މޯލްޑިވިއަން އިން އެންމެ ފަހުން ގެންނަ އެއާބަސް އޭ330 މަތިންދާ ބޯޓު. ހަނިމާދޫން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
15 މާޗް 2025 - 15:06
ގައުމީ އެއާލައިން، މޯލްޑިވިއަން އިން ހދ.ހަނިމާދޫން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
މެއި 15 އިން ފެށިގެން އެ ދަތުރުތައް ފަށާއިރު މާދަމާ އިން ފެށިގެން ޓިކެޓް ބުކިން ހެދުމުގެ ފުރުސަތު ހުޅުވައިލާނެ އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ، އެ ދަތުރުތައް ފެށުމުގެ ބޭނުމަކީ، އުތުރުގައި މޯލްޑިވިއަންގެ ދަތުރުތައް އިތުރަށް ފުޅާ ކުރުން ކަމަށެވެ.
ބެންގަލޫރަށް ދަތުރުތައް ފެށުމުން އިގްތިސާދީ ގޮތުން ވެސް އެ ސަރަހައްދަށް އިތުރު ކުރިއެރުން ފެންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެއާ އެކު އިންޑިއާއިން އަންނަ ޓޫރިސްޓުންނަށް ވެސް އެ ސަރަހައްދުގެ ޓޫރިޒަމް ހިދުމަތްދޭ ތަންތަނަށް ފަސޭހަމާ އެކު އާދެވޭނެ އެވެ.
މޯލްޑިވިއަން އިން ހަފްތާއަކު ދެ ފްލައިޓު ހަނިމާދޫން ބެންގަލޫރަށް ބާއްވާނެ އެވެ. އެއީ ކޮންމެ އާދިއްތަ އާއި ބުރާސްފަތީގަ އެވެ.
އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މިހާރު ވެސް ހަނިމާދޫން އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުތައް ކުރާއިރު އިރު ބެންގަލޫރަށް ދަތުރުތައް ފެށުމަކީ އެކުންފުނީގެ ހިދުމަތްތައް ފުޅާ ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
15 March 2025
މިހާރުވެސް ކޮންމެ ދުވަހަކު ކ.މާލެއިން GAN International Airport އަށް މޯލްޑިވިއަންގެ ATR-72 ނުވަތަ އޭޓީއާރ 48 ގެ ހަތަރެއް ނުވަތަ 6 ފްލައިޓް ނުބާއްވާ ހަމަ އެންމެ ދުވަހެއްވެސް ނުދޭ. މިއިން އެއްވެސް ފްލައިޓެއް ފުލް ލޯޑްގަ ނޫނީ އައްޑުއަށް ފަތުރެއް ނުކުރޭ. ދިވެއްސަކަށް ކޮޅަކަށް 1900ރ އަށް ޓިކެޓެއް ވިއްކާއިރި ޓްއަރިސްޓަކަށް ނަމަ އެއްކޮޅު ޓިކެޓްގެ އަގު ހުރީ 280 ޑޮލަރ ނުވަތަ 4350ރ އަށް. މިއީ މާލެ ސިންގަޕޯރ ޓިކެޓަށް ވުރެންވެސް ނިސްބަތުން ބޮޑު އަގެއް.
ފަހުދު.
16 March 2025
މާލޭ ސިންގަޕޫރު ޓިކެޓެއް ދުވަހަކުވެސް ނެގިނަމަ ތިހިނެއް ނުބުނާނެ
ޒިންހުއާ
16 March 2025
560 ޑޮލަރަށް ސިންގަޕޫރު އެއާލައިނުން، ދެކޮޅަށް ދެވޭކަމީ ވަރަށް ސާފުކޮށް އިންގޭ ކަމެއް.
