އީލޮން މަސްކާއި ރައީސް ޑޮނަލްޑް ޓްރަމްޕު (ވ) އަލަށް ބައްލަވައިގަތް ޓެސްލާ ކާރު ކައިރީގައި. -- ފޮޓޯ: އޭއެފްޕީ
12 މާޗް 2025 - 09:03
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެޑްވައިޒަރަކަށް ހަމަޖައްސާފައިވާ ބިލިއަނަރު އީލޮން މަސްކުގެ ޓެސްލާ ކުންފުނީގެ ކާރެއް ބައްލަވައިގެންފި އެވެ.
ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ ގައުމަށްޓަކައި މަސްކް ކުރައްވަނީ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށެވެ.
"އެކަމަކު ވާތުފިޔައިގެ މޮޔައިން، އެމީހުން އާދަކޮށް ހަދާ ގޮތަށް، ގާނޫނީ ގޮތުން އަދި ޖުމްލަ ގޮތުން ގެންދަނީ ދުނިޔޭގެ އެންމެ މޮޅު އެއް ކާރު ކަމަށްވާ ޓެލްސްކާ ބޯއިކޮޓްކުރަން މަސައްކަތް ކުރަމުން،" ޓްރަމްޕް ލިޔުއްވާފައިވެ އެވެ.
ޓެސްލާ އަކީ މަސްކުގެ "ބޭބީ" ކަމަށް ސިފަކުރަމުން ޓްރަމްޕު ވިދާޅުވީ އިދިކޮޅުގެ ބޭނުމަކީ އަބަދުވެސް މަސްކަށް ގެއްލުން ދެވެން އޮތް ގޮތަކުން ގެއްލުން ދިނުން ކަމަށެވެ.
"މުޅިން އާ ޓެސްލާއެއް މާދަމާ [އަންގާރަ ދުވަހު] ގަނެ އީލޮން މަސްކަށް ތާއީދު އޮތްކަން ހާމަކޮށްދިނުމުގެ ގޮތުން ގަންނާނަން،" ޓްރަމްޕު ހޯމަ ދުވަހު ވިދާޅުވި އެވެ.
"މިހާ ފުރިހަމަ މަސައްކަތެއް ކުރާއިރު އޭނާއަށް އަދަބު ދޭންވީ ކީއްވެ؟."
މިހެން ވިދާޅުވުމަށް ފަހު ވަނީ މަސްކާ އެކު ވަޑައިގެން ރަތް ކުލައިގެ ޓެސްލާއެއް ބައްލަވައިގެން ވައިޓް ހައުސް އަށް ގެންގޮސްފަ އެވެ.
ޓެސްލާއާ ދެކޮޅަށް އެެމެރިކާގައި މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ
"އަޅުގަނޑު ދެންނެވިން، އީލޮން އޭ ތިޔަ ދިމާވެގެން އުޅޭ ކަންތަކާ މެދު އަޅުގަނޑު ވަރަށް ހިތްހަމަނުޖެހެޔޭ. ޓެސްލާ އަކީ ފުރިހަމަ ކުންފުންޏެކޭ،" ޓެސްލާ ބޮއިކޮޓްކުރުމަށް ހިންގާ ކެމްޕެއިންތަކަށް އިޝާރާތްކުރައްވައި ޓްރަމްޕު ނޫސްވެރިންނަށް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ މަސްކް ދުވަހަކު ވެސް އޭނާގެ ކިބައިން ކަމަކަށް އެދިވަޑައިގެންފައި ނެތް ކަމަށާއި އެކަމަކު މިއީ މަސްކު އެމެރިކާއަށް ކޮށްދޭ ކަންކަން ބަލައިގަންނަކަން ހާމަކޮށްދިނުމަށް ބައްލަވައިގަތް ކާރެއް ކަމަށެވެ.
ވިޔަފާރިއަށް ހީނަރުކަން އައިސްފައި ވިޔަސް މަސްކް ވަނީ އެމެރިކާގައި ޓެސްލާ އުފެއްދުން ދެ ގުނަ އިތުރު ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މިދިޔަ ޖެނުއަރީ މަހު ވައިޓް ހައުސްއަށް އެނބުރި ވަޑައިގަތުމަށްފަހު ޓްރަމްޕް ވަނީ ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝިއެންސީ (ޑޮޖް) ގެ ވެރިޔާގެ ހައިސިއްޔަތުން ސަރުކާރުގެ ހަރަދުތަކާއި އެޖެންސީތަކުގެ މުވައްޒަފުން މަދުކުރުމުގެ ބާރު މަސްކަށް ދެއްވައިފަ އެވެ. އެކަމަކު އޭނާގެ ނިންމުންތަކާ މެދު ނުރުހި އެތައް ބަޔަކު ކޯޓަށް ގޮސްފައި ވާއިރު އަނެއް ބަޔަކު ޓެސްލާ ބޯއިކޮޓްކުރުމަށް ވެސް ގޮވާލައި ކެމްޕެއިން ކުރެ އެވެ.
ޓްރަމްޕާއި މަސްކަށް ކުރާ ނަފްރަތުގައި ބައެއް މީހުން ޓެސްލާ ގަތުމަށް ފަސްޖެހޭ ކަމަށް ބައެއް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ. އަދި މިހާރު ޓެސްލާ ގެންގުޅޭ ބައެއް މީހުން ވެސް ކާރު ގަތީ މަސްކު މިހާރު އެ ކުރައްވާ ކަންކަމުގެ ކުރިންކަން ދެއްކުމަށް "ބިފޯ އީލޮން ވެންޓު ކްރޭޒީ" ލިޔެފައިވާ ސްޓިކާ ވެސް ކާރުގައި ޖަހާފައި ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓޮން ޕު
12 March 2025
ފެބުރުއަރީން ލިބުނު މުސާރައިން އެޑުވާންސް ދައްކާފައި ބާކީ 6 މަހުން ދައްކައި ޚަލާސް ކުރާގޮތަށް ނަގާފައިވަނީ!
އަލީލީ
12 March 2025
މޭކް މަސްކު ގުރޭޓް އެގެއިން