ޔަމަނަށް ހަމަލާ ދިނުމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ އެއާކްފާރްޓް ކެރިއަ އަކުން ޖެޓެއް އުދުއްސާލަނީ: ޔަމަންގެ ހޫތީން ވަނީ އެއާކްރާފްޓް ކެރިއަ ގްރޫޕަށް ހަމަލާ ދީފައިވާ ކަމަށް ބުނެފައި.
17 މާޗް 2025 - 11:18
އެމެރިކާއިން ޔަމަންގެ ހޫތީންނަށް އަމާޒުކޮށް ދިން ހަމަލާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ހޫތީން ދިންތާ 24 ގަޑިއިރު ނުވެ އެމެރިކާގެ އެއާކްރާފްޓް ކެރިއާ ގްރޫޕަށް ދެ ހަމަލާއެއް ދީފައިވާނެ ކަމަށް ހޫތީން ބުނެފި އެވެ.
ހޫތީން އެންމެ ފުރަތަމަ ބުނީ ރަތް ކަނޑުގައި އޮތް "އެއާކްރާފްޓް ކެރިއާ ޔޫއެސްއެސް ހެރީ ޓްރޫމަންއާ އެކު ދަތުރުކުރި ހަނގުރާމަމަތީ އުޅަނދުތަކަށް" އަމާޒުކޮށް 18 މިސައިލާއި ޑްރޯނެއް ފޮނުވާލާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ވެސް ހަމަލާ ދީފައިވާނެ ކަމަށް ވަނީ ބުނެފަ އެވެ.
ނަމަވެސް ހޫތީންގެ މި ވާހަކައާ ގުޅޭ ގޮތުން އެމެރިކާއިން ވާހަކައެއް ނުދައްކަ އެވެ.
ޓެލެގްރާމް ގްރޫޕެއްގައި ހޫތީގެ ތަރުޖަމާނު މިއަދު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ކެރިއާ ގްރޫޕަށް ދިން ހަމަލާތަކަކީ އެމެރިކާއިން ޔަމަނާ ދެކޮޅަށް ދެމުން ގެންދާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ.
ހޫތީން ރަތް ކަނޑުގައި އުޅަނދުތަކަށް ހަމަލާދިނުން ހުއްޓާލަންދެން ޔަމަނަށް ހަމަލާދެމުން ގެންދާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޔަމަނަށް ވަރުގަދަ ބާރުގަދަ ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.
ހޫތީގެ ހެލްތު މިނިސްޓްރީން ބުނީ ހޮނިހިރު ދުވަހު އެމެރިކާއިން ދިން ހަމަލާތަކުގައި 53 މީހަކު މަރުވި ކަމަށާއި އިތުރު 98 މީހުން ޒަހަމްވެފައި ވާއިރު އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
ރަތް ކަނޑަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ 12 ޕަސެންޓް މުދާ އުފުލާ މަގަށް ވާއިރު ހޫތީންގެ ހަމަލާތަކާ އެކު ވަނީ އެ ސަރަހައްދުގެ ދަތުރުފަތުރަށް ވަރަށް ބޮޑަށް ބުރޫ އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެންވެސް ކިޔަނީ އިސްލާމުންނޭ
18 March 2025
އެމީހުން ފަލަސްތީނުގެ ހައްގުގައި ގުރުބާންވަނީ..އަރަބީން ޝީޝާބޮމުން ދިވެހީން ކޮފީމޭޒު ދޮށުގައި ހެމުން ސަކަރާތްޖަހަމުން ހޫތީންނަށް ބަދުބަަސް ބުނަނީ..އަޅެ މުސްލިމުންނަށް މިތިބީ ކިހިނެތްވެފާތަ؟ އުންމަތުގެ ހައްގުގަ އަތެއް އުފުލެން ނެތްއިރު ބަހެއްވެސް މިބުނަނީ ހަމައެކަނި ޖާނު ޤުރުބާންކުރަމުންދާ ފަރާތްތަކަށް ލައުނަތް ދިނުމުގައި..ހިތާމައިގެ ކޮޅެއްވެސްނެތް..
raajje
17 March 2025
ހޫތީންބުނަނީ އަމާޒުކޮށް 18 މިސައިލާއި ޑްރޯނެއް ފޮނުވާލާފައިވާކަމަށް، މިތަކެއްޗަށްވީކިހިނެއް؟ އަމާޒުވިތަ؟ ބުނެއުޅޭ ބަސްމަދުކުރާށޭ އަމަލުގިނަކުރަށޭ، އަދި ކަންވެނަން "ނުވިޔަސް" ކަންނުވެ ނަންނުވާށޭ! ކީއްކުރަންހޭ ކޮށްޓަކޮށްޓާ ތިޔަތިބެނީ، އެމެރިކާއާހަނގުރާމަކޮށްބަލިކޮށް ކަންކަން ހަމަމަގަށްއަޅުވަންވީނުން؟
ބާއްޖެ
17 March 2025
އެމެރިކާއިން ކޮންޓަނީ ކީއްކުރަންތަ؟ އެއީނޫންތަ ސްޕަރޕަވަރ. ކެކެކެކެ. މަޑުކޮށްބަލަ އަދި ވިއެއޓްނާޟް ހަނގުރާމަ ވެސް ހިމެނޭގޮތައް ހަނގުރާމަ އަކުން އެމެރިކާމީހުން މޮޅެއް ނުވޭދޯ؟ އަފްއާނިސްތާނުންވެސް ކަމެއްނެވެ އެތައް ޓްރިލިއަން ޑޮލަރެއް ބުރުވާފަ ފޭބީއޭ ކިޔައި އަޑު އިވޭ. ރަނގަޅަށް ހުރި ތަންތަން ހަލާކުކޮށްލަން އެމެރިކާ ވަރަށް ފައްކާވާނެ
ގޮސްހޭ
18 March 2025
އަމާޒައްވާސިލުވިޔަސް އަދި ބަޔަކު މަރުވިޔަސް އެމަރިކާ އަދި އިސްރާއީލަކީ ވަގުޖަހާ ފޮރުވާބައެއް
މުޙައްމަދު ޒަހީން
21 August 2025
"ނަންނުވެ ކަން ވިއަސް، ކަންނުވެ ނަންނުވާށޭ!"