އޮނަރަބްލް އަފީފު ދީދީ
15 March 2025
ދުވާލަކު 6 ފްލައިޓް ކ.މާލެއިން އައްޑުއަށް ދާއިރު ޕެސެންޖަރަކަށް އެކްސެސް ދައްކައިގެންވެސް ރަނުގެ އަގުގައި ވިއްކާ ޓިކެޓަށް ލިބޭ 20ކިލޯގެ އެލަވަންސަށް ވުރެން އިތުރަށް 100 ގުރާމް ވެސް ގެންދެވޭނެ ގޮތެއްނެތް. އެވަރަށް ފްލައިޓް ލޯޑް ވެފައި އޮންނާތީ އައްޑޫގެ ވިޔަފާރި ވެެރިންނަށާއި، ރިސޯޓް ގެސްޓް ހައުސް ތަކަށް ބޭނުންވާ ތަރުކާރީ އާއި މޭވާ އަދި ފިނިކުރި މަހާއި، އައިސް ކްރީމް ފަދަ ކާގޯ އުފުލޭނެ ގޮތެއްވެސް ނެތް. މިކަން ޔަގީން ކުރަން ކާގޯއަށް ގުޅައިގެން ބަލާ.
ޑެބީ
16 March 2025
އަފީފު ނިކަން ބުނެބަލަ ރާއްޖޭގެ ޑޮމެސްޓިކް ދަތުރުކުރާ އަނެއް 2 އެއަލައިނުންވެސް އައްޑުއަށް ދަތުރުތައް ފަށާ ފައިދާ ނުވެގެން ހުއްޓާލީ. އަފީފުމެން ފޮނި ކަނޑާފަ މޯލްޑިވިއަންއަށް ހަޅޭލަވާފަ ދަތުރުކުރަން ބޭނުންވަނީ ހަމައެކަނި މޯލްޑިވިއަންގަ.
އޮނަރަބްލް އަފީފު ދީދީ
15 March 2025
ދުވާލަކު 6 ފުލައިޓް ބޭއްވުމުގެ ބަދަލުގައި ކޮންމެ ވީކެންޑެއްގައި އައްޑުއަށް ބޮޑު ފްލައިޓް ޝެޑިއުލް ކޮށް އައްޑޫ މީހުނަށް ކާގޯ އުފުލޭނެ ގޮތް ހަދާދޭންވީ ނޫންތޯ؟! މިވާހަކަ ދައްކާ ކޮންމެ ފަހަރަކު ތިތަން ހިންގާން ތިބޭ މީހުން ބުނަނީ ބޮޑު ބޯޓަށް އަޅަނީ ފެން ނޫން ކަމަށާއި، ބޯޓްގެ ޙަރަދު ވެސް ނުލިބޭނެ ކަމަށް. ކޮލަމްބޯ އިން އައްޑުއަށް އަންނަ ފުލައިޓަށް ފެން އަޅާތީތޯ 50 މީހުން ގޮވައިގެން ގެއްލުން ނުވެ A-321 ބޯޓް ޝެޑިއުލްކޮށްގެން އެމީހުން އެ ދުއްވަނީ؟!
ހބލ ވނ
16 March 2025
ކަލޯގަޔާ އަފީފު ދީދީ އަށް ލޮލުފިޔަ ޖަހާނުލެވޭ އައްޑޫ ނުން އެހެންތަނަކަށް ކުރިއެރުމެއް ލިބުމުން. ފުލުފުލުން ކޮމެންޓް! މާލެ އައްޑޫ އަކަށް ނޫން އަބަދު ހުރިހާ ކަމެއް ވާންޖެހޭނީ
އޮނަރަބްލް އަފީފު ދީދީ
15 March 2025
ކުދި އެތައްބޯޓް އޮޕަރޭޓްކުރާން ފައިލެޓް އަދި ކުރޫސެޓަށް ކުރާންޖެހޭ ޙަރަދާއި، ކޯވަރެއްފަދަ ޖޫސްފޮދެއް ދިއްކުރިކަމަށް ވިޔަސް ކޭޓަރިންގއަށް ބިލްކުރާވަރާއި، އަދި އެއަރޕޯޓް ފީތަކާއި، މުވައްޒިފުންގެ އޯވަރޓައިމް އަދި އޮޕަރޭޝަނަލް ކޮސްޓަށް ބަލާއިރު ބޮޑު އެއް ފްލައިޓް ބޭއްވުމުން ކުންފުންޏަށް ހުރިހާ ގޮތަކުންވެސް ފައިދާ ވާނެ. ތެދެއް އެކަމަކު އައްޑޫ މީހުނަށާއި އައްޑުއަށް މީގެ ސަބަބުން ދިރުން ލިބި ތިބޭފުޅުން އަޅުވާފައިއޮތް "މަރުތަޅު" އެއަރޕޯޓުން ނެއްޓިދާނެ.
