ހޮލީވުޑްގެ ތަރިން ކަމަށްވާ ނޯއާ ސެންޓިނިއޯ އާއި ޒޯއީ ކްރެވިޓްޒް.
04 މާޗް 2025 - 07:22
ހޮލީވުޑްގެ ތަރިން ކަމަށްވާ ނޯއާ ސެންޓިނިއޯ އާއި ޒޯއީ ކްރެވިޓްޒްގެ "ސިއްރު ގުޅުމެއް" އޮންނަ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، ނޯއާ އާއި ޒޯއީ އަކީ މިހާރު ހޮލީވުޑްގެ އެންމެ އާ ޖޯޑެވެ.
ޓީއެމްޒީން ބުނީ އެ ދެ ތަރިން އެއް ދުވަހެއްގެ ވަރަށް ފަތިހުގެ ވަގުތެއްގައި ކެލިފޯނިއާގެ ރެސްޓޯރެންޓަކުން އެކުގައި ނުކުންނަނިކޮށް މިފަހުން ވަނީ ފެނިފައިވާ ކަމަށެވެ. އަދި ރެސްޓޯރެންޓުން ނުކުމެ، އެ ދެމީހުން އެތަނުން ދިޔައީ ވެސް އެއް ކާރެއްގައި ކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ.
ނޯއާ އާއި ޒޯއީގެ ވާހަކަ މީޑިއާގައި ފެތުރުނީ ޒޯއީ ކުރިން ކައިވެނިކުރަން އުޅުނު ހޮލީވުޑްގެ އެކްޓަރު ޗެނިން ޓޭޓަމް އޭނާގެ އާ ލޯބިވެރިޔާ ތައާރަފުކުރިތާ ދެ ދުވަހެއް ފަހުންނެވެ. ޗެނިން މިހާރު ރަށްޓެހިވެގެން އުޅެނީ އޮސްޓްރޭލިއާގެ މޮޑެލްއަކާ އެވެ.
ޒޯއީ އާއި ޗެނިންގެ ގުޅުން ނިމުމަކަށް އައީ ރަށްޓެހިވެގެން އުޅުނުތާ ތިން އަހަރު ފަހުންނެވެ. އެ މީހުން ވަކިވި ސަބަބެއް އަދި ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy