ވިޔަފާރި / ޕެންޝަން އޮފީސް

މަސައްކަތުގެ ވައްޓަފާޅި ބަދަލުވެ، ރިޓަޔާކުރަން ބޭނުންވާ އުމުރު މައްޗަށް

18 މާޗް 2025 - 10:28

9 comments

އީޖާދީ ކުރިއެރުންތަކާ އެކު މަސައްކަތުގެ ވެއްޓަށް ދަނީ އިންގިލާބީ ބަދަލުތަކެއް އަންނަމުންނެވެ. މެޑިކަލް ޓެކްނޮލޮޖީ އާއި ރިސާޗްގެ އެހީގައި ސިއްހީ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތަކާ އެކު މީހުންގެ އުމުރު ދިގުވެ މަސައްކަތުގައި ދެމިތިބުމަށް ލިބޭ އުމުރު ވެސް ދަނީ ދިގުވަމުންނެވެ. ޓެކްނޮލޮޖީ އާއި އިނޮވޭޝަން އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން އާ މަސައްކަތްތަކާއި ވަޒީފާގެ ފުރުސަތުތައް ދަނީ ހުޅުވެމުންނެވެ. ހައިސްޕީޑް އިންޓަނެޓާއި، ކްލައުޑް ކޮމްޕިއުޓިން، އަދި ކޮލަބޮރޭޝަން ޓޫލްސްތަކާ އެކު މަސައްކަތުގެ އިންތިޒާމުތަކަށް ވެސް ދަނީ ބޮޑެތި ބަދަލުތައް އަންނަމުންނެވެ.

އެ ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތްތަނުގައި އާމްދަނީ ހޯދުމަށް މީހުން މަސައްކަތްކުރާނެ ގޮތާއި، ރިޓަޔާމަންޓަށް ފަހު ދޮށީ އުމުރު ހޭދަކުރާނެގޮތަށް ބޮޑެތިބަދަލުތައް އަންނާނެ ކަމުގައި ބެލެވެއެވެ.

މަސައްކަތުގެ މައިދާނަށް އަންނަމުންދާ ބައެއް ބަދަލުތައް

ސިނާއީ މަސައްކަތްތަކުން އެދެވޭ ނަތީޖާ ހޯދުމުގައި ޓެކްނޮލޮޖީއާއި އާ އީޖާދުތަކުގެ ދައުރު ބޮޑެވެ. ފާއިތުވި 10 ވަރަކަށް އަހަރުތެރޭ މިފަދަ އީޖާދުތަކުގެ ސްޕީޑް ވަނީ އިންތިހާއަށް ހަލުވިވެފަ އެވެ. އާޓިފިޝަލް އިންޓެލިޖެންސާއި އޮޓޮމޭޝަންގެ ސަބަބުން ބައެއްކަހަލަ މަސައްކަތްތައް އެއްކޮށް އޮޓޮމޭޓްކުރެވި، މަސައްކަތުގެ ސްޕީޑް އަވަސްވެ، ފެންވަރު ރަނގަޅުވުމާއި ހަރަދު ކުޑަވުން ފަދަ ކުރިއެރުންތައް ވަނީ ހޯދިފަ އެވެ.

އޭއައި ޑިވެލޮޕްމަންޓާއި އިންޖިނިއަރިން އަދި ކްރިއޭޓިވް އިންޑަސްޓްރީ ފަދަ އާ މަސައްކަތުގެ ދާއިރާތަކުން ފުރުސަތުތައް ހުޅުވެމުންދާއިރު، އޮޓޮމޭޝަންގެ ސަބަބުން ގިނަ މަސައްކަތްތަކެއް ވަނީ ނެތިގެން ގޮސްފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ސިނާއީ މަސައްކަތްތަކުގައި ތަކުރާރުކޮށް ކުރަންޖެހޭ މަސައްކަތްތައް އޮޓޮމޭޓް ކުރެވި ގިނަ ވަޒީފާގެ ފުރުސަތަކެއް ނެތިގެން ދާނެއެވެ.

