ޒަކީ: އޭނާގެ ޕާސްޕޯޓް ކެންސަލްކުރި އެންގި މައްސަލަ ހައި ކޯޓުން ބަލަން ވަނީ އަންގާފައި --- ފޮޓޯ/ރައީސް އޮފީސް
20 ނޮވެމްބަރ 2023 - 14:19
ކުރީގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން އެންގި މައްސަލަ ބަލަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސްގެ ސްޕެޝަލް އެންވޯއީގެ މަގާމު އަދާކުރެއްވި ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން 2020 ވަނަ އަހަރު ސިވިލް ކޯޓުން އިމިގްރޭޝަންގެ މައްޗަށް އަމުރުކުރީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ އަހަރު އެ ކޯޓުން ނިންމާފައި އޮތީ އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހައިސިއްޔަތު ދައުލަތަށް ނެތް ކަމަށެވެ.
އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން އަމުރު ނެރެފައިވަނީ އިމިގްރޭޝަންގެ މައްޗަށް ކަމަށްވާތީ އެ އަމުރު އިސްތިއުނާފް ކުރުމުގެ ހައިސިއްޔަތު ދައުލަތަށް އެބައޮތް ކަމަށެވެ. އަދި އެ އަމުރަކީ ގާނޫނާ ހިލާފް އަމުރެއް ކަމަށް ބެލެވޭ ހާލަތުގައި، އެ އަމުރަށް އަމަލު ނުކޮށް ބޭއްވުމުގެ ބަދަލުގައި ޖެހޭނީ އެ އަމުރު އިސްތިއުނާފް ކުރަން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ މައްސަލަ ބެލުމަށްޓަކައި ހައި ކޯޓަށް ތަހުވީލުކުރީ ކަމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލުވެސް
21 November 2023
ޒަކީބެ ކޮބާ މިހާރު. ވަރަށް އުމުރުން ދުވަސް ވެދާނެ ދޯ މިހާރު.
ކިޔު
20 November 2023
މީހަކު ކުށެއްކުރިކަން ސާބިތުވެ ޖަލަށްލުމަށް ހުކުމްކުރާއިރު އެ އަމުރު ރައްދުވަނީ ދައުލަތުގެ މައްޗަށް. ވީމާ، އެ ހުކުމް ތަންފީޒުނުކޮށް އެކަން އޭ.ޖީ އިން އިސްތިއުނާފު ކުރުމަކީ ހަމަޖެހޭ ކަމަކަށް ވާނެބާ؟؟!!
LaamuonlineDOTcom
20 November 2023
ގަރުނެއްފަހުން ކީއްކުރަންކުރާ ބޭކާރު މަސައްކަތެއް؟