އެގްރޯ ނެޓް ކުންފުނި. އެކުންފުނި ހިންގުން ވަނީ ހުއްޓާލައިފައި
11 މާޗް 2025 - 22:16
އުވާލަން ނިންމައި، މަސައްކަތް މެދުކަނޑާލާފައި އޮތް އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މަސައްކަތް އަލުން ފަށަން ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުން ދަނޑުވެރިކަމުގެ ވިޔަފާރިކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2020 ގައި އުފެއްދި ކުންފުނި އުވާލައި އެ ކުންފުނީގެ ދަށުން ކުރާ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީއެފްސީޒެޑް) ގެ ދަށަށް ގެންދަން ނިންމީ، މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
އެ ނިންމުމާއެކު، ކުންފުނިން ދަނޑުވެރިންނާ އެކު ހިންގަމުން ދިޔަ މުއާމަލާތްތައް ހުއްޓާލާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު އެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން "ސަރުކާރު" ހަބަރުގައި ބުނީ އެ ނިންމުން ބަދަލު ކުރެއްވުމަށް ނިންމަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެގްރޯނެޓު އަލުން ހިންގަން ހަމަޖެހިފައިވަނީ މިނިސްޓްރީން ވިލަރެސް ކުރާ ގޮތަށް، އެމްއައިޑީއެފްސީޒެޑްގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގަ އެވެ.
މިއީ ދަނޑުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދަނޑުވެރިން ހައްދާތަކެތި ވިއްކޭނެ އިތުރު މަގުތައް ފަހިކޮށް، ދަނޑުވެރިކަމުން އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކުރުމަށް ނިންމި ނިންމުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝެލަރީ
12 March 2025
އަސްލުވެސް މީހުން މިކިޔަނީ ރަނގަޅައް މީ ހަމަ އުނބައް ޖެހުން
ޖައިޝަމް
12 March 2025
ފުރިހަމަ ނިންމުމެއް މިވަރު ރަނގަޅު ސަރުކާރެއް ދެނެއް ނުލިބޭނެ މީ ވަރައް ވާހަކަ ވަރައް ކެރިގެން ބުނާ ވާހަކަ އެއް
އުނބޭ
12 March 2025
ކޮންމެ ކަމެއްވެސް އުނބަށް ޖަހައިގެން ނިމޭނީ.
ހަސީނާާ
12 March 2025
ހައްތަހާވެސް ޔޫ ޓަރން މިހިރަ ނެގެނީ.
ޓުކުރި
12 March 2025
މިސަރުކާރުގަ ތިވަރުކަމެއްވެދާނެ.
ކަޑޫދޫ ގިތެޔޮ އިދުރީސް
12 March 2025
އެގްރޯ ނެޓް 2 ގެ ނަމުގައި އަލުން ފެށުމަކީ ވެސް ޕްރޮޖެކްޓެއް .
ރަދީފްއޮފިޝަލް / ފްރީ ޑުޓަޓޭ ނައު
12 March 2025
އަމާޒޭ ލާހޫރޭ ގޮތަށް ދޯ ހުރިހާކަމެއް ހުރީ.
ކެކެކެ22088
11 March 2025
ކޮންމެ ކަމެއްވެސް މިހެންނޭ މިކުރަނީ. ކިޔަވައިގެން ހުއްޓަކަސް ގައުމެއް ނުހިންގޭނެ
ސަސި
11 March 2025
ކަންކަން ނިންމަނީ ރަގަަޅަށް މަސްވަރާކޮއްފައެއް ނޫންތަ؟