މި އަހަރުގެ އައިފާ އެވޯޑުގެ އިވެންޓެއްގައި ކަރީނާ ކަޕޫރް ހާން އާއި ޝާހިދު ކަޕޫރް އެކުގައި.
09 މާޗް 2025 - 06:55
މިހާރު ކުރިއަށް ގެންދާ މި އަހަރުގެ އައިފާ އެވޯޑުގެ އިވެންޓެއްގައި ބޮލީވުޑްގެ ތަރިން ކަމަށްވާ ކަރީނާ ކަަޕޫރް ހާން އާއި ޝާހިދު ކަޕޫރް ބައްދަލުވެ، އުޅުނު ގޮތުން އެ ތަރިންގެ ފޭނުން ވަރަށް އުފާވެއްޖެ އެވެ.
އިއްޔެ ބޭއްވި އެ އިވެންޓުގައި ޝާހިދުއާ ބައްދަލުވުމުން ކަރީނާ ވަނީ އޭނާ ގައިގައި ބައްދާލައި، އިރުކޮޅެއް ވަންދެން ވާހަކަދައްކަން ހުރެފަ އެވެ. އެ މީހުން ވާހަކަދެއްކީ ވަރަށް ހެވިފައި ތިބެގެންނެވެ. މި މަންޒަރު މިހާރު ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވައިރަލްވެފަ އެވެ.
jab we met again ft. kareena kapoor and shahid kapoor pic.twitter.com/DorN9I3I0r
— 𝐚 • (@booksb4looks) March 8, 2025
ބައެއް ފޭނުން ބުނި ގޮތުގައި ހީވީ "ގީތު އާއި އަދިތުޔަ" އަލުން ބައްދަލުވީހެންނެވެ. އެއީ، އެ ދެ ތަރިން އެކުގައި ކުޅުނު އެންމެ ހިޓު ފިލްމު ކަމުގައިވާ "ޖަބް ވީ މެޓް"ގައި ކުޅުނު ރޯލުތަކަށް ކިޔާ ނަންތަކެވެ.
ކަރީނާ އާއި ޝާހިދުއަކީ ކުރީގެ ލޯބިވެރިންނެވެ. އެ ދެމީހުންގެ ލޯބީގެ ގުޅުން ފެށުނީ 2004 ގަ އެވެ. އެއީ، އެ ތަރިން އެކުގައި ކުޅުނު ފިލްމު "ފިދާ"ގެ ޝޫޓިންގެ ދުވަސްވަރު އެވެ. އަދި ގާތްގަނޑަކަށް ތިން ވަރަކަށް އަހަރު ދުވަހު ރަށްޓެހިވެގެން އުޅުމަށް ފަހު އެމީހުން ވަކިވީ 2007 ގަ އެވެ. އެއީ، "ޖަބް ވީ މެޓް" ޝޫޓްކުރަމުން ދިޔަ ދުވަސްވަރު އެވެ.
This is going to be my favorite video of 2025 🥺💗 pic.twitter.com/nmGDi5P6md
— . (@its__tisha) March 8, 2025
އޭގެ ފަހުން، 2012 ވަނަ އަހަރު ކަރީނާ ވަނީ ބޮލީވުޑްގެ ތަރި ސައިފް އަލީ ހާންއާ ކައިވެނިކޮށްފަ އެވެ. އެ ދެމަފިރިންގެ ދެ ކުދިން ވެސް މިހާރު ތިބެ އެވެ.
ޝާހިދު ކައިވެނިކޮށްގެން އުޅެނީ މީރާ ރާޖުޕްތުއާ އެވެ. އެ ދެމަފިރިންގެ ކައިވެންޏަށް 10 އަހަރުވާއިރު، އެމީހުންގެ ވެސް ދެ ކުދިން ތިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަބުނީ…
09 March 2025
އަނެއްކާ ސައިފު ގެ ހާލަކީ ކޮބައިބާ؟؟
ކަޓޫރަ
09 March 2025
ރުޅިވިޔަސް ރުޅި ނުވާނެ އުމުރަށް ބާއްވައިގެނެއް.