ބޮލީވުޑްގެ ތަރި އާލިއާ ބަޓް އާއި މިއުޒިކް ކޮމްޕޯސަރު ޕްރިތަމް ޗަކްރަބަތީ އަދި ދެކުނު ކޮރެއާގެ ލަވަކިޔުންތެރިޔާ ޖެނީ.
05 މާޗް 2025 - 10:37
ދެކުނު ކޮރެއާގެ މަޝްހޫރު މިއުޒިކް ގްރޫޕް ބްލެކްޕިންކްގެ ލަވަކިޔުންތެރިޔާ ޖެނީ، ބޮލީވުޑްގެ މިއުޒިކް ކޮމްޕޯސަރު ޕްރިތަމް ޗަކްރަބަތީގެ ލަވައެއް ކޮޕީކުރި ކަމަށް ތުހުމަތުކޮށްފި އެވެ.
ޖެނީ މިފަހުން ވަނީ އޭނާގެ ސޯލޯ އާ ލަވަ "ލައިކް ޖެނީ" އިއުލާންކޮށްފަ އެވެ. އަންނަ ހުކުރު ދުވަހު ނެރޭ އެ ލަވައިގެ ކުރު ޓީޒާއެއް މީގެ ފަސް ދުވަސް ކުރިން ވަނީ ގެނެސްދީފަ އެވެ.
ނަމަވެސް، އެ ޓީޒާ އާންމުކުރުމާ އެކު އެއީ ކޮޕީ ލަވައެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އާންމުންގެ ފާޑުކިޔުން ވަނީ ބޮޑުވެފަ އެވެ.
#BLACKPINK's Jennie copied the song 'Rani Anthem' from the movie 'Rocky Aur Rani Ki Prem Kahani', which has Indian artist Pritam's credits, in a way that sounds no different. pic.twitter.com/lwtiCS2O7m
— K-Pop Base (@kpopbaseee) March 4, 2025
ޖެނީގެ އާ ލަވައިގެ ރާގު ވައްތަރީ ޕްރިތަމް މިއުޒިކް ކޮމްޕޯސްކޮށްދިން ކަރަން ޖޯހަރުގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގައި އާލިއާ ބަޓްގެ އެންޓްރީ އަށް ބޭނުންކުރި ލަވައާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެހެންވެ، ޖެނީގެ އާ ލަވައަކީ ކޮޕީއެއް ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
"އަޑާއި ރާގާއި ކިޔުން ވެސް ހަމަ އެއްގޮތް،" މީހަކު ބުންޏެވެ.
ޖެނީ، ޕްރީތަމްގެ ލަވައެއްގެ ކޮޕީކުރި ކަމަށް ތުހުމަތުކުރާ އިރު، ޕްރީތަމްއަކީ ވެސް ކޮޕީކުރާ ކަމުގެ ތުހުމަތު އަބަދުމެ އަމާޒުވާ ފަންނާނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެއްސޯ ހުތާ
07 March 2025
ކަލޭމެނާ ކޮން ބެހޭކަމެއްތަ ހެހެ ކޮން ޓުކުރި ތުކުރި އެއްތަ ހެހެ
ޓުކުރި ޓުކުރި
07 March 2025
ޕްރީތަމްގެ ޓުކުރި ޓުކުރި ލަވަޔަކީ ތޮއްޑޫ ބަނޑިޔާ ގްރޫޕްގެ މިއުޒިކް ލައިގެން ހެދި ލަވައެއް.
2025
06 March 2025
ޖެނީގެ އަތުން ރަގަޅުބަދަލެއް ނަގަންވާނެ...... ބޮއިހަލަކި
އިހްސާސް
05 March 2025
ޕުރިތަމް މިޔުޒިކުހެދި ބުލަޔާ އެއީވެސް ކޮޕީއެއް.
ކޮޕީޕޮޕީ
05 March 2025
މީހަކު އަވަދިވެދާނެ ކަލޭނޭ!