04 މާޗް 2025 - 13:21
މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް މިދިޔަ އާދިއްތަދުވަހު ބަންޑުން ޖަހާލި ލޯންޗު ކަނޑުން ނަގައިފި އެވެ.
އދ. ދިގުރަށުން މާލެ އަންނަން "ހުވަން" ލޯންޗު އެ ދުވަހު ފުރީ ހެނދުނެވެ. ގާތްގަނޑަކަށް 30 ވަރަކަށް މިނެޓަށް ދުއްވުނުތަނާ ޖެހި ރާޅަކާ އެކު ލޯންޗު ދިޔަވެ އަޑިއަށް ދިޔައީ އެ އަތޮޅު މަހިބަދޫ ބޭރަށެވެ.
އޭގައި ތިބި މީހުން ފުލުހުންގެ އެހީތެރިކަމާ އެކު ވަނީ ސަލާމަތްކޮށްފަ އެވެ.
ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން ވިދާޅުވީ އެ އަތޮޅު ބައެއް ރަށްރަށުގެ މީހުން ގޮސްގެން އެ ރޭ ލޯންޗު ނަގާފައިވާ ކަމަށެވެ.
ދިގުރަށު ފަޅުގައި ބާއްވައިގެން އެ ލޯންޗް މިހާރު އަންނަނީ މަރާމާތު ކުރަމުންނެވެ.
ދިގުރަށުގެ އެކިއެކި ގެސްޓް ހައުސްތަކުގެ ގެސްޓުން ގޮވައިގެން ދަތުރުކުރި އެ ލޯންޗުގައި 48 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެ އެވެ.
މާލެ ދަތުރުކުރަން އެ ކުންފުނިން ދެ ލޯންޗު ގެންގުޅޭއިރު، އަޑިއަށް ދިޔަ ލޯންޗު ގެންގުޅޭތާ އަދި ވާނީ އަހަރެއްހާ ދުވަސް ކަމަށް ލެޓްސް ގޯ ދިގުރަށް" ކުންފުނީގެ ފަރާތުން ވާހަކަ ދެއްކެވި އިސްވެރިޔާ ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އަޑިއަށް ދިޔަ ލޯންޗު ގަންނަން ހައެއްކަ މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާނެ އެވެ. އެހެންވެ، ލޯންޗު އަޑިއަށް ދިއުމަކީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން23434
05 March 2025
6 މިލިޔަނަށް ތީގެ އާ ލޯންޗެއް ބަދެވޭނެ !
ޚަ ބަރު
04 March 2025
އަޑިއަށް ދިއުން ބަނޑުން ޖަހާލުން ދެހާލަތެއް. ކަނޑަށް އަޑިއަށް ދިއުންނަމަ ރިކަވާ ކުރުން އެއީ ނާދިރު ކަމެއް.
ދިވެއްސެއް / މާދާމަ 5 ވަނަ ރޯދަ
04 March 2025
6 މިލިއަން؟؟
ނޫކަށި
04 March 2025
ސާބަހޭ ހިތްވަރުގަދަ ރައްޔިތުންނޭ! ތިޔައީ އެއްނު ހަގީގީ ދިވެހީންނަކީ!!! އައްސަރި ބަހާއި ސާބަސް ތިޔަ ކުދީންނަށް!
އަބުދުބެއްޔާ
04 March 2025
އުޅަދު ފަހަރު މިހާރު ބަނދެފަ ހުންނަނީ އެއްކޮށް އަޑިޔަށް ނުދާގޮތަށް އެތެރޭގަ ބޮއި ހަދާފަ، އުޅަދު އެއްކޮށް އަޑިޔަށް ދިއުމުގެ ފުރުސަތު ވަރަށް ކުޑަވާގޮތަށް
މީނު
04 March 2025
ނެގީ ކިހިނެއްކަން އެނގެން ބޭނުން
އަސްމާ ސައިދު
04 March 2025
ދިވެހިންގެ އެއްބައިވަންތަ ކަން ދައްކުވައިދީފި.
ތޯތޯ
04 March 2025
ލޯންޗު އަޑިޔަށް ދިޔައީތަ ނޫނީ ބަންޑުން ޖަހާލީތަ؟ ހަބަރުގެ ކުރީކޮޅު ބަންޑުން ޖެހި ކަމަށް . ފަހުކޮޅު އޮތީ އަޑިޔަށް ދިޔަ ކަމަށް