ޑެބީ
16 March 2025
މީގަ އައްޑޫ މީހުންގެ މައްސަލަވެސް އެބައޮތް. ކުޑަ ބޯޓުގަ އައްޑޫ ޓްރިވެންޑްރަމް ނޫނީ އައްޑޫ ބެންގަލޫރު އަޅަން ފެށީމަ އަފީފުމެން ބުނާނެ ކުޑަ ބޯޓުގަ އެހާ ދިގު ދަތުރެެއް ނުކުރާނަމޭ. ބޮޑު ބޯޓު ދަންޔާ ބޯޓުގެ 70 ޕަސަންޓް ސީޓު ހުސްކޮށް. އައްޑޫގަ ނެތޭ އެވަރުގެ ޑިމާންޑެއް. އަފީފުމެން މާފޮނި ބޮޑީހަމަ.
އަހްމަދުު
16 March 2025
ދީދީ ކުޑަކޮށް ވިސްނާލަބަލަ. ގިނަ ފްލައިޓްތައް އަޅަންޖެހޭ ސަބަބަކީ، އިންޓަނޭޝަނަލް ފްލއިޓްތަކުގެ ޝެޑިއުލް އާ މެޗް ކޮށްފަ ގެސްޓުންނަށް ޓްރާންސްފަރ ހަމަޖެއްސުމުގެ ގޮތުން. ބޮޑު އެއްފްލައިޓް އެއަޅަންޏާ މިހެން މިކަމެއް ނުވާނެ.
އޮނަރަބްލް އަފީފު ދީދީ
15 March 2025
ކ.މާލެއިން ފައިދާއެއްނުވެ (އާސަންދައަށް ބިލްކޮށް ލާރިނުލިބިހުރި ޓިކެޓްގިނައީ. އޭގެސަބަބުން ތެޔޮބިލަށް ހުންނަނީ ފައިސާނުދައްކާ) އިންޑިޔާގެ އެތައް މަންޒިލަކަށް މިހާރުވެސް މޯލްޑިވިއަން ދަތުރު ކުރޭ. ހަނިމާދޫ އިން އިންޑިޔާ އަށް ދަތުރު ކުރާތާ 10 އަހަރު ފަހުން ދެވަނަ މަންޒިލަކަށް ދަތުރު ކުރަން ދަނީ ތައްޔާރު ވަމުން. އެކަމަކު ކ.މާލެ ފިޔަވާ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫއިން އިންޑިޔާގެ ދަތުރުނުފެއްޓީމާ އިގޭ މިއީ ސީދާ ޒާތީކަމެއް އޮވެގެން ކުރާކަމެއްކަން.
އޮނަރަބްލް އަފީފު ދީދީ
15 March 2025
ހަނިމާދުއަށްވުރެން 10'ގުނަ އާބާދީ ބޮޑު އައްޑޫސިޓީ އިން އިންށިޔާގެ އެއްވެސް މަންޒިލަކަށް ދަތުރު ކޮށްނުދީ މިހާރު މާލޭސަރުކާރުން އެފެއްޓީ ހަނިމާދީ އިން އިންޑިޔާގެ ދެވަނަ މަންޒިލަކަށް ދަތުރު ކުރަން. ހަނިމާދޫ ނުވަތަ އުތުރު ރައްޔިތުނަށް މިކަމުން ލިބޭ ފައިދާއާއިމެދު އަހަރުމެންވެސް އުފާކުރަން. އެހެން ނަމަވެސް އައްޑޫ އެއަރޕޯޓްގައި މާލޭސަރުކާރުން މަރުތަޅު އަޅުވައިގެން އޮތް އޮތުމަށް ނިމުން ގެނައުމަށް އަހަރުމެން ބޭނުންވާތީ މިވާހަކަ ދައްކާން ޖެހެނީ.
