08 މާޗް 2025 - 09:18
މި ރަށުގެ ނިސްބަތުން އާމްދަނީ ހޯދަން މަސައްކަތެއް ނުކުރާ އަންހެނަކު ނޫޅެ އެވެ. އަންހެނުންގެ ކޮމިޓީން ވަނީ އާމްދަނީ ލިބޭނެ ކޮންމެ ވެސް ގޮތެއް އެންމެންނަށް ޔަގީންކޮށްދީފަ އެވެ. އެންމެ ގިނަ މީހުންނަށް ހޯދައިދިން ވަޒީފާއަކީ ރަށާ ކައިރި ރިސޯޓްތަކަށް ރޮށި ފިހުމެވެ. އަނެއް ބަޔަކު ރިސޯޓްތަކަށް ކުނި ކަހަން ދެ އެވެ. ނޫން ނަމަ އަމިއްލަ ކޮންމެވެސް މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދަ އެވެ.
މިއީ، ނ. ކުޑަފަރީ އަންހެނުން ކޮމެޓީން އެ ރަށުގައި އާމްދަނީ ހޯދޭނެ ގޮތެއް ނެތި ތިބި އަންހެނުންގެ ދިރިއުޅުން ބަދަލުކޮށްދިން ގޮތުގެ ވާހަކަ އެވެ.
ރާއްޖެއަށް އާމްދަނީ ލިބޭ އެންމެ ފުޅާ ދާއިރާކަމުގައިވާ ޓޫރިޒަމް ދާއިރާ ދުވަހެއް ދުވަހަކަށް ކުރިއަރަމުން އަންނައިރު އެ ދާއިރާގައި އެންމެ ގިނައީ ވެސް ރާއްޖޭގެ ޒުވާނުންނެވެ. ހާއްސަކޮށް ފިރިހެނުންނެވެ.
ރިސޯޓަށް ފޮނުވަން ރޮށި ފިހަން ހަވާލުވި ގެއެއްގައި އެ މަސައްކަތް ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރިކަމަކީ ވަޒީފާ ނެތި ތިބި އަންހެނުން ކައިރިއަށް ގޮސް ބޭނުންވަނީ ކޮން ކަމެއްތޯ ބެލުން. މައުލޫމާތު ހޯދީ އެންމެ ފުރަތަމަ. ރަށުގެ ގާތްގަނޑަކަށް 90 ޕަސެންޓު މީހުން ބުނީ ބޭނުންވަނީ އާމްދަނީއެއް ލިބޭނެ ގޮތެކޭ. ބޭނުންވަނީ މޮޅެތި މުބާރާތްތަކާއި އެކަހަލަ ކަންކަމެއް ނޫނޭ،" އެ ރަށު އަންހެނުން ކޮމެޓީގެ ރައީސާ މިލްހާނާ އިބްރާހިމް ވިދާޅުވި އެވެ.
ރަށް ކައިރީ ކިތަންމެ ގިނަ ރިސޯޓެއް އޮތަސް ގޮންޖެހުމަކަށްވީ ވަޒީފާއެއް ހޯދަން އަހަން އެ ތަންތަނުގެ ބޮޑެތި މީހުންނާ ގުޅުން ނެތުމެވެ. އެހެންވެ އެންމެ ފަސޭހަ ގޮތެއް ކަމަށް ގަބޫލުކޮށް އަންހެނުން ކޮމެޓީގެ މެމްބަރުން ރަށު ކައުންސިލާ ވާހަކަ ދެއްކީ އެ މީހުންގެ ގުޅުން ރިސޯޓުތަކާ ރަނގަޅުވުމުންނެވެ.
ރައްޔިތުންގެ ފައިދާއަށް ކުރާ ކޮންމެ ކަމަކީ ރަށަށް ލިބޭ ކުރިއެރުމެއް ކަމަށް ގަބޫލުކުރާ ކުޑަފަރީ ކައުންސިލް މެމްބަރުން، އަންހެނުން ކޮމެޓީއާ ގުޅިގެން އެކަން ކޮށްދިނެވެ.
