އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި މީގެ ކުރިން ބޭއްވި ޖަލްސާގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
10 މާޗް 2025 - 17:16
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ޖިނާއީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނީ އޭސީސީގެ ރައީސް އާދަމް ޝާމިލް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ދޮގު މައުލޫމާތު ހިމަނައިގެން ކަމަށް ވިދާޅުވެ، ޝާމިލްގެ މައްސަލަ، އެ ފަނޑިޔާރުންގެ ތެރެއިން ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު ހުށަހަޅުއްވައިފި އެވެ.
އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ސުޕްރީމް ކޯޓުން މި ފަހުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑުކޮށްފަ އެވެ.
ނަމަވެސް، ފަނޑިޔާރުންނާ ގުޅޭގޮތުން އޭސީސީން ބަލަނީ ކޮން މައްސަލައެއް ކަމެއް މިހާތަނަކަށް ނުބުނެ އެވެ.
އެ ކޮމިޝަންގެ ރައީސް ޝާމިލްއަށް ފޮނުވި ސިޓީގައި އަޒްމިރަލްދާ ވިދާޅުވީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އޭނާ އެކަހެރިކުރިއަސް އޭނާގެ މައްޗަށް އެއްވެސް ތުހުމަތެއްގައި އެއްވެސް މައްސަލައެއް ބަލާކަން އޭސީސީން އަންގާފައިނުވާ ކަމަށެވެ. އަދި މިދިޔަ މަހުގެ 26 ގައި އޭސީސީން ފަނޑިޔާރުންގެ މައްސަލަ ބަލާ ކަމަށް ބުނެ ސިޓީ ފޮނުވާފައިވަނީ ވެސް އިޖުރާއަތުތަކާ އުސޫލުތަކުގެ ބޭރުންކަމަށް މީޑިއާތަކުގައި އާއްމުވެފައިވާ މައުލޫމާތުތަކުން ގަބޫލުކުރެވޭ ކަމަށް ބުނެފައިވެ އެވެ.
އެގޮތަށް މައިގަނޑު ފަސް ކަމެއް އަޒްމިރަލްދާގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ. އެއީ؛
- އޭސީސީން ޖޭއެސްސީއަށް ސިޓީ ފޮނުވާފައިވަނީ އާއްމު އުސޫލާ ހިލާފަށް ޖެމްސް މެދުވެރިކޮށް ނޫންކަމާއި އަތުން އަތަށް ސިޓީ ފޮނުވައިގެންކަން
- އޭސީސީން ފޮނުވި ސިޓީގައި ސިޓީ ނަމްބަރެއް ނެތްކަން
- އޭސީސީން އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާކަމަށް ސިޓީއަކުން ޖޭއެސްސީއަށް އެންގިއިރު އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަން އޭސީސީން ނިންމާފައިނުވާކަން
- އޭސީސީގެ އިޖުރާއަތްތައް ތަރުތީބުވެފައިވާ ގޮތުން އަޒްމިރަލްދާއާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ތަހުގީގެއް އެ ކޮމިޝަނުން މިހާތަނަށް ވެސް ފަށާފައިނުވާކަމާއި މާޗް 4، 2025 އާ ހަމައަށް ވެސް މައްސަލަ އޮތީ އިވެލުއޭޝަން ނުވަތަ ޕްރީ އިންވެސްޓިގޭޝަން ސްޓޭޖުގައިކަން އަދި އެއީ ތަހުގީގުކުރުމަށް ފެށުމުގެ ކުރިން މައުލޫމާތު އެއްކުރުމުގެ މަރުހަލާކަން
- އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ކުށުގެ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ބުނެ ޝާމިލް ޖޭއެސްސީއަށް ދީފައިވަނީ ދޮގު މައުލޫމާތެއްކަން
އަޒްމިރަލްދާ ތުހުމަތުކުރެއްވި ގޮތުގައި ޝާމިލް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ފޮނުވި ސިޓީއަކީ، ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި އޮތް ޝަރީއަތެއް ހުއްޓާލައި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވަން ކޮށްފައިވާ ކަމެކެވެ.
"އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް އެންޓި ކޮރަޕްޝަން ކޮމިޝަންގެ އާއްމު އިޖުރާއަތުތަކާ ހިލާފުވެ މަގާމުގެ ނުފޫޒު ނާޖާއިޒުގޮތުގައި ބޭނުންކުރައްވައި ސުޕްރީމް ކޯޓުގެ ޝަރީއަތެއް ހުއްޓާލައި ފަނޑިޔާރުން ސަސްޕެންޑުކުރުމަށް ސިޓީ ފޮނުއްވާފައިވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދެވުމަށް މައްސަލަ ރައްދުވާ އެޓާނީ ޖެނެރަލްގެ ފަރާތުން ބޭނުންވާތީ އެ މަގުސަދު ހާސިލްކޮށްދިނުމަށާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތެއް ކަމަށް އެ ކޮމިޝަންގެ ގާނޫނަށް ގެނެވުނު ތިން ވަނަ އިސްލާހުގައި ކަނޑައަޅާފައިވާތީ އަމިއްލަ މަގާމު ދިފާއުުކުރުމުގެ މަސްހަލަތުކަމުގައި ވެސް ދެކެމެވެ،" އެ ސިޓީގައިވެ އެވެ.
އެ ކަންކަމަކީ ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، އެކަމުގައި ތިމާއަށް އަދި މަންފާ ލިބެންނުޖެހޭ ފަރާތަށް މަންފާ ހޯދައިދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމަކަށް ވާތީ ޖިނާއީ ކުށުގެ އެ އަމަލު އަވަހަށް ތަހުގީގުކޮށްދިނުމަށް އަޒްމިރަލްދާ ވަނީ އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
11 March 2025
މަށަށް ވަރަށް ޔަގީން އޭސީސީ ވަކީ ކޮރަޕްޓުވެފައިކަން..
މުއައްސަސާތައް
11 March 2025
ގާނޫނުގައި ބުނާގޮތަށް ހިންޖެހޭ ސަރުކާރުގެ އޮފީސްތައް، ރައްޔިތުންހޮވާ ރައީސުލް ޖުުމްހޫރިއްޔާ ހިތަށްއެރިހާގޮތަކަށް ހިންގަންޖެހޭކަމަށް ވަޒީފާއެއްގެ ބޭނުމުގައި ބައެއްމީހުނަށް ހީވާނަމަ އެފަދަމީހުން ވަޒީފާއިން ވަކިކުރެވޭނެ ފަސޭހަ އުސޫލެއް ގާއިމުކުރަން އެބަޖެހޭ.
ކިއްލި
11 March 2025
ކަނބަލުންނޭ ކޮޅެއްގާ ޖައްސާފާނޫނީ ހިންދަމާނުލާތި. ހަމަ މީހަކު ހެދިހާ ގޮތެއް ހެދިގެން ނުހުންނާތި. މަތީމަގާމަކަށްލާފާ ތިއްބަސް އެއީ ހަމަ ކިރުތުނބުން ނުނެއްޓޭވަރުގެ ބޯގަޅިކުދިން.
އިމްހީ
11 March 2025
ހެހެހެ އަމިއްލަ މަސްލަހަތު އަމިއްލައަށް ބެލޭތަ؟ ފިރިމީހާ މަސާޖުޕާލާއަކުން ހައްޔަރުކުރީމާ ދެންތީ ބޮޑުވަރު. ތިހާ އިއްޒަތްތެރި ބޭފުޅުން މަސާޖްޕާލާތަކުގައި ތިއްބަވަނީ ކީއްކުރަން. އަދި ފުލުހުން ވަނުމުންވެސް ފެންނަންޖެހޭތަ. މިކަމުގައި ފުލުހުންވެސް ގޯސްވާނެ. ކުރީ ސަރުކާރުގައި ރޯޔަލް ސަފާރީ ރޭޕްވެސް ހިނގާފައިވޭ. ލަދެއް ހަޔާތެއްނެތް. އެހެން ގައުމެއްގައިނަމަ މިހާރު އިސްތިއުފާވެސް ދޭނެ.
