ވިޔަފާރި / އެމްއެމްއޭ

ޑެޕިއުޓީ ގަވަރުނަރު އިމާދު ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި

އިމާދު: އޭނާ ވަކިކުރަން މަޖިލީހަށް ވަނީ ހުށަހަޅާފައި --- ފޮޓޯ/މިހާރު

މަރުކަޒީ ބޭންކް އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަަހުމަދު އިމާދު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް ހުށަހެޅުއްވި އެ މައްސަލާގައި ބުނެފައިވަނީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ނުކޮށް ހުންނެވިއިރު، އެކަންކަން ފާހަގަ ކުރުމަށްޓަކައި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ޑެޕިއުޓީ ގަވަރުނަރު އިމާދު މަސައްކަތް ކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި އޭނާ މަގާމުން ވަކި ކުރުމަށް ރައީސަށް ހުށަހަޅަން ނިންމީ ގާނޫނުން އޭނާއަށް ލާޒިމްކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައިވާތީ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މެމްބަރު ލަތީފް ހުށަހެޅުއްވި އެ މައްސަލަ ބަލައިގަނެ، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން މިއަދު ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

އިމާދު ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަނުކޮށްފައިވަނީ 2020 ވަނަ އަހަރު އެވެ. އެ މަގާމަށް ބޭފުޅުން އައްޔަންކޮށް، ވަކި ކުރާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސެވެ.

ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އޭނާ ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗު އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެކްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގަ އެވެ. އެމްއެމްއޭގައި މަސައްކަތް ކުރައްވާތާ 25 އަހަރު ވެފައިވާ އިމާދަކީ އިނގިރޭސި ވިލާތުން މާސްޓާސް އޮފް ސައިންސް އިން އިކޮނޮމިކްސް އެންޑް ފައިނޭންްސް އަދި މެލޭޝިއާ އިން ބެޗެލާ އޮފް ބިޒްނަސް (އިކޮނޮމިކްސް އެންޑް ސައިންސް) ގެ ދާއިރާ އިން ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ އެމްއެމްއޭގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) ގެ ބޯޑު މެމްބަރެއްގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭނާ އެ މަގާމުން ވަކިކުރީ އިގްތިސާދު ހީނަރުވެ، އަލުން އަނބުރާ އިއާދަކުރުން އުނދަގޫ ހިސާބަކަށް ގައުމުގެ އިގްތިސާދު ނިކަމެތިވެގެން ދިޔައިރު އެކަންކަން ހައްލު ކުރުމަށް މަސައްކަތް ނުކުރާ ކަމަށް ތުހުމަތުކޮށެވެ.

އިމާދު ވަކިކުރަން މަސައްކަތް ހުށަހެޅީ އެމްއެމްއޭއިން ބިމެއް ގަނެގެން ސަރުކާރަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަން ފަށާފައި ވަނިކޮށެވެ.

67 ކޮމެންޓް, 47 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 2%
icon angry icon angry 57%
icon wow icon wow 6%
icon inlove icon inlove 34%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަޒާނާ ރިޒްޤީ

12 March 2025

ވަރަށް ވެސް ހިތާމަ ހުރި ކަމެއް. އަހަރެން މިއަދު ރޯދަ ވީއްލަން ކައްކަން އުޅުނީ ކޯއްޗެއް ކަމެއްވެސް ހަނދާން ނެތިއްޖެ މި ޚަބަރު ކިޔާފަ ކަންބޮޑުވި ވަރުން ގޮސް.

The name is already taken The name is available. Register?

ޕީޕީއެންސީ

12 March 2025

މުނައްވަރަށް ބަލާލައްޗޭ، ހަމަ ބުނެލީ

The name is already taken The name is available. Register?

ވެދަން

12 March 2025

އިމާދަށް ސަނާތިކިޔަނީ އޭނަގެ ހަގީގަތް ހަމަ ނޭގޭތީ. ކޮންމެގަވަރުނަރެއް އެމްއެމްއޭ އިން ބޭރުވުމުގަ މީނަގެ އަތެއްވޭ. ބޭނުމަކީ މީނަ ގަވަރުނަރަށް ވާން. މިކަން މިފަހަރު ނުވެގެން ލައްކަމަސައްކަތްކުރި މިފަހަރު ދެން މީނަ ބޭރުވެގެން ގައުމީ ބަތަލަށްވުމަކީ ހަޖުލެއް. މީނަ މީ އަލިފެއްނޫން. މީނައަކީ ސިޔާސީ ޕަޕެޓެއް. މިހާރުގަވަރުނަރުކަން ދޭންބުންޔަސް އައިސް ހުންނާނެ.

