ޔޫއެސްއެއިޑްގެ މައި އޮފީސް ބަންދުކޮށް މުވައްޒަފުން މަސައްކަތުން އެކަހެރިކުރުމުން އެ އޮފީސް ކުރިމަތީ މުޒާހަރާކުރަނީ: އެހީ ހުއްޓާލުމުގެ ނިންމުމަކަށް ސުޕްރީމް ކޯޓުން ވަނީ ދެކޮޅު ހަދާފައި. -- ފޮޓޯ: އޭއެފްޕީ
06 މާޗް 2025 - 06:52
އެމެރިކާއިން އެހެން ގައުމުތަކަށް ދޭ އެހީގެ ތެރެއިން ދެ ބިިލިއަނެއްހާ ޑޮލަރު ދޫނުކުރަން ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމެވި ނިންމެވުން ގާނޫނާ ހިލާފް ކަމަށް ދަށު ކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފި އެވެ.
މިއީ ޓްރަމްޕުގެ ނިންމެމުންތަކާ ދެކޮޅަށް ގާނޫނީ ގޮތުން ކުރާ މަސައްކަތުގައި ސުޕްރީމް ކޯޓާ ހިސާބުން މިހާތަނަށް އައި އެންމެ ބޮޑު ހުކުމެވެ.
ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ އަޣުލަބިއްޔަތުން ދެމެހެއްޓި ހުކުމަކީ އެމެރިކާއިން މިހާރު ހިންގާފައިވާ އެހީގެ ޕްރޮގްރާމްތަކުގެ ދަށުން ހަވާލުކޮށްފައިވާ އެކި ޕްރޮޖެކްޓްތަކަށް ދެމުން ގެންދާ ނުދީ ނުހިފެހެއްޓޭނެ ކަމަށެވެ.
ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އާއި ސްޓޭޓް ޑިޕާޓްމަންޓާ އެކު ހަދާފައިވާ އެއްބަސްވުންތަކަށް ފައިސާ ދެއްކުން އަލުން ފެށުމަށް އަމުރު ކުރެއްވި ފެޑެރަލް ފަނޑިޔާރު ވިދާޅުވީ "ސަރުކާރުން އަދާކުރަންޖެހޭ ޒިންމާތަކަކީ ކޮބައިކަން ސާފުކޮށްދޭން ޖެހޭ" ކަމަށެވެ.
އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ކޮންޒަވޭޓިވްސް ފިކުރުގެ ޖޯން ރޮބާޓްސް އާއި ޓްރަމްޕް އައްޔަން ކުރެއްވި އެމީ ކޯނީ ބެރެޓް ވަނީ މި ނިންމުމަށް ވޯޓު ދެއްވައިފަ އެވެ.
ފަނޑިޔާރު ސެމިއުލް އަލީޓޯގެ ތަފާތުވި ރައުޔުއަށް ކޮންޒަވޭޓިވް ފިކުރުގެ އަނެއް ތިން ބޭފުޅުން ތާއީދުކުރެއްވި އެވެ.
"އިހްތިސާސް ވެސް ނެތް އެންމެ ޑިސްޓްރިކްޓް ކޯޓެއްގެ ފަނޑިޔާރަކަށް ވެސް، ޓެކްސް ދައްކާ މީހުންގެ ދެ ބިލިއަން ޑޮލަރު (އަދި މިއީ ދާއިމީ ގޮތެއްގައި ގެއްލިގެންދާ ފައިސާއަކަށް ވެދާނެ ހާލަތު އޮއްވައި) ދައްކަން އެމެރިކާ ސަރުކާރަށް މަޖުބޫރުކުރުމުގެ ބާރު އޮންނާނެހެއްޔެވެ؟ އެލިޓޯ ލިޔުއްވާފައިވެ އެވެ.
"އެ ސުވާލުގެ ޖަވާބަކަށް ވާން ޖެހޭނީ ވަރަށް ވަރުގަދަ "ނޫނެކޭ" އަށް. ނަމަވެސް މި ކޯޓުގެ މެޖޯރިޓީ އެހެން ގަބޫލުކުރާ ކަމަކަށް ނުފެނޭ. އަޅުގަނޑު ހަމަ ހައިރާންވެއްޖެ."