ދިދަދަނޑި
11 March 2025
ތި އެންޓިކޮރަޕްޝަން ކޮމެޓީއަކީ މިހާރު ރާއްޖޭގައިހުރި އެންމެ ކޮރަޕްޓްތަން. ތިތަނުގެ ރައީސަކީ ސީދ ވ ފޮރުވަދޭ މީހެއް.
ތުރާކުނު
11 March 2025
މިރާއްޖޭގަ އޮތް އެންމެބޮޑު ކޮރޮޕްޝަންގެ ހާއްޔަކީ ތިތަން، ތިތަން ހިންގާ ގޮތް ބެރުން ބަޔަކު ވަދެ މިހާރުވެސް އޮޑިޓް ކޮށް ބަލާބަލަ، މައްސަލަ ބެލުމުގައި ހަމަހަމަ ކަމެއް ނެތް، ކޮމިޝަންގެ މެންބަރުން ހިތާވާ މީހެއްގެ މައްސަލަ ބެލިޔަކަ ނުދޭ، ތިޔަ މީހަކު މުޅި މުއައްސަސާގެ ހުރިހާ ދިމާއެއްގައި ޑިކްޓޭޓަރެއްހެން އައްއަޅާގެން، އެސީސީން އެތަން މިލިޔަން ރުފިޔާއެއްގެ ހިޔާނާތް ވެގެންދިޔައިރު ވެސް ތިޔަ ރައީސް އެތަނުގައި، އޭނަޔަށް ފިޔަވަޅެއް ނާޅާ،
ކިމމ
11 March 2025
ތި ސިޓީ ޖެހޭނީ މަޖްލިސްއަށް ނޫންތަ ފޮނުވަން. އޭސީސީން ކީއްކުރާނީ ވަކި. މަޖިލިސްއަށް ދޯ ވަކިކުރިޔަސްކުރެވޭނީ
މައިހޯ
11 March 2025
ވަކިކުރާކަށްނޫން ފޮނުވީ ލިޔެފައި ހުންނަ އެއްޗެއް ބެލުމެއްވެސް ނެތްދޯ ކޮމެންޓް ކުރާއިރު
މިނިވަން ތަ ނޫނީ ވަންމޭން ތަ
11 March 2025
މިނިވަން މުއައްސަސާތަށް ހިންގަން އިސްކޮށްތިބޭ ދެމީހުންނަކީ ރައީސް އައްޔަންކުރާ ބައެއްގެ ގޮތުގަ ކަނޑައެޅި ހިސާބުން މިނިވަންކަން އެއޮތީ ގެއްލިފަ . ތިހުރިހާ ސޯ-ކޯލްޑް މިނިވަން މުއައްސަސާތަކަކީ މިހާރު އެގްޒެކެޓިވް ބްރާންޗް ބޭނުންވާ ކޮންމެގޮތަކަށް އެތަންތަނުން ކަންތައް ކުރާގޮތަށް ބަދަލުވެފައިވާ ޕަޕެޓް މުއައްސަސާތައް
އަ ސިޓިޒަން
11 March 2025
އައި ރިއަލީ ސެލިޔުޓް އުސްތާޜާ ޢަޒުމިރަލްދާ! ބާތިލު ދެމިއޮންނާނީ ހިނދުކޮޅަކަށެވެ. ޙައްގު ދެމިއޮންނަނީ އަބަދަށެވެ."މައުމޫން". އިންޗިއެއް ވެސް ދޫ ނުދެއްވާތި! ވާން ކުރައްވާފަައި ބަހަށްޓަވާ! އިރާދަކުރެއްވިއްޔާ ވިން ވާނެ!
ސުމެއް
11 March 2025
ޝާމިލް ތީ މަގާމު ގެއްލިދާނެތީ އުޅޭ .