އަންހެނުންގެ ކޮމިޓީގެ ރައީސް މިލްހާނާ، ރޮށިތަކާ ހަވަލުވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ކުޑަފަރީގެ 68 އަންހެނުންނަށް، ކޮމިޓީން ވަޒީފާ ހަމަޖައްސައިދީފައި ވާއިރު އޭގެ ތެރެއިން 60 މީހުން ރޮށި ފިހަނީ އެވެ. އަނެއް ބަޔަކު ސިޔާމް ވޯލްޑު ރިސޯޓަށް، ކުނި ކެހުމަށެވެ. އެ ދުވަހު ގޮސް އެ ދުވަހު އަންނަ ގޮތަށެވެ.
"އަޅުގަނޑުމެން އޭރު ބެލިއިރު މަސައްކަތް ކުރެވޭ ހާލަތުގައި ތިބި އެންމެން ވަޒީފާގެ ފުރުސަތު ހަމަޖައްސައިދިނިން. ބަލިވެ، ކަންކަން ރިކަވާ ވެގެން އަނެއްކާ މަސައްކަތް ކުރެވޭ ހާލަތަށް އައިސްފައި މިހާރު އެބަ ތިބި މީހުން ކޮޅެއް، އެ މީހުންނަށް ވަޒީފާ ހޯދައިދޭން މަސައްކަތް ކުރަމުން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.
އެންމެންނަށް ބަހާލައިގެން ކޮންމެ ދުވަހަކު 2،000 އަށް ވުރެ ގިނަ ރޮށި ފިހާއިރު ރަނގަޅު މަހެއްގައި އުޖޫރައެއްގެ ގޮތުގައި 3000 ލިބެ އެވެ. އަނެއްބައި މަސް މަހު ރޮށި ފިހަން ޖެހޭ ވަރު މަދުވެ، މީހަކަށް 60 ރޮށި ފިހަން ވެސް ލިބެ އެވެ.
ރޮށި ފިހަން ލިބެނީ ރިސޯޓަށް ގެސްޓުން އަންނަ އަދަަށް ބަލައިގެން އެވެ. ކުނިކަހަން ދާ ކޮންމެ އަންހެނަކަށް މަހެއްގެ މައްޗަށް 8000ރ. ލިބޭއިރު އެ މީހުން ކުނި ކަހާ ނިންމުމަށް ފަހު ރަށަށް ގެނެސް ވެސް ދެ އެވެ.
އާމްދަނީއެއް ލިބޭނޭ ގޮތެއް ނެތް އެތައް ބަޔަކަށް އެ ފުރުސަތު ލިބުމަކީ އެ މީހުން ދެކޭ ގޮތުގައި، ކުޑަކަމެއް ނޫނެވެ. އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ކުރިއަށް ވުރެ މިހާރު ރަނގަޅުވެއްޖެ އެވެ.
"މި ރަށު ފިހާރަތަކުގެ ވެރިން ވެސް އެބަ ބުނޭ މިހާރު، ކުރިއަށް ވުރެ ވިޔަފާރި ރަނގަޅު ވެއްޖެއޭ. އެއްޗެހި ގަންނަން އަންނަ މީހުން އިތުރުވެ، ފިހާރަތަކަށް ލިބޭ އާމްދަނީ އިތުރު ކަމަށް،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ޔުމްނާ ރޮށި ފިހަނީ: ގޭގައި ކޮންމެ ދުވަހަކު ގަޑިއެއްހާ އިރު މަސައްކަތްކޮށްގެން އާމްދަނީ ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ބުނޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފެށުނީއްސުރެ ރޮށި ފިހުމުގައި ހަރަކާތްތެރިވާ ޔުމްނާ މުހައްމަދު ފަހީމް ބުނީ އެ މަސައްކަތާ އެކު ފިރިމީހާއަށް ލިބޭ އާމްދަނީއަށް ދިރިއުޅުން ބަރޯސާވުން ނިމުނު ކަމަށެވެ.