އޮނަރަބްލް އަފީފު ދީދީ
15 March 2025
މާލެ ޗައިނާ ދަތުރު ތަކާއި، މާލެ ސައުތުއެފްރިކާ ގެ ދަތުރުތައް ޝެޑިއުލް ކުރި އިރު ކީއްވެގެންތޯ ހަފުތާއަކު އެއްދުވަހު ރޫޓިންގ ބަދަލުކޮށް މާލެ-ގޭން-ޗައިނާ އަދި ރިޓާން ޗައިނާ-ގޭން-މާލެ ބާއްވާފައި ސައުތުއެފްރިކާ ސެކްޓަރ ގެ ދަތުރުވެސް ހަފުތާއަކު އެއްދުވަހު އައްޑޫގައި ޓްރާންސިޓް ވެފައި ކުރާގޮތަށް މާލެ-ގޭން-ސައުތުއެފްރިކާ އަދި ރިޓާރން ސައުތުއެފްރިކާ-ގޭން-މާލެ މިގޮތަށް ޝެޑިއުލްކޮށް އިސްތިހާރު ކޮށްގެން ދަތުރު ނުފައްޓާންވީ؟! މިއީ ނުކުރެވޭ ވަރު ކަމެއްނޫން.
ޑެބީ
16 March 2025
އަފީފޫ ބަލަ އައްޑޫގަ ނެތޭ މާބޮޑު ބެޑް ކެޕޭސިޓީއެއް ދުނިޔޭގައި މީހުން އުޅޭ 6 ކޮންޓިނެންޓުން ދުވާލަކު ދިހަ ބާރަ ފްލައިޓް އައްޑޫއަށް އަޅާކަށް. ހަމަ އަފީފުއެެއްނު ތިބުނީ ލަންކާ ފްލައިޓުންވެސް އަންނަނީ 50 މީހުނޭ. ބަޔަކު ނޫޅެއޭ އައްޑޫ އެއަޕޯޓުގަ މަރުތަޅު އަޅުވައިގެނެއް. ޑިމާންޑްނެތްތާކަށް ތިބުނާހާ ފްލައިޓެެއް ނޭޅޭނެދޯ އަދި އަފީފު ކިތަންމެ ބޭނުންވިޔަސް.
އަފްރާސިޔާބު
15 March 2025
ވައިޑް ބޮޑީތަ؟ ބަލަ ބުނި އެކަމަކު އެއަރޕޯޓް ބޭކާރު ތަނެކޭ. އެހާ ބޮޑުކޮށް ހަދާކަށް ނުވާނޭ. ޖެހޭނީ 5 އަހަރުން މުށެއް އިތުރު ކުރާށޭ. ރާއްޖެތެރޭގައި ތިހާބޮޑު އެއަރޕޯޓެއް ބޭނުމެއްނުވާނޭ.
މުރާސިލް
15 March 2025
ކީއްވެހޭ ލަންކާ އަށް ނުދެވިގެން އުޅެނީ ؟ ހުއްދަ ނުދިން ދޯ ލަންކާއިން ؟
އައްޑުއަންސް
15 March 2025
ކޮން ދުވަހަކުން ބާ އައްޑޫއިން ޔޫކޭއަށް ފުލައިޓު ބާއްވާނީ.. ކައުންސިލުން ގޮއްސަ ޕުރޯމޯޓުކުރިފަހުން މީހުނއް އަންނަން ބޭނުންވެގެން ތެޅިބާލަނީ.. އެކަމަކު އަންނާނެ ބޯޓެއްނެތިގެން ނާދެވިފަތިބީ..