ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ފަލާހު ވާހަކަ ދައްކަވަނީ.
08 މާޗް 2025 - 11:18
ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓުތަކާއި ޝަރުއީ ނިޒާމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާތީ އަޖައިބުވެެވަޑައިގަންނަވާ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، މި ސަރުކާރުން ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާ ކަމަށާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ހުރީ "ކޮމްޕްރޮމައިޒް" ވެފައި ކަމަށް ވިދާޅުވެ އިއްޔެ ރޭ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ވެސް އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ފަލާހު އެ ވާހަކަތަކަށް ރައްދު ދެއްވަމުން ވިދާޅުވީ، މިހާރު ހިނގަމުން އަންނަ 20 ވަނަ މަޖިލީހަކީ ނަމޫނާ މަޖިލީހެއް ކަމަށެވެ. އެހެން އެކަން ވީ ސަރުކާރުން މަޖިލީހަށް "އަތާ ފަޔާ ނުބޭނުން" ކަމަށް ފަލާހު ވިދާޅުވި އެވެ.
"އަޅުގަނޑު އުޅުނިން 18 ވަނަ މަޖިލީހުގައި. އޭރު ވެރިޔަކީ ޔާމީނު. ޔާމީނު އަތާ ފައިން ބައެއް ފަހަރު އޮބިނޯވެގެން އޭރުގެ މެޑަމްގެ އަތާ ފައި ވެސް އޮންނަނީ މަޖިލީސް ފުލޯގައި،" ފަލާހު ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ އަޖައިބުވޭ ޔާމީނުު ޖުޑިޝަރީގެ ވާހަކަ އާއި ކޯޓުތަކުގެ ވާހަކަ ދައްކާތީ އަދި މާ އަޖައިބުވޭ ވައްކަމުގެ ވާހަކަ ދައްކާތީ. އެ އަށް ވުރެ އަޖައިބުވޭ އަނިޔާވެރިކަމުގެ ވާހަކަ ދައްކާތީ. ބައެއް ފަހަރު ހިތަށް އަރާ މި ވާހަކަތައް އެ ކިޔައިދެނީ ހަމަ އަބްދުﷲ ޔާމީނު ބާއޭ."
ސުވާލުތަކެއް ލިސްޓެއްގެ ގޮތުގައި ހިމަނުއްވައި ފަލާހު ވިދާޅުވީ، އެ ހުރިހާ ކަމެއް ކުރެއްވި ބޭފުޅަކީ ޔާމީން ކަމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖެ އަށް އެންމެ ބޮޑު ހިޔާނާތެއްވެ އަދި އެންމެ އަނިޔާވެރި ވެރިކަމެއް ކުރެއްވީ ވެސް ޔާމީން ކަމަށެވެ.
"މި ގައުމުގެ ޖުޑިޝަރީ ފުނޑާލާ ކޯޓުތަކުން ޓިނު ނަގައި، ކޯޓުތަކަށް އެއްމެ ބޮޑު ނުފޫޒެއް ފޯރުވީ ކާކު؟ ޖަވާބު ޔާމީނު. މި ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން 2 އަހަރު މަގުމަތިކޮށް، މަޖިލީސް މެމްބަރުން މަޖިލީހަށް ވަނަ ނުދީ އަނިޔާކޮށް މަޖިލީސް ހިސޯރު ކުރީ ކާކު؟ ޖަވާބު ހަމަ ޔާމީނު،" ފަލާހު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ކޮމްޕްރޮމައިޒް ވެފައިވާ ކަމަށް ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމާ ރޯޔަލް އައިލެންޑް ރިސޯޓުގައި ބައްދަލުކުރެއްވި ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅުވައިގެންނެވެ.
އެ ވާހަކަތައް ދޮގުކުރައްވައި ރޯޔަލް އައިލެންޑް ރިސޯޓުގެ ވެރިޔާ ގާާސިމް އިބްރާހިމް ރޭ ވިދާޅުވީ، އުއްތަމަ ފަނޑިޔާރު މުއުތަސިމް މިދިޔަ އަހަރު ވެސް އަދި މި އަހަރު ވެސް އެ ރިސޯޓަށް ވަޑައިނުގަންނަވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުފިޔާބައިސާ
09 March 2025
މިއީ ރޯދަމަހެވެ. ބޭކާރު ވާހަކަ މަދުކޮށް އަޅުކަމާއިގެން އުޅެން ނަސޭހަތްތެރިވަމެވެ. އަދި ތިމާގެ ތާކުންތާކުނުޖެހޭ ބޭކާރު ބަސްތަކުގެ ބޭނުންކޮށްގެން މީހުންގެ ދުލުގައި މި މާތްމައްސަރުގައި ހިފާ ނުދަމާށެވެ. ޔާމިން ކުރިކަމެއްކުރުމުގައި ތިބާގެ ބައިވެރިވުން ފުރިހަމައަށް ނުދެން ހެއްޔެވެ؟ މިއަދުގެ ސަރުކާރަށް މިއަދު މަރު ތިދޭހެން އެއިރު ނުދެންހެއްޔެވެ. މާދަމާ އަދި ތަފާތުވުން ކައިރިއެވެ.
