ފަލަސްތީނުގެ ޣައްޒާގައި ރެފިއުޖީ ކޭމްޕެއް ކައިރީ ކުދިންތަކެއް ކުޅެނީ: ޣައްޒާ އާރާސްތުކުރުމާ ބެހޭ މަޝްވަރާތަކެއް އަރަބި ގައުމުތަކުން ވަނީ ފަށާފައި. -- ފޮޓޯ: އޭއެފްޕީ
04 މާޗް 2025 - 07:42
ފަލަސްތީނުގެ ޣައްޒާ އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސް އެތަނުން މީހުން ބޭލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި މައްސަލާގައި އަރަބި ލީގުގެ ފޮރިން މިނިސްޓަރުންގެ ހާއްސަ ބައްދަލުވުމެއް ބާއްވައިފި އެވެ.
މި މަޝްވަރާތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް އަރަބި ލީގުގެ ބޭފުޅަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި މިއީ ޣައްޒާގެ 2.4 މިލިއަން އާންމުން އެތަނުން ބޭރު ނުކޮށް، ހަނގުރާމައަށް ފަހު ޣައްޒާ އަލުން އާރާސްތުކުރުމަށާއި އެކަމާ ގުޅޭ މަޝްވަރާތަކަށް ތައްޔާރުވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މީޑިއާއަށް ހުޅުވާނުލައި ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރި ކަންކަމަށް "އަންގާރަ ދުވަހު ބާއްވާ ސަމިޓުގައި އަރަބި ލީޑަރުންނަށް ރުހުން ހޯދުމަށް ހުށަހަޅާނެ" ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
މި ބައްދަލުވުމުގެ ކުރިން މިސްރުގެ ފޮރިން މިިނިސްޓަރު ބަދުރު އަބުދުއްލަތީ ވަނީ އުރުދުން، ބަހްރެއިން، ޓިއުނީޝިއާ، އިރާގު އަދި ޔަމަނުގެ އިތުރުން ފަލަސްތީނުގެ އިސް ޑިޕްލޮމެޓާ އެކު ވަކިވަކިން ބައްދަލުކުރައްވައިފަ އެވެ.
ޣައްޒާއިން މީހުން ބާލައި މިސްރާއި އުރުދުންއަށް ގެންގޮސް ރިސޯޓެއް ގޮތަށް ޣައްޒާ ތަރައްގީކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން އަރަބި އަދި އިސްލާމީ ގައުމުތަކުން ނުރުހުން ފާޅުކޮށް، ޓްރަމްޕުގެ އެ ހިޔާލާ އެއްގޮތަށް ކުރާ އެއްވެސް ކަމަކަށް އެއްބާރުލުން ނުދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލީލީ
04 March 2025
ތީގެ ކިތަށް ހޮޅި ބައްދަލުވުން އަރަބިން ބާއްވައިފިތޯ! ވީކަމެއް ހަރާމް. ބައްދަލުވުން މުޅިންވެސް ނިމެނީ ޔަހޫދީންނަށް ފައިދާވާގޮތަށް. އޭގެ ނަތީޖާ އަކީ އިޒްރޭލާއި ކައިރީގައިވާ ގިނަ އަރަބި ގައުމުތަށް ގުޅުންތަށް ނޯމަލައިޒްކޮށް ވިޔަފާރިއާއި އެންމެހާ ގުޅުންތަށް ލަދު ފަހަނަ އަޅައި ފާޅުގައި ކުރިޔަށް ގެންދާކަން. މިހާރު ފަލަސްތީނާ ލުބުނާނާ ސީރިއާގައި ޔަހޫދީން އެދަނީ ބިން ފުޅާ ކުރަމުން. މުސްލިމުން ހޭލާކަށް ނުވޭބާ!
ކަކުނިބޯ.
04 March 2025
އެމެރިކާ އަށް ނޭނގޭ އެއްވެސް ކަމެއް ތިއަ ބައްދަލުވުމުގައި ނޯންނާނެ. ޢަރަބިން ވާނީ ޢަރަބީންނަށް. ހުސް ޖަމަލު ފޮޑި.
އަލީލީ
04 March 2025
ހމމ އަހަރެންވެސް ތިހެން ހިތަށް މި އެރީ. ހުސް ޔަހޫދީންގެ ޕަޕެޓުން. ޔަހޫދީންނާއި އަރަބިންކުރި 6 ދުވަހުގެ ހަނގުރާމައިގަވެސް އަރަބިން ބަލިވީ ހަމަ އަރަބީންގެ ހިޔާނާތްތެރިކަމުން. އިޒްރޭލަށް އޮތީ ހުރިހާ މައުލޫމާތެއް ކުރިޔަށް ދީފަ. ޑޮލަރަށް މި މީހުން ނުވިއްކާނެ އެއްޗެއް ނޯންނާނެ.