"މީގެ ކުރިން ފިރިމީހާއަށް ލިބޭ އެއްޗަކުން އެކަނި އަޅުގަނޑުމެން ދިރިއުޅެމުން އައީ. މިހާރު މީގެން [ރޮށި ފިހެގެން] ލިބޭ އެއްޗަކުން ގޭގެ ކަރަންޓު ބިލު، ދަރިންގެ ޓިއުޝަން ފީ، ކަހަލަ ކަންކަން ނޫނީ ގެެއަށް ބޭނުންވާ އެއް ސާމާނު ވެސް ގަނެވޭ،" އޭނާ ބުންޏެވެ.
ވަރަށް ހިތްހަމަ ޖެހޭ މަސައްކަތެއް މިއީ. 100 ރޮށި ފިހަން ގަޑިއެއްހާ އިރު ވެސް ހޭދަ ނުވޭ، ކުޑަ ވަގުތުކޮޅަކުން ފަސޭހައިން އާމްދަނީ ހޯދޭނެ މަގެއް މި ކޮށައިދިނީ."
ރިސޯޓަށް ފޮނުވަން ބަންދުކޮށްފައި ހުރި ރޮށި ކައުންސިލް އިދާރާގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރޮށި ފިހަން ހަވާލު ކުރުމުން އަންހެނުން ކޮމެޓީގެ ދައުރު ނިމުނީކީ ނޫނެވެ. ރޮށި ފިހެގެން ގެންގޮސް ރިސޯޓަށް ފޯރަންދެން އެ މީހުން ދެކެނީ އެއީ ހަވާލު ވެފައިވާ ބޮޑު ޒިންމާއެއްގެ ގޮތުގަ އެވެ.
ކޮންމެ މީހަކު ވެސް އެ ދުވަހަކަށްވާ ރޮށި ފިހެ، ފޮއިލްގައި ރަނގަޅަށް ބަންދުކުރަން ޖެހެ އެވެ. އެއަށް ފަހު ކަނޑައަޅާފައި އޮންނަ ގަޑިއަށް ގެންދަނީ ކައުންސިލް އިދާރާއަށެވެ. ވައިބާ ގްރޫޕްގައި ކޮންމެ ދުވަހަކު ވެސް ތަފްސީލްތައް އަޕްޑޭޓް ކުރަމުންދެ އެވެ. އެތަނުން އެއާ ހަވާލުވާން ތިބެނީ އަންހެނުން ކޮމެޓީގެ މެމްބަރުންނެވެ. އެއި ރޮށިތައް ޗެކޮށް، ހުންނަން ޖެހޭ ކޮލިޓީގައި ރިސޯޓަށް ފޮނުވައިދެނީ އެ މީހުންނެވެ.
ރިސޯޓަށް ރޮށި ފޮނުވަން، ކޮމިޓީން މުސާރަ ދީފައި މީހަކު ހަމަޖައްސާފައި ހުރެ އެވެ.
ކޮމެޓީން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ރަށުގައި އެ މަސައްކަތް ކުރާ ހުރިހާ އެންމެން އެއް ތަނެއްގައި ތިބެ މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދިނުމެވެ. "މަސް ބަދިގެ" އެއް ތައްޔާރު ކުރުމެވެ.
އަމިއްލަ ރަށަށް އޮންނަ ލޯތްބަކީ ވަރުގަދަ ލޯތްބެކެވެ. ތަފާތު އިހުސާސެކެވެ. ރަށުގެ ރައްޔިތުންނަށް އެހީތެރިވުމަކީ ގުޅުންތައް ބަދަހިވެ، ރަށް ކުރިއަރާނެ ކަމެއް ކަމަށް އެ ރަށު ކައުންސިލާއި އަންހެނުން ކޮމެޓީން ގަބޫލު ކުރެ އެވެ.
