ފިލިޕިންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ބަޑިއެއް ޓެސްޓުކުރައްވަނީ: އިންސާނިއްޔަތާ ހިލާފް އަމަލުތަކުގެ ތުހުމަތަށް އޭނާ މިއަދު ވަނީ ހައްޔަރުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
11 މާޗް 2025 - 10:55
މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅައި އެތައް ބަޔަކު މެރި ފިލިޕިންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގެ އަމުރަށް މިއަދު ހައްޔަރުކޮށްފި އެވެ.
އިންސާނިއްޔާ ހިލާފް އަމަލުތައް ހިންގުމުގެ ތުހުމަތަށް، އުމުރުން 79 އަހަރުގެ ޑުޓާޓޭ ހައްޔަރުކުރީ އައިސީސީގެ އަމުރު ތަންފީޒުކުރުމަށް، ފިލިޕިންސްގެ ވެރިރަށް މެނީލާގައި އެ ގައުމުގެ ފުލުހުންނެވެ. އޭނާ ހައްޔަރުކުރީ ހޮންކޮންގުގައި ހުންނަވާފައި ވަޑައިގަތް ވަގުތު އެއާޕޯޓުންނެވެ.
މީހުން މެރުމުގައި އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގުމުގެ މައްސަލައިގައި ޑުޓާޓޭ ހައްޔަރުކޮށްފައި ވާއިރު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި ޑޫޓާޓޭގެ އެންގުމަށް އެތައް ހާސް ބަޔަކު މަރާފައިވެ އެވެ. އަދި މީގެ ތެރޭގައި ގިނައީ ފަގީރުން ކަމަށް ވެސް ބުނެ އެވެ.
"މިއަދު ހެނދުނު، އިންޓަޕޮލްގެ މެނީލާ އޮފީހަށް ވަނީ ހައްޔަރުކުރުމުގެ އަމުރުގެ ރަސްމީ ކޮޕީ ލިބިފައި،" ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނުގައި ބުންޏެވެ.
ފިލިޕިންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ހައްޔަރުކުރަން ފުލުހުން މެނީލާގެ އެއާޕޯޓުގައި. -- ފޮޓޯ: އޭއެފްޕީ
"މިހާރު އޭނާ ހުރީ ރަސްމީ އިދާރާތަކުގެ ބެލުމުގެ ދަށުގައި."
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޑުޓާޓޭ އާއި އޭނާއާ އެކު ދެން ހައްޔަރުކުރި އޭނާގެ ބައިވެރިންގެ ސިއްހީ ހާލަތު ވަނީ ބަލައިފަ އެވެ. އެ އެންމެންގެ ހާލު ވެސް ހައްޔަރުކުރި އިރު ރަނގަޅު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ބުނެފައިވެ އެވެ.
ޑުޓާޓޭގެ ކުރީގެ ޗީފް ލީގަލް ކައުންސެލް ސަލްވަޑޯ ޕެނެލޯ ވަނީ ޑުޓާޓޭ ހައްޔަރުކީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެފަ އެވެ.
"[ފިލިޕީންސް ނޭޝަނަލް ޕޮލިހުން] ޑުޓާޓޭގެ ވަކީލަކާ އެއާޕޯޓުން ބައްދަލުކޮށް ހައްޔަރުކުރުމުގެ ގާނޫނީ އަސާސްތަކާ މެދު ހުރި ސުވާލުތަކަށް ޖަވާބު ހޯދުމަށް ފުރުސަތު ދީފައެއް ނުވޭ،" އައިސީސީގެ އަމުރު ވެސް ޑުޓާޓޭއަށް ނުދޭކަން ފާހަގަކޮށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ޑުޓާޓޭގެ ވެރިކަމުގައި މެރި މީހުންގެ މައިންގެ ޖަމިއްޔާއަކުން ވަނީ އޭނާ ހައްޔަރުކުރުމުން މަރުހަބާ ކިޔައިފަ އެވެ.
"މަސްތުވާތަކެތީގެ ހަނގުރާމައިގެ ސަބަބުން ފިރިންނާއި ދަރިން މަރުވި މައިން ތިބީ ވަރަށް އުފަލުން، އެމީހުން މިކަމަށް އިންތިޒާރުކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ،" ރައިޒް އަޕް ފޯ ލައިފް އެންޑް ފޯ ރައިޓްސްގެ ކޯޑިނޭޓަރު ރުބިލިން ލިޓާއޯ އޭއެފްޕީ އަށް ބުންޏެވެ.
ހިއުމަން ރައިޓްސް ވޮޗުން ވަނީ ރައީސް ފާޑިނަންޑް މާކޯސްގެ ސަރުކާރުން (ޑުޓާޓޭ) އަވަހަށް އައިސީސީއާ ހަވާލުކުރުމަށް ގޮވާލައި، އޭނާ ހައްޔަރުކުރުމަކީ ޖަރީމާތަކާ މެދު ޖަވާބުދާރީކުރުވަން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަހަހަަހަހސހސ
11 March 2025
އަދި އަވަސް ހައްޔަރުކުރަން 79 ވީ އެސޮރައް
ޑަންބެލް
11 March 2025
ޑުޓާޓޭ އަކީ ޕިލިޕީންސް އަށް ލިބުނު ރަންގަނޑެއް ޑުޓާޓޭގެ މަސެއްކަތުން ވ ވ ވ ބޮޑަށް ފޭރުމާއި ވައްކަން ވަނީ ދަށަށް ގޮސްފަ ހިއްވަރެއް ހުރިއްޔާ ނަތަންޔާހޫއާއި އޭނަގެ ބައިވެރިން ހައްޔަރުކޮއްބަލަ
ޓަކާން
11 March 2025
ހަމަމިހާރު އޭނާ ދޫކުރޭ.
ފޫހި
11 March 2025
ގައުމު ރަގަޅުކުރަން ކުރިކަންކަމުން އޭނާ ހައްޔަރުކުރާއިރު. ކޮބާތަ ރަހުމްކުޑަ ނަތަންޔާހޫ
ބުއްދިބޭ
11 March 2025
ޑުޓާޓޭ އަށް ވުރެ ބާ ނުބައި ނުލަފާ ޖައްބާރެއް ނަތަންޔާހޫ އަކީ ކީވެގެން އެ ސައިތާނު ހައްޔަރު ކުރަން ނުކެރެނީ