ސަންއާ
17 March 2025
ސާބަހޭ ޔަމަން، އެމެރިކާގެ މަނަވަރުތައް ފައްތާލާ ގެޔަށް ފޮނުވާލާ، ޔަމަނަށް ހަމަލާދޭއއިރު، އެމެރިކާއަށް ތޫފާންއަރާ އެއްވަރަކަށް މީހުން މަރުވެއްޖެ. ބަދަލު އަންނާނީ އެކިގޮތްގޮތަށް.
އަރ ޔޫ ޝުއަރ
17 March 2025
މީ ކޮންތާކުން ހޯދި ޚަބަރެއް. މިވަރު ކަމެއް ވިއްޔާ ބައިނަލް އަޤްވާމީ ނިވްސް ޗެނަލްތަކުން ރިޕޯރޓް ކުރާނެ. ނެތް ކޮއްފައެއް
ލެއްގިކޮމިޝަނަރ
17 March 2025
ހޫތީންނަކީވެސް އިރާނުފަދައިން މޮޅެތި ވާހަކަ ދައްކައިގެން އަގައިން ހިފަހައްޓާބައެއް. ތިމީހުންގެ ކިބާގައި ނުހުންނާނެ އެމެރިކާ މަނަވަރުކައިރީ ލައިޓަރެއް ގޮއްވާލެވޭ ފެންވަރުވެސް. ތިހެން ފޮނިކަނޑަނިކޮށް ޓުރަންޕްބޭ އައިސް ކަލޭމެންގެ ވެރިކަން މުލުންލުހެލާތަން ފެންނާނީ.
ނޫން
17 March 2025
ތަންކޮޅެއް ރަނގަޅައް ހަބަރުބަލާނަމަ އެގުނީސް މީގެކުރިން ޔޫއެސް އަބްރަހަމް ލިންކޮން އެއަރކްރާފްޓު ކެރިއަރ ،އެމަރިކާގެ ވަރޝިޕް،އަދި އިނގިރޭސީންގެ ޑިސްޓްރޯޔަރ އަށްވެސް މިސައިލުގެ އެތިފަހަރުތަކެއް ހޫތީން އަރުވާފައިވޭ އެކަމަކު ތިކިޔަނީ ލައިޓަރެއްގޮއްވަން ނުކެރެޔޯ ނިކަން ބަލާބަލަ 2000 ކިލޯމީޓަރު ދުރުން ހައިޕަސޯނިކު މިސައިލް އިސްރާއީލުގެ ވެރިރަށައްއެރުވިތަން ނެތެންޔާހޫއަށް ކޮން ކަމެއްކޮށްލެވުނީ
ލެއްގި މޮޔަބޭ
17 March 2025
ލެއްގިކޮމިޝަނަރ ނަމުން ކޮމެންޓުކުރާ މޮޔަ މަންމަން މީހާ އަކީ ޔަހޫދީންނާއި އެމަރިކާއަށް ތާއިދުކުރާ މޮޔައެއް .އެކަން އެނގޭނެ އޭނަކުރާ ކޮމެންޓުތަކުންވެސް އަބަދުވެސް އީރާނާ ޖައްސާފައިންނަ ބުރާންތިއެއް
މަބުނީ
17 March 2025
ލޯތަކައް ނުފެންނަނީކީ ނޫނޭ ކަނުވެފާވަނީ އެމީހުން ހިތް ތަކޭ. ޓުރަންޕު ފަހަތުން ކިތައްމެ ވަރެއް ދައްކާފަ ރައްކާތެރިކަން ހޯދަން އުޅުނަސް ފިންޏާ ދިމާލަކައް ނުދެވޭނެ. ހަހަ ބޮޑު ފިނޑި
ޛޖޖޖ
17 March 2025
މީގެ ކުރިިންވެސް ވަނީ އެމެރިކާ މަނަވަރުތައް ފައްސާފައި. އަދިވެސް ކުރާނެ. އެސަަރަހައްދުގެ ދަތުރުފަތުރަށް ބުރޫއަރަނީކީ ނޫން. ސަހުޔޫނީންނަށް ދާ އެއްޗިއްސަށް ބުރޫއަރަނީ