ކުޑަފަރީގައި މިހާރު އެންމެ ފޯރިއާއެކު ކުރިއަށް ގެންދާ އެއް ކަމަކީ އުމުރުން ދުވަސްވީ މީހުން ބައިވެރި ކޮށްގެން އެކި ކަހަލަ ހަރަކާތްތައް ހިންގުން. އެ މީހުންނަށް އެކި ކަހަލަ ކަސްރަތު ޕްރޮގްރާމްތަކާއި ކުޅިވަރުތައް ވެސް ހިންގާ. އެހެންވެ، ކުޑަފަރީގައި އުޅޭ އުމުރުން ދުވަސްވީ މީހުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމާއި ހިތްހަމަޖެހުން.---ފޮޓޯތައް: ފަޔާޒު މޫސާ މިހާރު
08 މާޗް 2025 - 18:10
ކޭމްޕްގައި ބައިވެރިވާ ދުވަސްވީ މީހުން ޓީމުތަކަށް ބެހިގެން އެކި ކުޅިވަރުތައް ކުޅެ ހަދާއިރު އެންމެގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމެވެ.
ކޭމްޕްގެ ބައިވެރިއަކު ބީޗުގައި ހުރި ބެންޗެއްގައި އިށީނދެލައިގެން: މި ކޭމްޕެގެ ބައިވެރިން ގަޑި ޖެހުމުގެ މާ ކުރިން ތިބެނީ މިތަނަށް ޖަމާވެފަ އެވެ.
ކުޑަފަރީގައި އުމުރުން ދުވަސްވީ މީހުންނަށް ހިންގާ އެލްޑާލީ ކްލަބްގެ މެމްބަރުން ދޮންވެލި ރީތި ބީޗުގައި ކުޅިވަރު ކުޅެނީ: މި ކޭމްޕް ހަފުތާއަކު ދެ ދުވަހު ކުރިއަށް ގެންދެ އެވެ.
ކޭމްޕްގައި ބައިވެރިވާ އުމުރުން ދުވަސްވީ ހާއްސަ އެހީ އަށް ބޭނުންވާ މީހަކު މޫދުން އެރުމުން އޭނަގެ އަންހެންނުން، އެ މީހާ އަށް އެހީވަނީ: މިއީ އެކަނިވެރިކަން ފިލުވުމަށާއި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރަން އެކަކު އަނެކަކާ ދިމާވުމުގެ މަގުސަދުގައި ހިންގާ ކްލަބެއް.
އެލްޑާލީ ކްލަބްގެ މެމްބަރުން ކުޑަފަރީ ބީޗުގައި ކެޗްބޯލް ކުޅެނީ: ކައުންސިލްގެ ބެލުމުގެ ދަށުން ކުޅިވަރާއި ކަސްރަތުގެ އިތުރުން މޫދަށް އެރުމާއި އެ މީހުންގެ ހިތްހަމަޖެހުމަށް އެ ނޫން ވެސް ގިނަ ހަރަކާތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.
މޫދުގެ ހަރަކާތްތައް ނީންމާލުމަށް ފަހު އަންހެނުންތައް ކުޑަފަރީ ބީޗުގައި ކަސްރަތު ކުރަމުންދާއިރު، މި ހަރަކާތްތަކުގައި އެ ރަށުގެ ދުވަސްވީ މީހުން ބައިވެރިވަނީ ހިތްހަމަޖެހިގެންނެވެ.
މޫދުގެ ހަރަކާތްތައް ނިންމާލުމަށް ފަހު، މީހުން އެއްގަމަށް އަރަނީ، ކޮންމެ މަހެއްގެ ވެސް އެއް ދުވަސް މި ކްލަބް އެންމެން ހަވީރު ސަޔަށް ނުވަތަ ކެއުމަށް އެެއްވުން އޮވެ އެވެ.
ދުވަސްވީ މީހުންނަށް މޫދުގެ އެކި ކަހަލަ ކަސްރަތުތައް ހިންގަނީ: މި ހަރަކާތްތަށް ހިންގަނީ ތަމްރީނުވެފއިވާ އެ ރަށުގެ ޒުވާނުންގެ ބެލުމުގެ ދަށުންނެވެ.
ހެލިފެލިވެ އުޅެލުމަށާއި އެކަކު އަނެކަކާ ބައްދަލުވެ ވާހަކަ ދައްކައި، އެއްތަން ވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއެއް ކަމަށް މި ކްލަބުގެ މެމްބަރުން ފާހަގަކުރެ އެވެ. އަދި މި ހަރަކާތުން ލިބެނީ އާދަޔާ ހިލާފު އުފަލެއް ކަމަށް ވެސް އެ މީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަފަރިމީހާ
09 March 2025
މިހާރުމީކީ ކުޑަފަރީ މީހެއްނޫން. އެކަމަު އަހަރެވިހެއީ ކުޑަފަރީގާ. ކުރިން ރަޖިސްޓްރީއޮތީ ކުޑަފަރީގާ. މިހާރު މީ ހަތަރުކަށިމަތީ މާލޭމީހެއް. ކަންހުރިގޮތުން މާލެއަށް ބަދަލުވީކީ ކޮންމެހެން ކުޑަފަރި ގޯސްވެގެނެއްނޫން. މާލެއަށް އާދެވި އެތަނުގާ ކިޔަވާ ވަޒީފާއަށްދާން ފެށުނީމާ ރަށަށްނުދެވިފާ މިހުރީ. އުމުރުން ދުވަސްވެ ގައިބާރު ދެރަވެ މިހާރުމިވަނީ ރަށަށްދާން ބޭނުންވެފާ. އެކަމަކު ރަށުގާވެސް ވަންނާނޭ ގެދޮރެއްނެތް. ފައިސާއެއްނުދީ ބޭސްފަރުވާ ކުޑަފަރީގާ އެބައޮތް.
ކުޑަފަރި
09 March 2025
އޭޒުވާނުންނޭ. ޒުވާނުން އިސްނަގައިގެން އަހަރެންނަށްޓަކާ ތިޔަކޮށްދެއްވާ މިންނެތް މަސައްކަތުން ފަހުދުވަހުން ތިކުދީންނަށް ފައިދާތަކެއްކުރާނެ. ދުވަސްވީމީހުނަށް އަޅާލުމަކީ އޭގެފައިދާ އެނގިގެންނާ ނޭނގިވެސް ތިމާޔަށް ލިބޭނޭކަމެއް. ކޮންމެކަމެއްވެސް ހެޔޮހިތުން ކޮށްދޭކަމުގާ ވާނަމަ، އެކަމުގެ ނަސީބާ ހެޔޮކަން އަބަދުމެ ލިބިގެންވޭ. އުމުރުން ދުވަސްވީ މީހުނަށްޓަކާ ޒުވާނުންއިސްވެ ތިޔަ ކޮށްދެއްވާ މަސައްކަތަށް ޝުކުރުވެރިވަމުން ނިންމާލާނީ ރާސްތާ ދުރަށްގެންދާން ގޮވަމުން
ދިޔާހަކުރު
09 March 2025
އެލްޑާލީ ކުލަބުގެ އެންމެހާ މެންބަރުންނަށް ހަމަ އައްސަރިބަހާއި ސާބަސް. ތިޔަފެށިމަސައްކަތަކީ ބުރަ މަސައްކަތެއް. ތިޔަކަމުގާ ދެމިހުރުމަކީ ވަކިން އުނދަގޫކަމެއް. އެކަމަކު ތިޔަ މަސައްކަތަކީ ދޫކޮށްލާންވާވަރުގެ ކަމެއްނޫން. އުމުރަށް ތާއަބަދަށް ނަމޫނާ ދައްކައިގެން ތިޔަމަސައްކަތަށް އިތުރު ޒުވާނުންނެރެ ކުޑަފަރި ނަމޫނާ ކުޑަފަރިޔަކަށް ހެދުމީ ކުރެވޭވަރުގެކަމެއް. ކޮންމެ މަސައްކަތަކަށްވެސް ޚަރަދުތަކެއްހިނގާނެ. އެޚަރަދުތައް ފޫބައްދާދެވޭވަރުގެޖީބުތައް ރަށުގާއެބަތިބި
ކުޑައާދަނު
09 March 2025
މަށަކަށްނޭނގެ ތިޔަބުނާ ކުލަބެއް އޮންނަކަމެއް. އެކަމު އެނގޭ ވަރަށް ހިންގުންތެރި ކައުންސިލެއް ކުޑަފަރީގާ އޮންނަކަން. މިފަހަކަށްއައިސް ރަށެއްގާ އޮންނާނެ ހަމަ އެންމެ ހިންގުންތެރި ކައުންސިލަކީ ކުޑަފަރީ ކައުންސިލޭ ބުންޏަސް ދޮގަކަށް ނުވާނެ. އަދި ރަށުގެ އަންހެނުންގެ ކޮމިޓީއަކީ އެއަށް އިތުރަށް އެއްޗެއް ބުނާވަރަށްވުރެ ފުރިހަމަ އަދި ހިންގުންތެރިބައެއް އެކުލެވޭ ކޮމިޓީއެއް. ރަށުގެކަންކަން ހިންގުންތެރީން ތިބީމާ ރަށަށްވާނޭ ބޮޑުފައިދާ މިހާރު އެދަނީ ލިބެމުން.
