17 މާޗް 2025 - 13:33
ރޯދަ މަހަށް ހާއްސަކޮށްގެން ދިރާގުން ކުރިއަށް ގެންދާ ހާއްސަ އޮފާތަކުގެ ތެރެއިން ދިރާގު އެޕް މެދުވެރިކޮށް މެޖިކް ޑޭޓާ އެކްޓިވޭޓްކުރާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 10ޖީބީއާ ހަމައަށް ހިލޭ ޑޭޓާ ލިބޭނެ އެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ 100ޖީބީ ޑޭޓާ ޕެކް، މަންތުލީ އަދި ސަޅި އެޑް-އޮންތަކަކީ މިހާރު ވެސް ކަސްޓަމަރުންގެ މެދުގައި މަގުބޫލު ޑޭޓާ ޕެކްތަކެއް ކަމަށެވެ. އަދި އެ ޕެކްތައް ރޯދަ މަހު އެކްޓިވޭޓް ކުރުމުން މިހާރު ކުރިއަށްދާ އޮފާއާ އެކު ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ބުންޏެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ އެޑްއޮންތައް ފަރުމާކޮށްފައި ވަނީ ސްޓްރީމް ކުރުމަށާއި ބްރައުސް ކުރުމަށް ނުވަތަ ގާތް ފަރާތްތަކާ ގުޅުން ބަދަހިކުރުމަށް ސޯޝަލް މީޑިއާ ބޭނުން ކުރުން ފަދަ ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، އެ ކަންކަމަށް ހާއްސަކޮށްގެން ކަމަށެވެ.
ދިރާގު އެޕް މެދުވެރިކޮށް ލިބޭ މެޖިކް ޑޭޓާ އޮފާ އަކީ ދިރާގު އެޕް މެދުވެރި ކޮންމެ ޕްރިޕެއިޑް ކަސްޓަމަރަކަށް ވެސް ފަސޭހައިން ލިބެން އޮތް އޮފާއެކެވެ.
ދިރާގުން ރޯދަ މަހަށް ހާއްސަކޮށް މިފަދަ ތަފާތު އޮފާތައް ދަނީ ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy