އެމްއެމްއޭ އިދާރާ. ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް ވަނީ އަރާފައި -- ފޮޓޯ: މިހާރު
10 މާޗް 2025 - 16:25
މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް އަރައިފި އެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭ އިން މިއަދު އާންމުކުރި ހިސާބުތަކުގައިވާ ގޮތުން ރިޒާވްގެ އަދަދު ވަނީ އޭގެ ކުރީ މަހަށް ވުރެ 63 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. ޖެނުއަރީ މަހު ޔޫޒަބަލް ރިޒާވް ހުރީ 116 މިލިއަން ޑޮލަރުގަ އެވެ.
ޔޫޒަބަލް ރިޒާވް އިތުރުވި އިރު މިދިޔަ އަހަރު ރިޒާވް އެންމެ ބޮޑަށް އުފުލުނީ ވެސް އެ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެމަހު ރިޒާވްގައި 128 މިލިއަން ޑޮލަރު ހުއްޓެވެ. އެކަމަކު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޒާވް ވަނީ 32 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. އެއީ ރިޒާވް އެންމެ ބޮޑަށް ދަށްވި ފަހަރެވެ.
ރިޒާވް އެހާ ބޮޑަށް އިތުރުވެފައިވާ އިރު އެމްއެމްއޭ އިން ވަނީ ޓޫރިޒަމް ދާއިރާ އަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރު ކުރަން ފަށައިފަ އެވެ. ރިޒާވްގެ ހާލަތު ރަނގަޅު ވާން ފެށީ އިންޑިއާގެ ރިޒާވް ބޭންކުން ނެގި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ބޭނުން ކުރަން ފެށުމުންނެވެ. ކަރެންސީ ސްވޮޕް އިން ލިބުނު ފައިސާގެ ތެރެއިން 120 މިލިއަން ޑޮލަރު އިންވެސްޓް ކުރީ ރާއްޖޭގެ ބޭންކުތަކަށެވެ. މިއީ ކަރެންސީ ސްވޮޕް ފެސިލިޓީ އެގޮތަށް ބޭނުން ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ފައިސާ ބަހައްޓަނީ ބޭރުގެ ބޭންކެއްގަ އެވެ.
ޔޫޒަބަލް ރިޒާވް އިތުރުވި އިރު ޖުމްލަ ރިޒާވް މިދިޔަ އަހަރު ވަނީ 832 މިލިއަން ޑޮލަރަށް އަރައިފަ އެވެ.
ރިޒާވް ހާލަތު ރަނގަޅުވާން ފެށި އިރު އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން އަންނަނީ ފައިސާ ހޯދަން މަސައްކަތް ކުރަމުންނެވެ. އެމްއެމްއޭ އެޗްޑީސީއިން ބިމެއް ގަނެގެން ބޮޑު އަދަދެއް ހޯދުމަށްޓަކައި ފިނޭންސް އާއި އެމްއެމްއޭ އާ އެކު މަޝްވަރާތައް ކުރިއަށް ދިޔަ އެވެ. އެގޮތުން އަށް ބިލިއަން އާއި 14 ބިލިއަން އަދި 20 ބިލިއަނާ ހަމައަށް ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަންނާތި
10 March 2025
އެމްއެމްއޭ އިން މަހަކު ހުޅުމާލޭން 1 ހެކްޓަރުގެ 100 ބިން ބިމެއް 5 މިލިއަން ޑޮލަރަށް ގަނެގެން އެ ބިންތައް ބިމެއް 10 މިލިއަން ޑޮލަރަށް ވިއްކާލާ ގޮތަށް ހުރިހާ ކަންކަން ރޭވިގެން މިކަން ފަށަން ޖެހޭނީ އަދި މިކަން ކޮށްގެން ނުވާނެއޭ ހުޅުމާލޭގައި މިހާރު ހިއްކާފައިވާ ބިން ތަކުގައި އަލަށް ބިން ހިއްކާނީ ހުޅުމާލޭ ހުޅަނގާއި އިރުން އޮތް ފަޅުން ވަރަށް ރަނގަޅަށް ރިއަލް އެސްޓޭޓް ވިޔާފާރި އިޝްތިހާރު ކޮށްފައި ނޫނީ މިކަން ފަށައިގެން ނުވާނެއޭ އެކަން ދަންނާތި ދަންނާތި
މަޮޅުގޮތެއް
10 March 2025
ރައްޔެތުންގެ ފުދުން ތެރިކަން ދަނީ ދަށަށް، ހުރިހާ ދިމާލަކުން ރައްޔެތުންގެ އަތުން ފައިސާ ނެގި ވަރަކަށް ތިޔަ ކިޔާ ރިޒާރވް ބޮޑުވާނެ.
