ޑީޕޯޓުކުރި ތިން އަންހެނުން.
17 މާޗް 2025 - 20:37
ރާއްޖޭގައި ވޯކް ވިސާގައި އުޅެމުންދިޔަ ދެ އަންހެނަކު ފުޅާދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދާ މައްސަލައަކާ ގުޅިގެން ޑީޕޯޓުކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކުރީ ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާ މައްސަލައެއްގައި ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރި ވިއެޓްނާމުގެ 44 އަހަރުގެ އަންހެނަކާއި އެ ގައުމުގެ 38 އަހަރުގެ އަންހެން މީހާ މިހާރު ވަނީ ޑީޕޯޓުކޮށްފަ އެވެ.
އެ މައްސަލާގައި ދެން ހައްޔަރުކުރި ލާއޯސްގެ 37 އަހަރުގެ އަންހެނެކެވެ. އެ މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ހަށިވިއްކުމުގެ ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މީގެ ކުރިން ހިންގި ހާއްސަ އިންސްޕެކްޝަންތަކެއްގައި ވެސް ވަނީ ބަޔަކު ހައްޔަރުކޮށް ޑީޕޯޓުކޮށްފަ އެވެ.
ރާއްޖޭގައި ވޯކް ވިސާގައި އުޅެމުންދިއަ 3 ބިދޭސީ އަންހެނަކު ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ މައްސަލައަކާއި ގުޅިގެން އިމިގްރޭޝަނާއި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި 3 މީހުން ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި. މީގެތެރެއިން 02 މީހަކު މިހާރު… pic.twitter.com/lB1j1Sh4gL
— Maldives Immigration (@ImmigrationMV) March 17, 2025
ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހުއްޓުވަން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި، އެކި މައްސަލަތަކުގައި މިހާތަނަށް 5،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥަލީދު.
18 March 2025
ރާއްޖޭގަ އެބަތިބި ދިވެހިން އަންހެނުން ތިޔައެއްޗެއް ވިއްކާ ތީމިހާރު އާކަމެއްނޫން
ވިއްކީ
18 March 2025
ކިތައްމެވަރަކަށް ބަޔަކު އެއްޗެއް ވިއްކަން އުޅުނަސް ގަންނާނެ ބަޔަކުނެތީސް ނުވިއްކޭނެ، ހަށިވިއްކި މީހުނާއެކު ހަށިގަތްމީހުން ކޮއްމެވެސް ދިމާލަކަށް ބޭރުނުކޮށް ތިޔަމައްސަލަ ހައްލުވާނަމަ މިހާރު އޮންނާނީ ހައްލުވެފަ! އެހެންކަމުން ހަށިގަންނަ މީހުނަށް އެކަށިގެންވާ ފިއަވަޅެއް ނާޅާނަމަ ޕޮލިހާއި އިމިގްރޭޝަނުން ތިކުރަމުންދާ މަސައްކަތަކީ ފޫނެތްފަޔަށް ފެންފުރުން ކަހަލަކަމެއް.!
އިއްލި
18 March 2025
ވޯކު ވިސާގަ ގެނެއްސަ އެމީހުން ދޫކުރިމީހުން ކޮބާ؟ ވިސާ ޖައްސައިގެން ގެނެއްސަ މީހުން ގަސްތުގަ ދޫކޮށްލާ އެބަ މިކަހަލަ ކަންކަމަށް. ދެން ރިޕޯޓު ކުރާނީ ފިލައިފިޔޭ. އެކަމު އެގެންނަ މީހުންނަށް ބަރާބަރަށް ކަޓުލިބޭނެ
އާމިނަތު1
18 March 2025
އިންސްޕެކްޝަން ހަދާކަށް ނުޖެހޭނެ، ޓިކްޓޮކްގަ ނަންބަރާ އެކީ އިސްތިހާރު ކޮށްލަނީ އެޔޮއް
އިބަރަތް
18 March 2025
ކޮބާ ނަމާއި ދާއިމީ އެޑްރެސް ވަކި އަތޮޅެއްގެ ބައެއް ނަމަ މުޅި ރާއްޖެއަށް ނޫސް ތަކުގަ ޖަހާ ފަލީހަތް ކުރީސް.
އަހުސަން ފަލީީ
17 March 2025
އެމީހުންނަށް ވޯކް ވިސާނަގާފައި އޮތް ކުންފުނީގެ ނަން ޝެޔަރ ކޮއްލަދީބަލަ ކޮންމެސް ބޭފުޅަކު
އަބްޑޫޅް +
17 March 2025
ޑިޕޯޓު ކުރީ: ހޫމް، މިފަހަރު، ކޮނޑުގަ އަޅާ، ގަޅުވާލާފަ، ޑިޕޯޓު ކޮށްލީކީ ނޫން ދޯ؟
ކުރިޅޮ
17 March 2025
ހަމަ ޑީޕޯޓު ތަ ތި ކޮށްލަނީ އެފަދަ ކުށެއް ކުރީމަވެސް. އެހެން ހަރުކަށި އަދަބެއް ނެތް ތަ. 3 މަސް ހަށިވިއްކާފަ ގައުމަށް
ބަޔާސް
17 March 2025
ކޮބާ ގަތް މީހުން؟
ޑރ ވާންޗޯ
17 March 2025
މަސައްކަތު ވިސާގަތިބެ މަސައްކަތް ދޯއެކުރީ؟.