އުފަން ފަސްގަނޑުގައި ތިބެ، ރަނގަޅު އާމްދަނީއެއް ހޯދޭނެ މަގެއް ކޮންމެ މީހަކަށް ހޯދައި ދިނުމަކީ އެ ރަށު އަންހެނުން ކޮމެޓީއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރިއެއް
09 March 2025
ސިޔާމްވޯލްޑް ހެދި ދުވަސްވަރު މަގުތަށް ރީތިކޮން ސާފުވަންދެކަ މަނަދޫ އަންހެންވެރިން ގެންގޮސް ސާފު ކުރުވީ ދެންވީ އެވެރިން ބާކީ މީހަގީގަތް
ފޮރުވިފައި އޮތް ތެދު
08 March 2025
ތިޔައީ ކުޑަފަރީގެ ދަރިއަކު އޭނާގެ ރަށުގެ އަންހެނުންނާއި ރަށުގެ ތަރައްގީ ޓަކައި ކޮށްދޭ ކަމެއް. ކޮމެޓީގެ ރައީސާގެ ވާހަކައިގައި ސިޔާމްގެ ނަން ވެސް ނުގެނެސް، ސިޔާމަށް ޝުކުރު ވެސް އަދާކޮށްފައި ނެތް. ކޮންމެ ދުވަހަކު ބޮޑު ސިންގާ ލޯންޗެއްގައި ކުޑަފަރީއަށް އައިސް ރޮށި ހިފައިގެން އެ ދަނީ ސިޔާމް އެކަން ހަމަހައްސަން އެންގީމަ. ހަގީގަތް ހާމަކުރޭ! ސިޔާމަށް ޝުކުރު އަދާކުރަން ކެރެންވާނެ.
ޖައްސާޖައްސާ
08 March 2025
ރޮށި ފިހުމަކީ މުޅި އޮޕަރޭޝަން ފުއްގަނޑު މުޑުމާއި އަދި ރޮށި ދެމުމާއި އަދި ރޮށި ފިހުމާއި މިހުރިހާ ކަމެއް އެމްބެޑެޑް ސިސްޓަމް އަދި ރޮބޮޓިކްސް ޓެކްނޮލޮޖީގެ އެހީގައި އޮޓޮމޭޓް ކޮށް އަދި 5 ޖީ ވައިފައި އެކްސެސް ވެވޭ ގޮތް ހެދޭނެއޭ މިކަން ވެއްޖެނަމަ އެއީ ކުޑަފަރި ރޮށިފިހާ ކާރުޚާނާ އަކަށް އެތަން 10 ބުރިއަށް ހަދާ ބަދަލު ކުރެވޭނެއޭ ނަތީޖާ އަކީ މުޅި ރާއްޖެ އަށް ބޭނުންވާ ރޮށި ސަޕްލައި ކުޑަފަރިން އެކަނި ކުރެވޭނެއޭ ތަމެން ކުޑަފަރީ އަންހެނޭ މެން ލާރޖްކޮށް ޖައްސާށޭ
ވިސްނާށޭ
08 March 2025
ނޫނު ކުޑަފަރި ދަރިއަކު ހިންގާ ރިސޯރޓަކަށް ކުނި ކަހަން ކުޑަފަރި އަންހެން ވެރިން ދާއިރު ކުޑަަފަރި ކައުންސިލުން ވިސްނަންވީ ކުޑަ ފަރި ފަޅު ތެރޭން ބައެއް ސަން ސިޔާމް އަށް ކުއްޔަށްދޭންވީ ކުއްޔަށް ބަދަލެއް ނާންނަ ގޮތަށް 1000 އަހަރަށް 6 ހެކްޓަރުގެ ފަޅު ހިއްކައިގެން އެތަނުގައި ގެސްޓް ހައުސް އަދި ހޮޓެލްސް އަދި މޮޓެލްސް ހިންގާ ގޮތަށް 20 ހާސް ކޮޓަރި ހަދާނީ އެއިރުން ދެން ކުޑަފަރި އެންމެނަށް ވަޒީފާ ލިބޭނެއޭ ސަރުކާރަށް ބަރޯސާ ވުން ކުޑަކުރާށޭ ރާއްޖެތެރޭ މީހުން
ކައންސީލާ
08 March 2025
ޒަމާނަށް ނުފެތޭ ކަޓް ކައުންސިލަކާއި ކޮމިޓީއެކެވެ. މޮޑަން ކައުންސިލްތަކުން ކުރަނީ މުޅީންވެސް މުބާރާތް ބޭއްވުމާއި ، ބަޖެޓް ކާލެވޭނެ ގޮތަކާއި ދޭތެޜޭ ވިސްނުމެވެ.
