ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމުގެ އެއްބަސްވުމުގައި ޑީސީޕީ ފަރުހާދު އަދި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހެއިދު ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ޕޮލިސް
15 މާޗް 2025 - 22:43
މީހުން ދިރިއުޅޭ 70 އަށްވުރެ ގިނަ ރަށުގައި ފުލުހުންގެ އަމިއްލަ ޕޮލިސް ސްޓޭޝަންތައް އަޅަން ސޮއިކޮށްފި އެވެ.
ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ފުލުހުންގެ ހިދުމަތް ދޭ ރަށްރަށުގައި، ފުލުހުންގެ އަމިއްލަ މަރުކަޒުތައް ބިނާކުރުމަށްޓަކައި ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން އާރުޑީސީ އާއި ފެނަކަ ކޯޕަރޭޝަން އަދި އެމްޓީސީސީއާއެކު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސޮއިކޮށްފަ އެވެ.
އެ 75 ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށައި، އޭގެ ތެރެއިން ބައެއް ސްޓޭޝަންތަކުގެ މަސައްކަތް މި އަހަރު ނިންމާނެ އެވެ. ނަމަވެސް، ތިން ކުންފުންޏާ މަސައްކަތް ހަވާލުކުރި އަގެއް އަދި ނުބުނެ އެވެ.
ފެނަކަ ކޯޕަރޭޝަން: 40 ޕޮލިސް ސްޓޭޝަން
އާރުޑީސީ: 20 ޕޮލިސް ސްޓޭޝަން
އެމްޓީސީސީ: 15 ޕޮލިސް ސްޓޭޝަން
މިނިސްޓްރީން ބުނީ އެއީ ފުލުހުންގެ 91 އަހަރުވީ ތާރީހުގައި މިހާތަނަށް ހިންގޭ އުމްރާނީ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ. އެ މަސައްކަތްތައް ނިމުމުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކޮށް، ދެބައިކުޅަ އެއްބައި ރަށުގައި ފުލުހުންގެ އަމިއްލަ އަދި ޒަމާނީ މަރުކަޒުތައް ގާއިމްކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ފުލުހުންގެ އަމިއްލަ މަރުކަޒުތަކުގެ ގޮތުގައި ހުރީ އެންމެ 17 ޕޮލިސް ސްޓޭޝަން ކަމަށެވެ. އަދި 70 ރަށުގައި ފުލުހުންގެ ހިދުމަތް ގާއިމްވެފައި ނުވާތީ، އެ މަޝްރޫއުއަކީ އަމާންކަން ގާއިމްކުރަން ހިންގޭ މުހިންމު މަޝްރޫއުއެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައުޒާން އަލީ
16 March 2025
ފުލުހުންގެ ހިދުމަތައް 91 އެއް އަހަރު ވީއިރު މި ރާއްޖޭގެ ގިނަ ހިސާބުތަކުގައި އެ ހިދުމަތް ކައިރިން ލިބެން ނެތުން އެއީ އެކަމަށް އިހުމާލުވެފައި ހުރި ވަރު. މި ސަރުކާރުން މި ގެންދަވަނީ ރައްޔިތުން ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދެއްވުމަށް މަސއްކަތް ކުރައްވަމުން.
ފައުބެ
17 March 2025
2004 އަކުން 2025 އަށް 91 އަހަރު ވީގޮތް ނޭނގިފަ. އެން.އެސް.އެސް ދައުރުގައި ޕޮލިސް ޔުނިޓެއް އިންނާނީ، ވަކިވެފައެއް ނުވޭ. ވަކި މުައައްސަސާއެއްގެ ގޮތުގައި ފެށީ 2004 އަކުން ފެށިގެން.
ފާއިޒް މޫސާ
16 March 2025
އަހަރެމެން ރައްޔިތުންނަށް މީގެން ފައިދާވާނީ. ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ މުހިންމު އެއް ކަންތައް. ސަރުކާރުގެ މި މަޝްރޫއު ވަރަށް އަވަހަށް ނިންމާނެކަން ޔަގީން.
ހައިލަމް
16 March 2025
އެންމެ 17 ވީމަ ވަރަށް މަދު. ރާއްޖޭގެ ގިނަ ހިސާބުތަކުގައި ފުލުހުންގެ އެހީތެރިކަމެއް ބޭނުންވިޔަސް އެބަ ޖެހޭ އެތަައް އިރެއއް މަޑުކުރަން. ދެން އެ ގޮތައް ކަންތައް ވުން ނިމުމަކަށް އަންނާނެ.
މޫސާ އަދްނާން
16 March 2025
މިކަހަލަ މުހިންމު ކަންތައްތައް އިް ނަގައިގެން އަވަހަށް ކުރިޔަށއ ގެންދަން މަސައްކަތްކުރާތަން ފެނިގެން މި ދަ ީ. ޕުލުހުންގެ ހިދުމަތަކީ ހުރިހާ ރައްޔިތުންނަށްވެސް ވީހާވެސް ކައިރިން ލިބެން ހުންނަން ޖެހޭ ހިދުމަތެއް.
