ކުރީގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީ: އޭނާގެ ޕާސްޕޯޓް ކެންސަލްކުރަން އެންގި އަމުރު ނެރުނުތާ ފަސް އަހަރު ފަހުން އެ އަމުރު ބާތިލް ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅާފައި
06 މާޗް 2025 - 10:50
ކުރީގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީގެ ޕާސްޕޯޓް ކެންސަލް ކުރަން އެންގި އަމުރު ނެރުނުތާ ފަސް އަހަރު ފަހުން އެ އަމުރު ބާތިލް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސްގެ ސްޕެޝަލް އެންވޯއީގެ މަގާމު އަދާކުރެއްވި ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން 2020 ވަނަ އަހަރު ސިވިލް ކޯޓުން އިމިގްރޭޝަންގެ މައްޗަށް އަމުރުކުރީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ.
ނަމަވެސް، އެއީ ނެރެވޭނެ އަމުރެއް ނޫން ކަމަށް ބުނެ އިމިގްރޭޝަނުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން 2022 ވަނަ އަހަރު އެ ކޯޓުން ނިންމާފައި އޮތީ އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހައިސިއްޔަތު ދައުލަތަށް ނެތް ކަމަށެވެ.
އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔަ އެވެ. އެ މައްސަލާގައި 2023 ވަަނަ އަހަރު ކުރި ހުކުމުގައި ވަނީ ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން އަމުރު ނެރެފައިވަނީ އިމިގްރޭޝަންގެ މައްޗަށް ކަމަށް ވާތީ އެ އަމުރު އިސްތިއުނާފް ކުރުމުގެ ހައިސިއްޔަތު ދައުލަތަށް އެބައޮތް ކަމަށެ. އަދި މައްސަލަ ބަލަން ހައި ކޯޓުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކުރި އެވެ.
ސުޕްރީމް ކޯޓުގެ އެ އަމުރާ ގުޅިގެން ދައުލަތުން އެ މައްސަލަ ހައި ކޯޓަށް އަލުން ހުށަހެޅި އެވެ. ޒަކީގެ ޕާސްޕޯޓް ކެންސަލް ކުރަން އެންގި އަމުރު ބާތިލް ކުރަން ދައުލަތުން އެދިފައިވަނީ ސާބިތު ދަރަނީގެ މައްސަލަތަކުގައި ފައިސާ ދައްކަން ޖެހޭ ފަރާތަކީ ކުންފުންޏެއް ފަދަ ގާނޫނީ ޝަހުސެއް ނަމަ އެ ކުންފުނީގެ ޑިރެކްޓަރުންނަށް ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް އެ ފަރާތްތަކުގެ ޕާސްޕޯޓް ހިފެހެއްޓި ދާނެ ކަމަށް ގަވައިދުގައި ބުނެފައިވީ ނަމަވެސް ޕާސްޕޯޓް ކެންސަލް ކުރުމުގެ ބާރު ކޯޓަށް ދީފައި ނުވާތީ އެވެ.
އެކަން ބަޔާންކޮށްފައިވަނީ ރަހުނު ނުހިމެނޭ ސާބިތު ދަރަނީގެ މުއާމަލާތްތަކުގެ އަމަލު ކުރަންވީ ގޮތުގެ ގަވައިދުގަ އެވެ.
ދައުލަތުގެ މައިގަނޑު ބަހުސަކީ ޕާސްޕޯޓް ހިފެހެއްޓުމާއި ކެންސަލް ކުރުމަކީ ތަފާތު ދެ ކަމެއް ކަމެވެ.
މައްސަލަ ހުށަހެޅިތާ އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން ހައި ކޯޓުން މިދިޔަ އަންގާރަ ދުވަހު އިއްވި ހުކުމްގައި ބުނީ، ގަވައިދުގައި އޮތީ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރު ކުރުމުގެ ވާހަކަ ކަމަށާއި ޕާސްޕޯޓް ކެންސަލް ކުރުމުގެ ވާހަކައެއް ނޫން ކަމަށެވެ.
"އެހެންވެ، ޕާސްޕޯޓް ކެންސަލް ކުރެވޭ ގޮތަށް އެ މާއްދާ ތަރުޖަމާ ކުރުމަކީ ގާނޫނީ ގޮތުން ރަނގަޅު އަދި އެ މާއްދާއިން ދީފައިވާ ބާރުގެ ހުދޫދުގެ ތެރެއިން ކުރެވޭނެ ކަމެއް ކަމުގައި ނުދެކެން،" ހައި ކޯޓުގެ ހުކުމްގައިވެ އެވެ.
އެ ހުކުމްގައި ބުނީ ގާނޫނުގައި ނުވަތަ ގަވައިދުގައި ސަރީހަ ނައްސުން ބަޔާންކޮށްފައި ނުވާ ކަމެއް ނުވަތަ ނުހިމެނޭ ކަމެއް އެ އަށް އިތުރު ކުރުމަކީ ކޯޓަށް ލިބިދީފައިވާ ބާރު ފުޅާކުރުމުގެ އިތުރުން ގާނޫނުން ނުވަތަ ގަވައިދުގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުން ކަމަށެވެ. އެއީ ރަނގަޅު ގޮތް ނޫން ކަމަށް ހުކުމްގައި ބުންޏެވެ.