ބަލާށޭ
08 March 2025
ނޫނު ކުޑަފަރި އަންހެން ވެރިން ތިޔާ ކުރާ ހިތްވަރަށް މަމެން ސާބަސް ދެމޭ ކިއެއްވެތޭ އެންމެ 3 ހާސް ރުފިޔާ ލިބެންވީ ރަނގަޅަށް ރޮށި ފިހެފައި އަދި ރޮށި ރިސޯރޓް ތަކަށް ސަޕްލައި ކުރެވެން ޖެހޭނެއޭ ކޮންކަމެއްތޭ އަތޮޅު ކައުންސިލުން ކުރަނީ ދެފައި ދަމަ ދަމައިގެން ނިދަނީދޯ ތަމެން ބަލަގަ ނޫނު އަތޮޅުގައި އެންމެ ރިސޯރޓް ތައް ގިނައީ ކިއެއްވެތޭ ދުބާއީން ރޮށި ފިހެގެން ރިސޯރޓް ތަކަށް ގެންނަންވީ އެކަން ޖެހޭނީ ހުއްޓުވާށޭ އަތޮޅު ކައުންސިލުން ތަމެން ގަމާރުން ތައް ބަލާށޭ
ޗުުއްޕު
08 March 2025
އަހަރެމެން ރަށް ރަށު އަންހެނުން ކޮމެޓީ ތަކުގެ އެންމެ މުހިންމު މަސައްކަތް ތަކަކީ ޕާޓީ ޕުރޮމޯޓް ކުރުމާއި،ެ އެންމެން ޕާޓީ ކުލައިން ހެދުން ލުމާއި' މަސްއައިނެއް ހެން އެއްކޮށް އުޅުމާއި'އިންތިހާބް ތަކުގައި ޕާޓީއަށް ކެންޕެއިން ކޮށް ދިނުން ކަހަލަ ކަންކަން ކުރުމެވެ.
برهان الدين رباني
08 March 2025
ކައުންސިލްތަކާ ޖަމިއްޔާތަކުން އިސްނަގައިގެން މިފަދަކަންކަން ކުރާން އިސްނަގަންޏާ ރިސޯޓުތަކާ ދެންވެސްހުރި ތަންތަނަކުން ނޫނެކޭބުނާން ވަރަށް އުނދަގޫވާނެ. ކޮންމެއަކަސް ޝިޔާމަށްވެސް ބޮޑު ޝުކުރެއް މިކަމުގާ ހައްގު. ކ. އާއި އ. ނަގާފާ އެންމެ ގިނަ ރިސޯޓުތައް އޮތް ބ. އަތޮޅުގާ މިކަން އޮތީ ކިހިނެއް؟
ހާސަރު
08 March 2025
މިއީ ވަރަށް ސަޅިކަމެއް. މި މީސްމީހުންގެ އާމްދަނީ ހުއްޓިދާފަދަ އެއްވެސް ކަމެއް ރިޒޯޓުން ވިއަސް ވިޔަފާރިވެރިންވެސް ކުރިއަދީގެން ނުވާނެ. މިހެން މިބުނީ މިއާރޓިކަލް ފެނިގެން ހައެއްކަ ބަންގާޅިންލައްވާ ރޮށިފިހެގެން ރިޒޯޓަށް ވިއްކަން ފެށިއަދީގެން ނުވާނެއޭ.
ޓަކާން
08 March 2025
ވަރަށް ރަނގަޅު ވާހަކައެއް.
އެދުރު ބެ
09 March 2025
ސަތޭކައިގެ ވާހަކައެއް. އަހަރަމެން ރަށުގަވެސް އަންހެންވެރިން ރަށް ސާފުކޮށް ކުނިކަހަކަހާ ތިއްބާ ފާޑެއްގެ ލޯކަލް ކޮމްޕެނީއެއް ހަދާފަ ، ކުނިކަހަން ބަންގާޅު ބޭފުޅުންކޮޅެއް ގެނެސް، ރަށުގެ އަންހެނުން ކަނބަލުން އެކަމުން ދުރުކޮށްފި
އަލަފް
08 March 2025
ޝުކުރިއްޔާ ސަންސިޔާމު، ކުޑަފަރީ ކައުންސިލް އަދި އތމ ކޮމިޓީ