކުން އެއްމެ ކަރައެއް. އެކަރާސަލާމަތް ކުރަން ކުރާމަސަތްކަތް ޅައިރު އިންސެކްޓުން ސަލާމަތްނުވެގެން ހަރުވެލީމަ ކާޅުކާނެ މީދާކާނެ ކަނބިލިކާނެ މިކުރާހޭދައާ ވަގުތާ ކޮޅުފާންޖަހާބަޔަކައް މަރުހަބާ ކިޔަން އަހަރަމެން ތިބޭނެ ސަފުހަދާފަ ދިދަހިފާގެން އަތްޖަހަންގޮސް
ރަދީފްއޮފިޝަލް / ސ.ހިތަދޫ 77776
01 March 2025
ކޮބާ ގާލިކް ރަނަށްވެފަ ހުރިކަމެއް ލިޔުންތެރިޔާއަށް ނޭނގުނު ދޯ. 4 ގާލިކް މިއަދު ގަތީ 47ރ އަށް.
ޖައްސާޖައްސާ
01 March 2025
މިހުރިހާ ކަމެއްގެ އަސްލަކީ އެސްޓީއޯ އިން ބާޒާރަށް އަގުހެޔޮ ކޮށް ތަކެތި ނެރުމޭ އަދި ވެސް އަގު ހެޔޮ ކުރެވޭނެއޭ އިންޑިއާ އާއި އެކު ފްރީޓްރޭޑް އެއްބަސްވުމަކަށް އަަވަހަށް ދާންވީއޭ ޗައިނާ ފްރީ ޓްރޭޑްގެ ދަށުން ޗައިނާ ކަރަންސީ އަށް ދިވެހި ރުފިޔާ ގަންނަން ލިބޭނެ ގޮތް ހަދާށޭ އެއިރުންނޭ މިކަން ވައިގައި ހިފާ އަދި ޑޮލަރަށްވާ ބަރޯސާ އެއްކޮށް ނެތިގެންދާނީ މިކަން ޖައްސާށޭ...
އާދަަންބެ
01 March 2025
އެސްޓީއޯއިން އޮބިއަޅުވައިގެން އަގުތައް ހީފެއްޓިފާއެހުރީ. އެސްޓީއޯއަށް މިކަމުގާ ޝުކުރު ހައްގު.