ކިއްލި
09 March 2025
ކުޑަފަރީ އެކުވެރިން ކުޑަފަރީ ދުވަސްމީ މީހުނަށްޓަކާ ތިޔަ ބަހައްޓަވާ ގާތްކަމަށްޓަކާ ޝުކުރު ދަންނަވަން. 50 އަހަރުން މަތީމީހުނަށް ޚާއްސަކޮށްގެން ތިޔަ ގެންދަވާ ބިޔަ ބުރަ މަސައްކަތަށްހަމަ އައްސަރިބަސް ރައްދުކުރަން. ތިޔައިިން ކޮންމެ ކަމެއްގާވެސް ފައިސާގެ ތަނަވަސްކަން ހުރި މީހުންގެ އެއްބާރުލުން ބޭނުންވާނެ. އިރާދަކުރެއްވިއްޔާ ކުޑަފަރިޔަށް އުފަން ކުޑަފަރީ ފަޚުރެއް ކަމުގާވާ ޝިޔާންބެގެ އެހީތެރިކަންވެސް ތިޔަ މަސައްކަތަށްވެސް ލިބިގެންދާނެ.
ފުންއަސަރު
09 March 2025
ހިތުގެ އެންމެ ފުންމިނުން މިހާރުގެ ކައުންސިލަށް ޝުކުރުދަންނަވަން. އަދި އެއްވެސް އަގަކާނުލާ ދުވަސްވީ މީހުންށް އެހީތެރިވެ ލޯބިން އަޅާލާ އެއުޅޭ މަންޒަރަކީ އަދި މާ އުފާވާކަމެއް. މިހާރު ތިޔައޮތީ ވަރުގަދަ ބޮޑު މަސައްކަތެއް ފެށިފާ. ދެންއޮތީ މަސައްކަތް ނުހުއްޓި ކުރިޔަށް ދާނޭހެން އެކަންކުރެވޭތޯ ބެލުން. ކަމެއް ފެށުމައްވުރެ އެކަމެއް ނުހުއްޓި ކުރިޔަށް ގެންދެވުމަކީ މާ އުނދަގޫކަމެއް. އެހެންވީމާ ކުރިޔަށްވުރެ އިތުރުބާރެއްލާ، އުފާވެރިކަން ފެނުމީ އެދޭއެދުން.
ޖާބެ/ކ.ކާށިދޫ
08 March 2025
ތީ ވަރަށް ރަނގަޅު ކަންކަން. ތިޔަކަހަލަ އެތަކެއް ޖަމިއްޔާ އުފެދި ބޮޑެތި ކަންތައްގަނޑެއް ހިންގާލުމަށްފަހު ދެން ފެންނަނީ ވައިވާތަން. މި ޖަމިއްޔާގެ އުމުރަކީ ކޮބައިބާ؟ ފަހެއްކަ އަހަރު ހިފާއްޓާލެވުނަސް މަ ބަލާނީ އެއީ ބޮޑު ކާމިޔާބެއްކަމަަަށް.