އެކުވެރިކަމުގެ މެޗެއް ކުޅެން އިންޑިއާ އަށް މިއަދު ފުރި ދިވެހި ޓީމުގެ ފުރަތަމަ ބެޗުގެ މެންބަރުން އެފްއޭއެމްގެ ވެރިންނާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން: ޝީލޯންގްގައި ކުޅެން ހަމަޖެހިފައިވާ މެޗަށް ޓީމު ރާއްޖެއިން ދަތުރު ކުރާނީ ދެ ފްލައިޓަކުން ދެ ގަޑިއެއްގައި ދެ ރޫޓަކުން
15 މާޗް 2025 - 15:30
ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއް ކުޅެން ގައުމީ ފުޓްބޯޅަ ޓީމު ދެ ބަޔަށް ބަހައިގެން ދެ ފްލައިޓެއްގައި އިންޑިއާ އަށް ދާން ފުރައިފި އެވެ.
އެކުވެރިކަމުގެ މެޗުގައި އަންނަ ބުދަ ދުވަހު އިންޑިއާގެ ޝިލޯންގްގެ ރާއްޖޭން އެ ގައުމާ ދެކޮޅަށް މެޗެއް ކުޅޭނެ އެވެ.
ޓީމު ޝިލޯންގަށް ދާނީ ދެ ފްލައިޓަކަށް ބަހައިގެން ދެ ރޫޓަކުންނެވެ.
ފުރަތަމަ ފުރި ބެޗުގެ ކުޅުންތެރިން ދަތުރު ފެށީ މިއަދު މެންދުރު ފަހު 12:50 ގައި މާލެއިން މުމްބާއީ އަށެވެ. "މިހާރު" އަށް ލިބުނު ޓިކެޓްގެ އައިޓިނެރަރީގައި ވާގޮތުން މުމްބާއީގެ އެއާޕޯޓްގައި ތިން ގަޑިއިރު ޓްރާންސިޓް ކުރުމަށް ފަހު އެއާ އިންޑިއާގެ ޑޮމެސްޓިކް ފްލައިޓެއްގައި މިރޭ ޓީމު ކަލްކަތާ އަށް ދަތުރު ކުރާނެ އެވެ. އެ ބެޗުގެ މެންބަރުން ކަލްކަތާއިން ޝިލޯންގަށް ދާން ފުރާނީ އިންޑިގޯ އެއާލައިންގެ ޑޮމެސްޓިކް ފްލައިޓްގައި މާދަމާ ހެންދު އިންޑިއާގެ ގަޑިން 9:15 ގަ އެވެ.
- އެއާ އިންޑިއާ ފްލައިޓްގައި މާލެއިން މުމްބާއީ އަށް، މުމްބާއީއިން ކަލްކަތާ އަށް | އިންޑިގޯގެ ފްލައިޓްގައި ކަލްކަތާއިން ޝިލޯންގަށް
- މާލެއިން ފުރި ގަޑި: މިއަދު މެންދުރު ފަހު 12:50 | މުމްބާއީއަށް ދެވޭނެ ކަމަށް ބެލެވެނީ އިންޑިއާގެ ގަޑިން ހަވީރު 4:05 ގައި
- މުމްބާއީއިން ކަލްކަތާ އަށް ފުރާ ގަޑި (އިންޑިއާގެ ގަޑިން) އިރުއޮއްސި 7:00 ގައި | ކަލްކަތާ އަށް ދެވޭނެ ކަމަށް ބެލެވޭ ގަޑި (އިންޑިއާގެ ގަޑިން) މިރޭ 9:35 ގައި
- އިންޑިގޯގެ ޑޮމެސްޓިކް ފްލައިޓްގައި ކަލްކަތާއިން ޝިލޯންގަށް ފުރާނީ އިންޑިއާގެ ގަޑިން މާދަމާ ހެނދުނު 9:15 ގައި | ޝިލޯންގަށް ދެވޭނެކަމަށް ބެލެވެނީ އިންޑިއާގެ ގަޑިން މެންދުރު 11:05 ގައި
ގައުމީ ޓީމު މާލޭގައި ކުރިއަށް ގެންދިޔަ ޕްރެކްޓިސް ސެޝަނެއްގެ ތެރެއިން: ޓީމުގެ ހުރިހާ މެންބަރުން ވެސް މިހާރު ވަނީ އިންޑިއާ އަށް ދާން ފުރައިފަ ފައިލް ފޮޓޯ: ސިޑިބަރި
