އޭސީސީގެ ރައީސް އާދަމް ޝާމިލް.
17 މާޗް 2025 - 21:21
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލް، މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ދޮގު މައުލޫމާތު ހިމެނި ކަމަށް ތުހުމަތު ކުރައްވައި، އެ ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، އެ ކޮމިޝަނަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ.
އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ކޯޓުން އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ މިދިޔަ މަހުގެ 26 ގަ އެވެ.
ނަމަވެސް، ފަނޑިޔާރުންނާ ގުޅޭގޮތުން އޭސީސީން ބަލަނީ ކޮން މައްސަލައެއް ކަމެއް މިހާތަނަކަށް ނުބުނެ އެވެ.
އެ މައްސަލާގައި ކޮމިޝަނުގެ ރައީސް ޝާމިލަށް އަޒްމިރަލްދާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އޭނާ އެކަހެރިކުރިއަސް އޭނާގެ މައްޗަށް އެއްވެސް ތުހުމަތެއްގައި އެއްވެސް މައްސަލައެއް ބަލާކަން އޭސީސީން އަންގާފައިނުވާ ކަމަށެވެ.
މިދިޔަ މަހުގެ 26 ގައި އޭސީސީން ފަނޑިޔާރުންގެ މައްސަލަ ބަލާ ކަމަށް ބުނެ ސިޓީ ފޮނުވާފައިވަނީ ވެސް އިޖުރާއަތުތަކާ އުސޫލުތަކުގެ ބޭރުންކަމަށް މީޑިއާތަކުގައި އާއްމުވެފައިވާ މައުލޫމާތުތަކުން ގަބޫލުކުރެވޭ ކަމަށް ވިދާޅުވެފައިވެ އެވެ.
އެހެންވެ، މައްސަލަ ބަލައިދޭން އޭސީސީގައި އެދުނުއިރު އެ މައްސަލަ ރަޖިސްޓްރީ ކުރިކަން ވަނީ އަޒްމިރަލްދާގެ ވަކީލުންނަށް އެ ކޮމިޝަނުން އަންގައިފަ އެވެ.
އަޒްމިރަލްދާގެ ސިޓީގައި ފާހަގަކުރި މައިގަނޑު ކަންތައްތަކުގެ ތެެރޭގައި ހިމެނެނީ އޭސީސީން ޖޭއެސްސީއަށް ސިޓީ ފޮނުވާފައިވަނީ އާއްމު އުސޫލާ ހިލާފަށް ޖެމްސް މެދުވެރިކޮށް ނޫންކަމާއި އަތުން އަތަށް ސިޓީ ފޮނުވައިގެންކަމާއި އޭސީސީން ފޮނުވި ސިޓީގައި ސިޓީ ނަމްބަރެއް ނެތްކަމާއި އޭސީސީން އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާކަމަށް ސިޓީއަކުން ޖޭއެސްސީއަށް އެންގިއިރު އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަން އޭސީސީން ނިންމާފައިނުވުމެވެ. އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ކުށުގެ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ބުނެ ޝާމިލް ޖޭއެސްސީއަށް ދީފައިވަނީ ދޮގު މައުލޫމާތު ކަމަށް ވިދާޅުވެ އެވެ.
އަޒްމިރަލްދާ ތުހުމަތުކުރެއްވި ގޮތުގައި ޝާމިލް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ފޮނުވި ސިޓީއަކީ، ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި އޮތް ޝަރީއަތެއް ހުއްޓާލައި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވަން ކޮށްފައިވާ ކަމެކެވެ.
އެއީ ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، އެކަމުގައި ތިމާއަށް އަދި މަންފާ ލިބެންނުޖެހޭ ފަރާތަށް މަންފާ ހޯދައިދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމަކަށް ވާތީ ޖިނާއީ ކުށުގެ އެ އަމަލު އަވަހަށް ތަހުގީގުކޮށްދިނުމަށް އަޒްމިރަލްދާ އެދިވަޑައިގެންފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބދބޱބޱބދ
18 March 2025
ތިމައްސަލަ ނިމޭނީ ޝާމިލް ހުދު ފޮތިކޮޅަކަށްވެ ސާފުތާހިރުވެގެން. ބަލަންތިބޭ… ހެހެހެހެހެ
މަގޭބަހެކެ
18 March 2025
ޝާމިލް ތިތާ ހުރެގެން ތިމައްސަލަ ކިހިނެއް ތިތަނުން ބަލާނީ. އެބޭފުޅާގެ ނުފޫޒު ނެތި ދާނެ އެއްވެސް ގޮތެއް ތިކަމުގައި އޮންނާނެބާ. ނޯންނާނެ. ދެން ރަނގަޅުވާނީ ރައީސް އޮފީހުން ތިމައްސަލަ ބެލިއްޔާ. ދެން އެހެން ނޫނަސް އޭސީސީއަކީ މައްސަލަ ބަލާ ތަނެއްވެސް ނޫން. މައްސަލަތައް ބަހައްޓައިގެން ތިބޭބައެއްތީ. ތިމައްސަލަވެސް އޮވެދާނެތާ.