ޖޖޖޖޖޖ
10 March 2025
ރައްޔިތުން އަތުން ސަރުކާރުން އެއްވެސް އެއްޗެއް ނުނަގާ އަލަކަށް.
ދާދާ
10 March 2025
މުއިއްކޮ ތަފާތުފާނެ.
ސޭޓޫ
10 March 2025
ކިހާ ރަނގަޅު ، އަބަދުވެސް މިބޭފުޅުން ވެރިކަމުގަ ތިބިއްޔާ ގައުމު ދާނީ ކުރިއަރަމުން ތިޔާގި ވަމުން
ވިސްނާށޭ
10 March 2025
ހުޅުމާލޭ އިރުން އޮތް ބޮޑު ފަޅު ހިއްކާ ފައި އެބިން އެމްއެމްއޭ އަށް ވިއްކާލަންވީ ކޮންމެ ހެކްޓަރެއްގެ ބިން 5 މިލިއަން ޑޮލަރަށް ދެން އެމްއެމްއޭ އިން އެބިން ތައް ވިއްކާލާނީ 10 މިލިއަން ޑޮލަރަށް އެއް ފަހަރާ ޖެހޭނެއޭ ބިން ގަންނަ ފަރާތް ތަކުން ފައިސާ ދައްކަން ޕްރައިސްޓެގް ލިމިޓް ކޮށްގެން ވިއްކާނީ ހުޅުމާލޭން ހެކްޓަރުގެ ސައިޒުން ބިން ވިއްކަންވީ އިރުން އޮތް ފަޅު ހިއްކާ އެތަނުން އެއިރަށް އެ ބަދަލުވާނީ ބޮޑު އިންޑަސްޓްރިއަލް ޕާރކް އަކަށޭ މިކަން ކަން ވިސްނާށޭ
ސިނާން ޝަރީފް
10 March 2025
ރިޒޯޓްތަކުން ޑޮލަރު މާރުކޮށްގެން އެ ޑޮލަރަށް ރުފިޔާ ޗާޕުކުރަނީ ދޯ. ހުރިހާ ގެއްލުމެއް ފަތުރުވެރިކަމުގެ ދާއިރާއަށް....
ކޮބާތޭ
10 March 2025
ކޮބާތޭ ރާއްޖެ އަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް މާރުކުރާ 500 ޑޮލަރުން ލިބުުނު ޑޮލަރުގެ އަދަދު އެ އަދަދު ޖެހޭނެއޭ މަސް ނިމޭ ދުވަހު އިއުލާން ކުރެވެން ދުވަހުން ދުވަހަށް ޖެހޭނީ ޑޮލަރު މާރުކުރާށޭ ރިސޯރޓް އޯނަރުން އަތުގައި ޑޮލަރު ބަހައްޓާ އެމެންނަށް ބްލެކް މާރކެޓް އޮޕަރޭޓް ކުރަން ދީފައި އެމެން ބޭނުން ދުވަހަކު ޑޮލަރު މާރުކުރުމުން ކަމަކު ނުދާނެއޭ މިކަން ކަން އަދިވެސް ރަނގަޅު ނުވެއޭ މިކަން ކަން ދަނީ ގޯހުން ގޯހަށޭ...