މާލެއިން ފުރާ ދެވަނަ ބެޗުގެ ކުޅުންތެރިންނާއި އޮފިޝަލުން ދަތުރު ކުރާނީ އެއާ އިންޑިއާގެ ފްލައިޓެއްގައި މާލެއިން ނިއު ދިއްލީ އަށެވެ. މިއަދު މެންދުރު ފަހު 2:50 ގައި ފުރައިގެން މިރޭ 7:30 ގައި ދިއްލީގައި ލޭންޑް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް، "މިހާރު" އަށް ލިބިފައިވާ އައިޓިނެރަރީގައި ވެއެވެ. އެ ބެޗުގެ ކުޅުންތެރިން ކަލްކާތާ އަށް ދާނީ އިންޑިއާ ގަޑިން މިރޭ 11:25 ގަ އެވެ. އެ ބެޗުގެ މެންބަރުން ކަލްކަތާއިން ޝިލޯންގަށް ފުރާނީ މާދަމާ އިންޑިއާގެ ގަޑިން މެންދުރު ފަހު 1:40 ގަ އެވެ.
- އެއާ އިންޑިއާގެ ފްލައިޓްގައި މާލެއިން ނިއުދިއްލީ އަށް، ދިއްލީން ކަލްކަތާ އަށް، | އިންޑިގޯގެ ފްލައިޓްގައި ކަލްކަތާއިން ޝިލޯންގަށް
- މާލެއިން ފުރީ މިއަދު މެންދުރު ފަހު 2:50 ގައި | ިއްލީ އަށް ދެވޭނެ ކަމަށް ބެލެވެނީ އިންޑީއާގެ ގަޑިން އިރުއޮއްސި 7:25 ގައި
- ދިއްލީން ކަލްކަތާ އަށް ފުރާނީ އިންޑިއާގެ ގަޑިން މިރޭ 9:10 ގައި ކަލްކަތާ އަށް ދެވޭނެ ކަމަށް ބެލެވެނީ އިންޑިއާގެ ގަޑިން މިރޭ 11:25 ގައި
- އިންޑިގޯގެ ޑޮމެސްޓިކް ފްލައިޓެއްގައި ކަލްކަތާއިން ޝިލޯންގަށް ފުރާނީ މާދަމާ އިންޑިއާގެ ގަޑިން މެންދުރު ފަހު 1:40 ގައި | ޝިލޯންގަށް ދެވޭނެ ކަމަށް ބެލެވެނީ އިންޑިއާގެ ގަޑިން ހަވީރު 3:25 ގަ އެވެ.
ގައުމީ ޓީމުތަކާއި ކްލަބްތައް ވާދަކުރާ ބައިނަލްއަގުވާމީ މުބާރާތްތަކާއި ގޭމްސް އަދި މެޗުތަކަށް ބޭރަށް ކުރާ ދަތުރުތަކަށް ޓިކެޓް ނަގައި ދެނީ ސަރުކާރުންނެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި މިދިޔަ މަހުގެ މެދުތެރޭގައި އެފްއޭއެމުން ވަނީ ގައުމީ ޓީމާ އެކު އިންޑިއާ އަށް ދަތުރު ކުރާ ސްކޮޑްގެ 23 މެންބަރުން އެއްކޮށް ދަތުރު ކުރެވޭ ގޮތަށް ޓިކެޓް ބްކިން ހައްދައި ރެފަރެންސާއި އައިޓްނަރީއާ އެކު ސްޕޯޓްސް މިނިސްޓްރީއާ ހިއްސާ ކުރި އެވެ.
ގައުމީ ޓީމުން މާލޭގައި ކުރިއަށް ގެންދިޔަ ޕްރެކްޓިސް ސެޝަނެއްގައ ޝެޝަން ފެށުމުގެ ކުރިން ކުޅުންތެރިން ގައުމީ ސަލާމަށް ހުއްޓިގެން --- ފައިލް ފޮޓޯ: ސިޑިބަރި
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ހަފުތާ މެދުތެރޭގައި އެ މިނިސްޓްރީން އެފްއޭއެމަށް ޓިކެޓް ފޮނުވި އިރު ޓީމު ދަތުރުކުރަން ހަމަޖެހިފައި ވަނީ ދެބަޔަކަށް ބަހާލައިގެން ދެ ފްލައިޓަކުން އަދި ދެ ރޫޓަކުންނެވެ.
