ސީއެސްސީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު - ފޮޓޯ: ސީއެސްސީ
10 މާޗް 2025 - 14:03
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އިބްރާހިމް ރަޝީދު ވަކިކުރުމުގެ މަސައްކަތް ފެށުމުގެ މަޝްވަރާތައް ކޮމިޓީން ކުރިއަށް ގެންދިޔައީ މައިކު ނުޖައްސަ އެވެ.
އެކަމަކު، ކޮމިޓީގެ މެންބަރަކު "މިހާރު" އަށް ވިދާޅުވީ، އިބްރާހިމް ރަޝީދު ވަކިކުރަން ކޮމިޓީ އަށް ހުށަހެޅި މައްސަލަ އަޑު އިއްވި ނަމަވެސް އަދި އެ ސިޓީ މެންބަރުންނާ ހިއްސާނުކުރާ ކަމަށެވެ.
އޭނާއަށް ކުރާ ތުހުމަތުގެ ތެރޭގައި ރެކްރޫމަންޓުގައި ހުރި ބައެއް މައްސަލަތަކާ ގުޅިގެން ސީއެސްސީގެ ބައެއް މުވައްޒަފުންގެ ޝަކުވާ އާއި އިދިކޮޅު އެމްޑީޕީގެ ބޮޑުންނާއި މެންބަރުންނާ މާ ގާތްގުޅުމެއް ބޭނުން ކުރުން ހިމެނޭ ކަމަށް ސިޓީގައި ބުނެފައިވާ ކަމަށް މެންބަރު ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އިބްރާހިމް ރަޝީދު ވަކިކުރުމުގެ މަސައްކަތް ފަށަން، ތަޅުމަށް ފޮނުވަން ފާސްކޮށްފަ އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މިނިވަން މުއައްސަސާއެއްގެ މެންބަރަކު ވަކިކުރުމާ މެދު ވަކި ގޮތެއް ނިންމޭނީ ކޮމިޓީން އެ މަސައްކަތް ފެށި ކަމަށް ފާސްކޮށް، ތަޅުމަށް ފޮނުވުމުންނެވެ. އޭރުން ރިޔާސަތުން އެ މައްސަލަ ތަޅުމުގައި އިއުލާނުކޮށް، މައްސަލާގައި ގޮތް ނިންމުމަށް ކޮމިޓީ އަށް ފޮނުވާނެ އެވެ.
އިބްރާހިމް ރަޝީދު ސީއެސްސީއަށް އައްޔަން ކޮށްފައިވަނީ ސެޕްޓެމްބަރު 2020 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭކާރު
11 March 2025
ތިޔައީ މުޅިން ބޭކާރު ކޮމިޝަނެއް! ޢުވާލަންވީ
ސީނިޔާ
10 March 2025
ފާތުމަ ބުނާހެން ބުޅާ ގޯނިން ނިކުމެ ފޭހުނު އިލޮށި ލޮލަށް ހެރުނީ ތިގެން. ޖާސޫސް ކުރުވީވެސް ތިނައިބު ރައީސް ކަމަށްވަނީ. އެކަމުން ރެކެން ބަޔަކު ކަތިލީކަމަށް ވަނީ. މާ ގިނަ ދުވަހެއް ނުވިއެއްނު. އަދުލުއިންސާފު އަރާ ހަމަކުރިއިރު.
ހަބީބާ
11 March 2025
ދުވަންދާ ޕާޓް އެބުނީ ރަގަޅަށް. ބޮލަށް ޗިޕު ޖަހައިގެން ބަޔަކަށް ހަސްކާފިލުވާލީ. އިންސާފު އަރާ ހަމަ ކުރަނީ އެ.
ރައްޔިތުމީހާ
10 March 2025
ވަކިކުރާ ސަބަބު ރައްޔިތުންނަށް އެގެން އެބަޖެހޭ
ސައީދް
10 March 2025
ވަކިކުރަނީ ކޮމިޝަނުން ނަޝީދުގެ ނުފޫޒު ނިމުމަކަށް ގެނައުމަށް.
ަައަބުދުއްލާ ޝިހާމް
10 March 2025
ކޮބާ އުމުރުދުވަހަކު ނުހުރެވުނުތާ. ވަރަށް އަނިޔާވެރި މީހެއް ތިވަކިކުރަނީ
ހިދާބު
10 March 2025
ކޮމެންޓްތައް ކިޔާލީމާ މިގައުމުގެ އިސްލާމީ އަޙްވަންތަކަން ނެތިގޮސް، ދީނައްޓަކައޭ ކިޔައިގެން ދުނެޔަވީ އެދުމަށް އާޚިރަތް ވިއްކާލާ މަންޒަރު ފެނޭ
ޑީޖީ ފާރިޝް
11 March 2025
ނަޝީދު ހާ ދީނީ މީހެއް މަދުވާނެ.
ފަރު
10 March 2025
އެމް ޑީ ޕީގައި އުޅެނީ ދިވެހިރައްޔިތުންނޫނޮތޯ އެމީހުނާ ގުޅުންބޭއްވީމާ މަގާމުން ވަކިކުރަނީ މީވާ ގައުމެއް
ސުންކެނޑި
10 March 2025
މޑޕ ވެރިކަމުގަ ޕޕމ އަދި ޕނސ ގަވެސް ތިބީ ހަމަ ދިވެހި ރައްޔިތުން ދޯ! އެކަމު މޑޕ އަކަށް އޭރު އެކަމެއް ނޭންގޭ.
ސަރީފް
10 March 2025
ރަސީދަކީ ސީއެސްސީގެ ނައިބު ރައީސް ގެ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނުހަނު ގިނަ ޖަރީމާތައް ހިންގަވާ ބޭފުޅެއް. ޓާގެޓެޑް މުވައްޒަފުން މަޤާމުން ވަކިކުރުމަށް ހިންގާފައިވާ ޖަރީމާ ފާހަގަކޮށްލެވޭ. އެގޮތުން ކެމްޕެއިނާއި ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކުން މުވައްޒަފުން ވަކިކޮށްފައިވޭ. މީގެއިތުރުން ކައުންސިލްތަކުގެ ބިޑްތަކަށް އޭނާގެ ވިޔަފާރީން ކުތިމަތިލާ ބޮޑްކޮމެޓީގެ މެމްބަރުންނަށް ޕާސަނަލީ ގުޅާ. މަށްށްވެސް ގުޅި.
ގުރާފުޅު 1
10 March 2025
ސީދާ އެންޑީޕީ އެއްކްޓިވިސްޓެއް. އަވަސްވިގޮތަކަށް ބޭރު ކުރަންޖެހޭ މީހެއް.
އާޔަތު
10 March 2025
ތިހެން ބުނަންޔާ ދެން ތިބި 4 މެންބަރުންވެސް ބޭރުކުރަންވާނެ.
އަހުމަދު އަލި މަނިކު
10 March 2025
އޭނާވަކިކުރުން މާބޮޑަށްވެސް ލަސްވެއްޖެ. އެމް.ޑީ.ޕީ ގެ ރަތް ލާޖެހި އެކްޓިވިސްޓެއް މީނާ އަކީ.ވަރައް ސަލާމް
ތަރަބެ
10 March 2025
މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެމްޑީޕީ ބޭނުންވާ ގޮތަަކަށް ސިވިލްސާވިސް ކޮމިޝަނުގެ ކަންކަން މޮޑުނީ މި މީހާ ބޮޑަކަށް ހުރެގެން. ރައީސް ނާސިހު އަކީ ނަމެއްގައި ހުރި މީހެއް.