06 އެޕްރީލް 2025 - 10:57
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން ވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ތުހުމަތުކޮށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަނީ ކޮން މައްސަލައެއް ކަން ހާމަކުރަން އެ ކޮމިޝަނުން އިންކާރުކޮށްފި އެވެ.
ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ފަށަން ތައްޔާރުވެފައި ވަނިކޮށް، އެންމެ މަތީ ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއް ސުއޫދު މިދިޔަ ފެބްރުއަރީ 26 ވަނަ ދުވަހު ސަސްޕެންޑުކުރީ އޭސީސީން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ.
ނަމަވެސް، މިހާތަނަށް ވެސް އެ ފަނޑިޔާރުންނަށް ކުރާ ތުހުމަތެއް އޭސީސީން ނުބުނެ އެވެ. އަދި އެ ފަނޑިޔާރުންނާ ސުވާލެއް ވެސް ނުކުރެ އެވެ.
އެހެންވެ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ ތަފްސީލުތައް ހޯދަން "މިހާރު" އިން މިދިޔަ މަހުގެ 4 ވަނަ ދުވަހު ވަނީ އެ ކޮމިޝަނަށް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ފަނޑިޔާރުންނަށް ކުރާ ތުހުމަތުތަކާއި އެކަމާ ގުޅިގެން އެ ބޭފުޅުންނާ އެއްވެސް ސުވާލެއް ކޮށްފައިވޭތޯ ބަލަން އެދިފައިވާނެ އެވެ.
އޭސީސީން މިއަދު ދިން ޖަވާބުގައި ބުނީ "ތަހުގީގަށް ހުރަސްއެޅިދާނެތީ" އެދިފައިވާ މައުލޫމާތުތައް ހިއްސާކުރެވެން ނެތް ކަމަށެވެ.
ފަނޑިޔާރުންނަށް ތުހުމަތުކޮށް މައްސަލައެއް ބަލަން ފެށީ އޭސީސީން އިސްވެ ކަމެއް ނުވަތަ އަމިއްލަ ފަރާތަކުން ހުށަހަޅައިގެން ކަމެއް ވެސް މިހާތަނަށް ހާމައެއް ނުކުރެ އެވެ.
އެ ފަނޑިޔާރުންނަށް ކުރާ ތުހުމަތުތަކާ ގުޅިގެން ޖޭއެސްސީއަށް ވަނީ ހާޒިރުކޮށްފަ އެވެ. ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ސުއޫދު އިސްތިއުފާ ދެއްވުމުން އޭނާގެ މައްސަލައެއް ކުރިއަކަށް ނުގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެފައާސާ.
07 April 2025
ސުބުހާނަﷲ ކުރާ ތުހުމަތީވެސް ސިއްރަކީތޯ؟ ދެން ފަނޑިޔާރުންނަށްވެސް ނާންގާ، ސިއްރު ތުހުމަތަށް ބިނާކޮށް ސިއްރުން ހުކުމެއްވެސް ޖަހާލާ.
އަންދަލޫސިޔާ
06 April 2025
ނެތް އެއްޗެއް އުފެއްދީ. މިފަހަރު ރީތިކޮށް އަތަށް ގޮވައިފި! ދެން މަ ހީހީ!
އާސިމްބެ
06 April 2025
ފަނޑިޔާރަކަށް ތުހުމަތުކޮށް ސަސްޕެންޑް ކޮށް ސުޕްރީމްކޯޓް ގެ މައްސަލަތަޢް ހުއްޓުން އެރީމަ އެއީ މާކަންބޮޑުވާންޖެހޭ މައްސަލައެއް.
ރާވެރިބެ
06 April 2025
އުފައްދައިގެން އުޅޭ ‘މައްްސަލަ’ އެއް ވީމަ ދޭނެ ޖަވާބެއް ނޯންނާނެތާ! ހުރިހާ ދިމާލަކުން ކަންކުރްނީ އަންނަ އޯޑަރަށް. ވަޒީފާ އަށް ބިރުން ގާނޫނާ ޙިލާފަށް އަމަލުކުރަނީ. ސަރުކާރު ބަދަލުވީ ދުވަހަކުން ހުރިހާ އެންމެން ޖަވާބުދާރީ ކުރުވާނެ
ގަޓުހުންނަންވާނެ
06 April 2025
ދަންމަދަންމާ ނުތިބެ ބޭނުންވަނީ ވަކިބަޔަކު ވަކިކުރަން ކަމަށްވާނަމަ ވަކިކޮށް ނިންމާލަބަލަ. ދެން އެމީހުން ޙައްޤު ހޯދަން ތަންތަނަށް ދުވެދުވެ ތިބެދާނެނު. ތިހާ ދިއުޅި ދިގުކޮށްގެން ވެރިކަމެއް ނުކުރެވޭނެ. ގަޓު ހުންނަންޖެހޭނެ.
މަ ބުނީ
06 April 2025
އެސިއްރު އޮލިއްޕަހުގައި 2029 ނޮވެމްބަރ 17 ގައި އަޅުވާނެވ! އަދި އޭގެދެވަނަ ޕާރޓު ކުޅޭނީ އެސިއްރުގެ ހަޤީގީ ބަތަލުންގެ ތަހުގީގާއި ދަޢުވާނިމުނީމަ 2030 ގެ fahun ވަރަށް ސަލާމް!
ބޮކިއްޓޭ
06 April 2025
ވަރަށް ބަރާބަރު، ވެރީ ތޭންކިއު.
ޖޭމްސް ކުކީ
06 April 2025
ސުޢޫދު އިސްތިއުފާދިނުމުން ސުޢޫދުގެ މައްސަލަނުބަލައި ދެންތިބި ފަނޑިޔާރުންގެ މައްސަލަތައް ކުރިއަށް ގެންދިއުމުން ދޭހަވަނީ މައްސަލައަކީ މަގާމުގައި ތިބުންކަމެވެ. މަގާމުން އިސްތިއުފާ ދިނުމުން މައްސަލަ ނިމުނީއެވެ. ކޯޓުތަކަށް އަތްނުބާނައި އަތްނޫން ހުރިހާތަނެއް ބާނަނީއެވެ. މިނިވަން މުއައްސަސާތައް އަޅުވެތި މުއައްސަސާތަކަށްބަދަލުވެ ނިމެނީއެވެ. ރައްޔިތުން ބަލަންތިބޭނީ ކިހާދުވަހަކުތޯއެވެ؟
އުފެއްދުމެއް.
06 April 2025
އެއްތުހުމަތެއްވެސް އޮވެގެނެއްނޫން. ހިތަށްއެރީމަ އުފެއްދީ. ދެން މިހެންތާ ބުނެވޭނީ.
ކަނބުލޯ
06 April 2025
އެކަށީގެންވާ ކަމެއް އޮތްނަމަ، އެކަމެއް ރައްޔިތުންނާ ވެސް ހިއްސާކޮށްގެން، ވަކިކުރުމަށް އެކުށް ދައްކަން ވެސް، އެކަން ހާމަކުރޭނެ