raajje
09 March 2025
ފަލާހު ކިތަންމެވަރަކަށް އަޖައިބުވިޔަސް އަދި ފަލާހުތިޔަ ތުހުމަތުކުރިކަންކަމަކީ ކުރީގެ ރައީސް ޔާމިނު ކޮށްފައިހުރިކަންކަން ކަމުގައިވިޔަސް "މިހާރުގޯސްކޮށްކަމެއްދަންޏާ އެކަމެއްގެ ވާހަކަދެއްކުމުގެ ފުރިހަމަ އިހުތިޔާރު ޔާމިނުއަށްވެސް އަދި ކޮންމެ ދިވެހިރައްޔިތަކަށްވެސް ލިބިގެންވޭ" އެހެންވީމާ ބުނެލަންއޮތީ އަޖައިބުނުވާށޭ!
ކޮރަކަލި ފަލާ
09 March 2025
އަޖައިބުވަނީ މިމީސްމީހުން މަޖިލިހަށް ހޮވާތި
ހަސީީނާާ
09 March 2025
އެއަށްވުރެވެސް އަޖައިބު ކަމަކީ އޭނާ އެހުރިހާ ކަމެއް ކުރާކަން އެނގޭ އިރުވެސް ލިބޭ ބައިވަރުތަކުގެ ގިނަކަމުން އޭނާއަށް ސަނާކިޔަން ފަހަތުގައި މިބައިމީހުން ތިބިކަން
އިހްސާސް
09 March 2025
ފަލާހޫ ކުރިން ބުނި އެތި ކެންސަލްވީދޯ؟
ގުނައިދު ޝަރީފް
09 March 2025
މުއިއްޒު ވެރިކަމުން ވެއްޓޭދުވަހު ހަމަ ތިވަރަށް ބަވާލަންވާނެ. އަހަރެމެން ތިބޭނަން އަތްޖަހަން.
އަލީ!!
09 March 2025
ހަމަ ތިމީހާ އެދުވަހު އުޅުނީ މިއަދު ތިއުޅޭހެން ޔާމީންގެ ދިފާއުގައި. މިހާރުވެސް މިއޮތީ އެކަހަލަހާލަތެއް!!
ކަތްދައްތަ
08 March 2025
ޔާމީނޭ ކިޔައިގެން ވާހަކަ ދައްކާއިރު، އެދުވަހު އޭނާ ކުޅަ ހަމަ ކޮންމެ ކަމެއް ޞައްޙަ ރަގަޅު ކަންކަމަށް ދެއްކުމަށްޓަކައި އޭނާގެ ވަށައިގެން ލަގިރިޖަހައި ވަޖިދުވެ އުޅުއްވީ ތިބޭފުޅުންނޫންތޯ؟ "އެދޭނަމަ ލޯބި ވާންވީވެސް ހިތަށް ކުޅަދާނަ މިންވަރަކުން" "ޢަދާވާތްތެރިވިޔަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކުން"
ޢަލިކޮއެ/ހުޅުމާލެ
08 March 2025
ޢަޅެ ކަލޭމެންގެ ލަދު ހަޔާތަށް ތިޔަ ހުންނަނީ ކިހިނެއްތަ ވެފަ. ބަލަ އެދުވަހު އަނގައިންވެސް ނުބުނެ ކޮނޑުހުޅު ނެއްޓެންދެން އަތް ޖަހަން ތިޔަބޭފުޅާ އިންނެވީ. ޙަމަ ބަރާބަރަށް ކަމަށް ބުނީ ކަންކަން ދަނީ. ޔާމީނު ވަރުގެ މޮޅު ގަދަ ވެރިޔަކު ނެތޭބުނީ. ހީފުޅު ނުކުރާތި ދިވެހި ހުރިހާ ރައްޔިތުންނީ ތިޔަބޭފުޅާ ކަހަލަ މީހުން ކަމަށް.
އަޒްރާ
08 March 2025
ކޮންމެ މީހަކު ބުންޏަސް ތެދެއްވާނީ ތެދަކަށް ފަނޑިޔާރުން ހިފާ ހައްޔަރުކޮށް ކުޑަގޮޅިއަށްލި މީހަކީ ހަމަ ޔާމީން މި ނުވާނެ ދޮގަކަށް އެންމެފަހުން ބޭބޭފުޅުވެސް ޖަލަށް ގަޅާލީ
ފަހުދު.
08 March 2025
ފަލާހު އަނގަ ހުޅުވާތީ އަޖައިބުވޭ