ސީނިއާ ގައުމީ ޓީމުގެ ބޭރު ދަތުރުތަކުގެ ޓިކެޓް ހަރަރު ރީއިމްބާސްކޮށް (އަމިއްލަ އަށް ހަރަދު ކުރުމުން، އެ ހަރަދަށް ވާ ފައިސާ ފަހުން ދޫކުރާ ގޮތަށް) މީގެ ކުރިން ފީފާއިން ފައިސާ ޖަމާކޮށްދެ އެވެ.
އިންޑިއާއާ ދެކޮޅަށް އަންނަ ބުދަ ދުވަހުގެ ރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން އިރުއޮއްސި 6:30 ގަ އެވެ.
އެނބުރި ރާއްޖެ އައުމުގެ ދަތުރުގައި ޓީމު އެއްކޮށް ޝިލޯންގުން ފުރާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ޝިލޯންގުން ކަލްކަތާއަށް އަދި ކަލްކަތާއިން މުމްބާއީ އަށް ދަތުރު ކުރުމަށް ފަހު މުމްބާއީ މަގުން މާލެ އަންނާނީ އަންނަ ހުކުރު ދުވަހު އެވެ.
އިންޑިއާގެ މެޗަކީ އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުންނެވެ.
ފިލިޕީންސާ ދެކޮޅަށް އެ ގައުމުގައި ރޭންޖޭން މެޗު ކުޅޭނީ މި މަހު 25 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައިޑްބޮޑީ
15 March 2025
އެކުވެނި ޓްރެކް ބޭރުގަ ހުރި "ވައިޑް ބޮޑީ" ބިލްބޯޑެއްގަ ޝިލޯންގަށް ދަތުރު ކުރާ ކަމަށް ޖަހާފައިން ހެން ހީވި.. މިވެސް ގޮތެއްނޫންތަ؟
ޙަސަން2
15 March 2025
ދެފުލައިޓެއްގަ ދަތުރުކުރުމަކީ ސޭފްޓީއައްބަލާއިރު އެއްމެ ރަގަޅުގޮތް!
ވަނޫފު
15 March 2025
ކީތްކުރަން ސަރުކާރު ހަރަދުގަ ފޮނުވާ ބަައެއްމީ. ކަމެއް ނުވާތާނގަ އަހުލާގެއްވެސް ހުންނަނީއެއް ނޫން. ގައުމު ބަނގުރޫޓު ހާލުގަ އޮއްވާ މީ ކޮން ބޭކާރު ކަމެއް.
ހައްޕު
15 March 2025
ހުރިހާކުދިންނަށް ވައިސާފުކޮށްދޭ މާސްކެ ގަނެދެއްޗޭ. މާލެއިން ގަންނަ މާސްކު ނޫނީ ކަމުނުދާނެތީ މިބުނީ.
އަހުމިއްޓޭ
15 March 2025
ކޮންމެހެން ޝިލޯންގްގަ ކުޅެންޖެހޭތަ. ދިއްލީ ނުވަތަ ސީދާ މާލެއިން ދަތުރުކުރެވޭ ސިޓީއެއްގަ ކުޅުނިއްޔާ ޚަރަދުވެސް ކުޑަވާނެދޯ.
ށޮސުެުޖދ
15 March 2025
ހޮލިޑޭ ހެދުން
ބަބުރު
15 March 2025
މީހަމަ ތެދެއް. ގައުމު ތަމްސީލް ކުރުމުގރ ބަދަލުގަ ފެންނަނީ ހަނީމޫނު ހަދާލާފަ 29-0 ކުން ބަލިވެ ސޮޕިންގ ކޮށްލާ ޕޮކެޓްމަނީ ހަދާލަން ދާ ޓީމެއް ގޮތުގަ
ހަމްދާ
15 March 2025
ގައުމުގަ ފައިސާ ނެޡޯ ކިޔަނީ