The name is already taken The name is available. Register?

ފަރުދީން

12 March 2025

ޤައުމުގައި ކިޔަވައިގެންތިބި، ޚިދުމަތް ކުރަމުން ގެންދާ މިފަދަމީހުންގެ ޚިދުމަތާއި ޢިލްމާއިމެދު ވިސްނާލެއްވުމަކީ ޜަނގަޅު ކަމެއްކަމުގައި ދެކެން

The name is already taken The name is available. Register?

އމދ

12 March 2025

ތިކަން ކުރަން ލަސްވެއްޖެ. މީހަމަ ބޮލެއް. މމއ ގެ ކުރީގެ މެނޭޖްމަންޓްގެ މީހުން ކުރާ ދެއުޅިއެއް ނުވާ ކަންތައްތައް ދިފާއުކުރުން މި ބޭފުޅާގެ މައިގަނޑު މަސައްކަތަކީ.

The name is already taken The name is available. Register?

ވިސްނާ މީހާ

12 March 2025

އެމްއެމްއޭއަކީ މި ގައުމުގާ ހުރި އެންމެ ހަރުދަނާ މުއައްސަސާ.. ސިޔާސީ ބޮޑެތި ހަލަބޮލި ކަމުގައިވެސް ރައްޔިތުން އެންމެ އިތުބާރު ކުރި މުއައްސަސާ.. މިއަދު އެތަންވަނީ ސިޔާސީ އަމިއްލަ މަންފާއަށް ފުނޑާލާފަ.. އަމިއްލަ ސިޔާސީ އައްޑާ އަކަށް ހަދާފަ.. މައްޗަށް ތިބި އެންމެން ދުރުކޮށްފި. މިހާރ ކޮންމެ ކަމެއް ހިނގަނީ ކަރަޕްޝަނުން. މީހަކު ވެއްދިއަސް، އެއްޗެއް ގަތަސް، ހިދުމަތެއް ހޯދިއަސް ކަރަޕްޝަން. މީގެ ހުރިހާ ގެއްލުން ލިބޭނީ ރައްޔިތުންނަށް...

The name is already taken The name is available. Register?

ހޮޅި ގަނޑު

11 March 2025

އެމްއެމްއޭ ފުޑާލާފި. މުނައްވަރު ބޭނުން ބަޔަކަށް ވަޒީފާދީ ހެދުމާ ދެކޮޅު ހަދާތީ އެޗްއާރު ހެޑުވެސް ބަދަލު ކުރަން ނިންމާފަވާކަމަށްވޭ. ހަމައެއް ލަމައެއްނެތް ހިތުހުރިގޮތަކަށް ހުރިހާ ކަމެއް ކުރާކަމަށް މަސްދަރުތަކުން ޚަބަރު އަންނަމުން ދެއެވެ.

The name is already taken The name is available. Register?

ސީސެކްސަން

11 March 2025

އޭ އޭ ހަމަޖެހިބަލަ ދަލުބޭރުން ނުޖެހިބަލަ

The name is already taken The name is available. Register?

ަޗ×ޗ

11 March 2025

ހުރިހާ ތަނަކަށް އަތްފައި ބާނައިގެން މިއުޅެނީ.. މިދިޔަ ސަރުކާރުގެ ކަންތަުގައި ފަރުވާކުޑަ ކުރިއޭ ކިޔާފަ މިއަދުތަ މަޖިލިހަށް ލާން އިނގުނީ.. ރނގަޅަށް ވިއްޔާ ހުޅުމާލޭ ބިމުގެ ކަންތައް ތިއުޅެނީ

The name is already taken The name is available. Register?

ޢަސްލި

11 March 2025

އުއްމީދުކުރަން ރަގަޅުގޮތެއް. ގައުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރަމާ

The name is already taken The name is available. Register?

ޖައިލަމު

11 March 2025

ރަނގަޅު ހަމަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454