ޓްރަމްޕްގެ ސަރުކާރުން އެޅި އެކި ފިޔަވަޅުތަކަށް ގާނޫނީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިކުރުވި އެމެރިކަން ސިވިލް ލިބަޓީސް ޔޫނިއަން އިން ވަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔާފަ އެވެ.
ޓްރަމްޕު ވިދާޅުވެފައިވަނި ޔޫއެސްއެއިޑް އަކީ މޮޔައިންގެ ބަޔަކު ހިންގާ ތަނެއް ކަމަށާއި އެތަނުން ކުރަނީ ބޭކާރު ހަރަދު ކަމަށެވެ. އެ ވިސްނުމުގައި ޓްރަމްޕް ވަނީ އެ އިދާރާގެ ގިނަ މުވައްޒަފުން މަސައްކަތުން އެކަހެރިކޮށްފަ އެވެ. އަދި އެތަނުގެ މަސައްކަތް ހުއްޓާލަންޖެހޭ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަތޫ
08 March 2025
ޢެތާގައި 9 މިތާގައި 7 . 3 އަށް ހަދާ
މާލު
06 March 2025
ތި ޔޫއެސް އެއިޑް އަކީ މުސްލިމުންގެ ބިންތައް ފޭރިގެންނާ އެގޮތް މިގޮތުން އެމެރިކާއިން ވައްކަން ކޮށްގެން ހޯދާ ފައިސާގެ ބައިކުޅަ ބައެއް، މި ފައިސާ މުސްލިމު ގައުމުތަކުގައި ފަސާދަ(އެއްޖިންސުން ގުޅުން ހިންގަން ހިތަވަރު ދިނުން، ފެމެނިޒަމް، ސަރުކާރުތަށް ބަދަލުކުރަން އަޑީން އެހީވުން...)ކުރާން ހިލޭ އެހީގެ ނަމުގައި ބަހަނީ
ކަރާސީނު
06 March 2025
ނިކަން ގާތުން ބަލަން ތިބޭށެވެ. ސުޕުރީމް ކޯޓުގެ ބެންޗް ބަދަލެއް ނުވާނެއެވެ. އަދި މައްސަލައިގެ މިހާ ހިސާބުން (އަދި އޭގެ ކުރިންވެސް) ފަނޑިޔާރުންގެ "ސުލޫކީ" މައްސަލަ އައުމެއްވެސް ނެތެވެ. ރާއްޖޭގައި އަތް ނުބާނަން ބުނި ބޭފުޅާގެ މުޅި ހަށިކޮޅުވެސް ޝަރުއީ ދާއިރާގެ ތެރެއަށް ވަދެ، ފެންނަންވެސް ނެތެވެ!
ނޭނގޭމީހާ
06 March 2025
ވެރިޔާ އަމިއްލަ ނޫނީ އަމިއްލަމީހުން ނިންމާ ނިންމުމަށް ޙުކުމް ކުރިޔަސް އެމީހުން މަޖްލީހުން ހަދާ ޤާނޫނަކަށް ނޫނޭ ގޮތްކިޔައިގެން އުޅެނީ. އެމީހުން މަޖްލީހަކަށް އަތެއް ނުބާނަޔޭ. ބޭނުންކޮޅަކަށް ވާހަކަދެއްކޭނެ ގޮތް އޮވޭ. ނަމަވެސް އަޅާކިޔާއިރު ބަލާލަންވާނެ ދޯ ކަންވެފައި އޮތީ އެއްގޮތަކަށްތޯވެސް.
އެނގޭ މީހާ
06 March 2025
ކަންތައް ވެފައި އޮތީ އެއްގޮތަށް ތޯ ބަލާށޭ ނޭނގޭމީހާ ބުނާއިރު މިގައުމުގެ ސުޕްރީމް ކޯޓަށް ލާފައި އޮތް މައްސަލަ ނިމުނީކީ ނޫނޭ. ފުޅަށްބުޑުން ދާތީ ހަސަނާ ދެކޮޅަށް ނިންމަފާނޭ ހިވާވަރުން ސުޕްރީމް ކޯޓުގެ ބެންޗު ޕެރަލައިޒް ކޮށްލައިގެން އެ އުޅެނީ. ކަމެއް ނިންމަން ފުރުސަތު ދިނީމަދޯ އިނގޭނީ ނިންމާނެ ގޮތެއް ވެސް.