ޒަލީފް
16 March 2025
މި ސަރުކާރުގެ ތަރައްގީ ދަނީ ފެނަނަމުން. އަދި ކުރިޔަށް އޮތްތާގަވެސް ދައްކާނެކްން މި އަނގައިދެނީ.
ހުސޭނުބެއްޔާ
16 March 2025
މިސަރުކާރުން މިހާރު ހުރިހާ ޕްރޮޖެކްދެނީ އެއްކޮއްލާފަ، މެގަ ހަދާފަ މޮޑެތި ކުންފުނުތަކަށް! މިހެންހެދީމެ އިގްތިސާދުގެ މައި އިންޖިނޫ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ޕްރޮޖެކްޓެއް ނުލިބޭ! އެ ކުންފުނިތައްވަނީ ބަނގުރޫޓު!
މުޝައްރަފު / ލިބޭ
16 March 2025
ފެނަކަ އަދި އާރުޑީސީ އަށް މިދައުރު ނިމޭއިރުވެސް ތިކަން ވާނެހެނެއް ހީނުވޭ. މީގެ 6 އަހަރު ކުރިން އައްޑޫގައި ފެނަކައިން އަޅަން ފެށި ފެނަކައިގެ އޮފީސް އިމާރާތް އަދިވެސް ނުނިމޭ. މިހާރުވެސް އާރޑީސީ އާއި ހަވާލުކުރެވި އަމަލީ މަސައްކަތް ނުކުރާ އެތަށް ޕްރޮޖެކްޓެއް އެބަހުރި. ބޮޑަށް ހީވަނީ ހަމަ ރައްޔިތުންނަށް ވަރަށް ގިނަ މަޝްރޫއު ކުރިއަށް ދާކަން ދައްކަން އަޅާލި ސޮޔެއް ހެން. ފެނަކައަކީ މިހާރުވެސް އެތަކެއް ބިލިއަނުން ދަރާއޮތް ކުންފުންޏެއް.
އަހުމަދުބޭ
16 March 2025
އުފެދޭ ސުވާލް އަކީ ތިޔަ ޕޮލިސް ސްޓޭޝަން ގާއިމް ވުމުން މުޖުތަމައުއަށް އަންނަ ނުވަތަ ލިބޭ ފައިދާއަކީ ކޮބައިތޯ؟ މިސުވާލް އުފެދެނީ މިހާރުވެސް ރާއްޖޭގެ ވަރަށްގިނަ ރައްތަކުގައި ޕޮލިސް ސްޓޭޝަން އެބަހުއްޓެވެ. އެފަދަ ރައްތަކުގައި ކުއްކުރާލެއް ނުވަތަ ޑުރަގްގެ ވަބާ އެހެން ރައްތަކަށް ވުރެ ބޮޑެވެ، އަދި މާބޮޑަށް ފެތުރެމުންދެއެވެ. މިއަދު ޕޮލިހުންގެ ގާނޫނުއޮތްގޮތުން މިވެއްދީ ދޫކޮއްލީ، އަތްލެވޭކަށް ނޯވޭ، ކަންމިހެންވީމަ ކުއްވެރީން ބިރުކެނޑި ކުއްވެރީންގެ ހާޔަކަށް
އިސްރާފޭ
16 March 2025
ގައުމު ބަނގުރޫޓްވާން ދާްއިރު ކޮންމެހެންވެސް ކުރަންޖެހޭ ކަންކަން ތިކުރަމުންދަނީ 70 އަށްވުރެ ގިނަ ރައްރަށުގައި ޕޮލިސްޓޭސަން ހަދައި މަހަކު 40 ހާހުން މަތިން އެތަނުގައި ތިބޭ ކޮންމެމީހަކަށް ހަރަދުކޮށް އެމީހުން އެތަނުގައި ޑިގުކުޅޭށާ ފުޓުސަލް ކުޅޭން ބައިތިއްބީމަ ގައުމު މިދަނީ ރަނގަޅަށް މިހާރު ހުރި 90% ސަޓޭސަންތަކުގެ ހާލަތުމީ ކާމިހާ ކަނީ ވައްކަންކުރާމީހާ އެކަން ކުރަނީ ބޯމީހާ ބޮނީ ވިއްކާމީހާ ވިއްކަނީ ވާކަމެއް ހަރާން ބުނަނީ ވަސީލަތެއް ނެތޭ
މފއއ
16 March 2025
ވަރަށް ބޮޑު ތެދެއް ޤައުމު ހައިސްޕީޑްގާ ބަގުރޫޓުވުމާ ދިމާލަށް ދާއިރު އިސްކަންދޭ ކަންތައްތައް ތަރުތީބު ކޮށްލާނޭފަދަ އިޚްލާސްތެރި މީހަކު ހަމަ ނެތީތަ؟ ހަމަ ލަންކާ ދިޔަމަގުން މިދަނީ ރައްޔިތުން ވިސްނަންޖެހޭ. ބޮޑުންނަށް ތިބި މީހުން ޖީބު ބަރުކޮށްފާ ފިލާނެ. ހުރިހާ ގެއްލުމެއް ރައްޔިތުންނަށް ނިކަމެތިންނަށް
ދިއްދޫމީހާ
16 March 2025
ދެން ބެންކްއޮފް މޯލްޑިވިސްއާ ހަވާލް ނުކުރަންތޯ؟