ހިޔަލަބޭ
18 March 2025
އދ އިން ބަލައިގަތީކަމަށް މަ ހީކުރީ
ސުންދުސް
18 March 2025
ޑރ. އަޒްމިރަލްދާ އާއި އުސްތާޛު ހުސުން އަލް ސުއޫދު އަކީ ފާޑުފާޑަށް ކުޅެވޭނެ ކަހަލަ މީހުންނެއް ނޫން. ޝާމިލް ބޮނޑިބޮއިފަ ތިއޮތީ. ދެން ރައީސްއަށް ޖެހިވަޑައިގަންނަވާނީ މިކަމުގެ ހޫނުގައި ޝާމިލް ވަކިކުރައްވަން. އެހެންނޫނީ މައްސަލަތައް ދާނީ ގޯހުން ގޯހަށް. ޕްރެޝަރު ދާނީ އިތުރުވަމުން.
ބުންސް
18 March 2025
ނިމޭތަން ބަލަން ތިބޭތި. ޝާމިލު މެންގެ ވިސްނުން، ބުއްދިވެރިކަން ފެންނާނެ.
123321
18 March 2025
އަފީފު ދީދީ ތި ޕްރޮމޯޓްކުރާ މޮޅު ފަނޑިޔާރު، ހުސްނު އައް ސުއޫދު ކަނޑައެޅިގެން ނުބައިކޮށް ހުކުމްކުރީ ޔާމީން ގެ ކެންޑިޑޭސީ ކޭސްގަ، ކްރިމިނަލް މައްސަލައެއްގަ ކަނޑައަޅާފަ އޮތް އަދަބެއް، މޮޅު ފަނޑިޔާރު ސާބިތުދަރަންޏެއްކަމައް ހުކުމްކުރީމަ އޭނަގެ އިލްމީގާބިލު ކަންހުރިވަރު އަހަރެމެނައް އެގިއްޖެ
ކަހެރުވައް
17 March 2025
ހޫނ. ރަށުތެރޭގަ ދެބޯގެރި ދުއްވަން ފެއްޓީ އަނެއްކާ. ދުވަސްކޮޅަކުން ގެރިއަށް ވީގޮތެއް ދެނެހުރި އެކަކުވެސް ނުހުންނާނެ. .
އޮނަރަބްލް އަފީފު ދީދީ
17 March 2025
ރައީސުލް ޖުމްހޫރިއްޔާ އާއި ދައުލަތުގެ ބަންޑާރަ ނައިބް، ރައްޔިތުންގެ މަޖިލީހާއި، އެކޮމިޝަނެއްގައި 10 މެންބަރުން ތިއްބަވާއިރު ރައީސުލް ޖުމްހޫރީއްޔާގެ ބާރު ހިގާގޮތަށް ތިއްބެވި 5 މެންބަރުން ގުޅިވަޑައިގެން ޖޭއެސްސީގެ ފަރާތުން ސުޕްރީމްކޯޓްގައި ހިގަމުންދިޔަ ސަރުކާރުގެ މަސްލަޙަތުއޮތް ޝަރީއަތަކަށް ނުފޫޒުފޯރުވުމަށްޓަކާ، ތިޔަކަމެއް ތިހެންކޮށްފައިވާކަން ދޭހަވާގޮތަށް ރައީސަށާއި ޖޭއެސްސީއަށް ސިޓީހުށަހަޅާ ފަނޑިޔާރު ހުސްނު އަލް ސުޢޫދު އިސްތިޢުފާވެސް ދެއްވައިފި.
އޮނަރަބްލް އަފީފު ދީދީ
17 March 2025
ސުޕްރީމްކޯޓް ބެންޗް ކޮށާލަން ބޭނުންވެފައިތިބި ބަޔަކު މަޖިލިސް ތެރޭގައިތިބެގެން "ރައީސަށް ހެޔޮއެދޭތީ ކުރާކަމެއްކަމަށް ދައްކައިގެން" އެމީހުންގެ މަސްލަޙަތަށްޓަކާ ކުރާންއުޅުނު މަސައްކަތުގައި ސުޕްރީމްކޯޓުން ބޭރުކޮށްލާން އުޅުނު ފަނޑިޔާރުންގެތެރޭގައި "މިމީހުނަށް އެމީހަކާއި ނުކުޅެވޭވަރު ފަނޑިޔާރަކު އިންނެވިކަން" ވިސްނިފައެއްނެތް. ހީކުރިބަޔަކު ހީކުރީ އޭނާއަކީ ޑރ މުނައްވަރު ފަދަ ހިމޭން މީހެއްކަމަށް. މިހާރު މިސަކަރާތް ނުޖެހުނުނަމެއޭ އެމީހުންގެ ހިތަށްއަރާނެ.
ވސލމ
17 March 2025
ވާނުވާގެ ހިލަމެެއްވެސް ނުވާ އިރު ދޮށީ އުމުރުގެ މީހަކުނަމަ ތިޔަ ދެއްކެނީ އަމިއްލަ ނަފްސާނީ ހާލަތު ހުރި ހިސާބު.