ރާއްޖެ އެތެރެކޮށް ބޭނުންކުރާ ޕެންޓޮޕް 40 އިންޖެކްޝަން--
06 މާޗް 2025 - 12:27
ރާއްޖެ އެތެރެކޮށް ބޭނުންކުރާ "Pantop 40 Injection" ގައި ކޮލިޓީގެ މައްސަލަ ފާހަގަ ކުރެވިފައިވާތީ، އެ ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.
އެމްއެފްޑީއޭން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އިންޖެކްޝަންގެ ބެޗް ނަމްބަރު EMPH243030 ގައި ކޮލިޓީ މައްސަލަތަކެއް ފާހަގަވެ، ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ ވެސް މަނާ ކަމެއް ކަމަށެވެ.
އެ އިންޖެކްޝަން އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެންގުމަށް އެމްއެފްޑީއޭން ވަނީ އެދިފަ އެވެ.
އާންމު ގޮތެއްގައި ޕެންޓޮޕް 40 އިންޖެކްޝަން ބޭނުން ކުރަނީ ބަނޑުގައި ވައި ހެދި ގޭސްޓްރިކް ވުމުގެ މައްސަލަތަކަށެވެ.
ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ބޭސް އެއް ތަނުން އަނެއް ތަނަށް އުފުލައި ގުދަންކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް ހިފެހެއްޓުމަށް ބޭސް އެތެރެކޮށް ވިއްކާ ކުންފުނިތަކަށް އަންގާފައިވާނެ ކަމަށް ވެސް އެމްއެފްޑީއޭން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންނި2
06 March 2025
ފޭކް، ޗީޕް ބޭސް ގެނެސްގެން ބޮޑުއަގުގައި ވިއްކަމުންދާ ވިޔަފާރިތަށް ރޫޅާލަދިނުން އެދެން.