މި މައްސަލަ ހައި ކޯޓުން ނިންމަވާފައިވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީގެ އިއްތިފާގުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުދިންބެގެ އަލީ
06 March 2025
ނަސީބެއްނު ޕާސްޕޯޓު ވީދާ ކުދިކުދި ކޮށްލަން ހުކުމް ނުކުރިކަން. މިމީހުން ކޮއްފާނެ ކޮންމެފަދަ ހުކުމެއްވެސް\
ހުސްބުޅި
06 March 2025
"ނަމަވެސް، އެއީ ނެރެވޭނެ އަމުރެއް ނޫން ކަމަށް ބުނެ އިމިގްރޭޝަނުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން 2022 ވަނަ އަހަރު އެ ކޯޓުން ނިންމާފައި އޮތީ އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހައިސިއްޔަތު ދައުލަތަށް ނެތް ކަމަށެވެ." މިއީ އަސްލު ދައުލަތް ހިމްގުމުގައި ތަޅުއެޅުވުމަކީ. ކޯޓުތަކުން ވަކިވަޔަކަށް އަމާޒުކުރާ ތިމާ ބޭނުންވާ ގޮތަކީ ރަނގަޅުގޮތް ކަމަށް ނިންމާލަންވީ.
އިފުރީތު
06 March 2025
ކަޯޓުތަކުގް ފެންވަރާމެދު ސައްކެއްނެތް..އިސްކޯޓު ފުންނާބު އުސް ކުރިން ޣާޒީ ކަންނުކުރާ ބޭފުޅާއަށް ނޭންގުނު އިސްތިއުފާ ސިޓީ ފޮނުވަންޖެހޭ މީހެއްވެސެ.
ސުހާނާ
06 March 2025
އިފުރީތު. ފަނޑިޔާރުންނަށް ކިޔަނީ "ޣާޒީ" (غازى) އެއް ނޫން. "ޣާޒީ" އަކީ ހިތްވަރުގަދަ ކަންތައްތައް ކުރާ މީހުނަށް ދޭ ލަޤަބެއް. ފަނޑިޔާރުންނަށް ކިޔަނީ "ޤާޟީ" (قاضى) ނުވަތަ އާންމުކޮށް ދިވެހިން ކިޔާ ގޮތަށް ކަމުގައިވާނަމަ "ގާޒީ".
އޯކޭތެންކްސް
06 March 2025
މައި ޕޮއިންޓް ސްޓޭންޑްސް
ފޮނިޓައްޕު ހަސަނު
06 March 2025
މިރާއްޖޭގެ ޝަރުއީ ދާއިރާގެ ދޯހޅިކަން މިކަމުން ވަރަށް ސާފު. ކުޑަކުޑަ މައްސަލައެއް ނިންމަން 5 އަހަރު ދުވަސް.
ކޮތަރޭ
06 March 2025
ޒަކީމެން ތިއީ މިހާރު އޮއްސިފައިވާ ތަރިތައް
ބޮޗޭ
06 March 2025
ދެން އެހެން ވީމައި؟
އަހަންމަދާ
06 March 2025
ދެން މުއީ އެއީ އަރަމުން އަންނަ ތަރި ތަ؟
އަބަދުސްމަތީގައުޅުއްވާނީ
06 March 2025
މައުމޫނު ދައުރުގަވެސް ވަރަށް އިސްމީހެއް. ސާކްގެ ސެކެޓްްރީ ޖެނެރަލްކަންކުރީ އެދުވަސްވަރު
މީ ވެސް ސްޕެޝަލް އެންވޯއީ އެއްތަ
06 March 2025
މީ ވެސް ސްޕެޝަލް އެންވޯއީ އެއްތަ. ބަލަ ތިަކަލަ އެންވޮޔެއް މިހާރުވެސް ރައީސް އޮފީހުގައި ހުރޭ. ވަރަށް ޒުވާން ޤާބިލް ބޭފުޅެއް މުއިއްޒު ނަންގަވާފަހުރީ. ޒަކީ އަށްވުރެ ރަނގަޅުވާނެ ހެން ހީވަނީ. ނޫނީ އަނެއްކާ ޒަކީ އެނބުރި އަންނަނީތޯ.؟
ޖެރާ
06 March 2025
ދެން ގެއްލުމުގެ ބަދަލްގެ ގޮތުގައި 6 ޕާސްޕޯޓް އާއި 40 ޓިކެޓާދީ ސިންގަޕޯއަށްދާން
އލށފތ
07 March 2025
މީ ޖޯކަކައް މިވަގުތު ވިޔަސް ނޭގެ މި ސަރުކާރުން އެހެންވެސް ހަދާފާނެ، ބަދަލު ދިނުމުގަ ކޮންމެ ސަތުކާރެއްގަވެސް އަޑި ނޭގޭ ކަންތައްތަކެއް އޭގަ ވާނެ.