ހަލުވި ސްޕީޑުގައި އަންނަމުންދާ މިފަދަ ބަދަލުތަކަށް ހޭނިފައިވާ ވިލުންތެރި ބަޔަކަށްވުމަށް މަސައްކަތްތެރިން އާ ހުނަރުތައް ދަސްކުރުން މުހިންމެވެ.

ހައިސްޕީޑް އިންޓަނެޓާއި، ކްލައުޑް ކޮމްޕިއުޓިން އަދި ކޮލަބަރޭޝަން ޓޫލްސްތަކުގެ އެހީގައި ކޮންމެ ތަނެއްގައި ތިބެގެން ވެސް މަސައްކަތްކުރޭވޭނެ ފުރުސަތު ފަހިވެ، ޒަމާނުއްސުރެ މަސައްކަތްކުރަމުން އައި ގޮތާއި އާދަކާދަތައް ދަނީ ބަދަލުވަމުންނެވެ. މަސައްކަތައް އެކަށޭނަ ގާބިލު މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޯދޭނެ ފުރުސަތު ފަހިވުމާއި، މަސައްކަތްތެރިންނަށް އެމީހުން ހިޔާރުކުރާތަނެއްގައި ތިބެގެން މަސައްކަތް ކުރުމާއި، ޒާތީ ދިރިއުޅުމާއި ވަޒީފާގެ ޒިންމާތައް ފުށުނާރާނެހެން މަސައްކަތުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ފުރުސަތު ވަނީ ފަހިވެގެން ގޮސްފައެވެ. ވަޒީފާ ދޭ ފަރާތްތަކަށް ލިބެން އޮތް މަސައްކަތްތެރިންގެ ޕޫލް ބޮޑުވެ މަސައްކަތް ހޯދަން ބޭނުންވާ މީހުންނަކީ މަސައްކަތަށް އެކަށީގެންވާ ގާބިލު ބަޔަކަށް ވުމަށް އޮންނަ ޕްރެޝާ ވެސް ދަނީ ބޮޑުވަމުންނެވެ.

މިވެއްޓަށް ގާބިލު ބަޔަކަށްވުމަށް މަސައްކަތްތެރިން މެދުނުކެނޑި އުނގެނުމާއި، އީޖާދީ ބަޔަކަށްވުމަށް އޮތް ބޭނުންތެރިކަން ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

ބޭސްވެރިކަމާއި، ރަނގަޅުކާނާ އާއި ދުޅަހެޔޮ ސިއްހީ އާދަތަކުގެ ސަބަބުން މީހުންގެ އުމުރު ދިގުވެ، މަސައްކަތްކަތުގައި ދެމިތިބުމަށް ލިބޭ މުއްދަތުވެސް ދަނީ ދިގުވަމުންނެވެ. ހާއްސަކޮށް ޕްރޮފެޝަނަލް ބައެއް ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ ތެރޭގައި ރިޓަޔާ ކުރާ ރަސްމީ އުމުރު ހަމަވުމަށް ފަހު ވެސް މަސައްކަތުގައި ދެމިތިބުމަށް އެދޭ މީހުން ދަނީ އިތުރުވަމުންނެވެ.

ތަފާތު ބަލިތަކަށް ފަރުވާ ހޯދުމަށާއި ބަލިތަކުން ދިފާއުވުމަށާއި ހިނގާބިނގާވެ އުޅުމަށާއި ދުޅަހެޔޮ ސިއްހީ އާދަތަކަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ފަސޭހައިން ލިބެން ހުރުމާއެކު، މުސްކުޅި އުމުރުގައި އެހެން މީހުންނަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެ، މިނިވަންކަމާ އެކު އުޅުމުގެ ފުރުސަތު ދަނީ އިތުރުވަމުންނެވެ. މިހެންވެ, ރިޓަޔަރަމަންޓް މާނަކުރުމާއި، ރިޓަޔަމަންޓުގައި މީހުންގެ ދިރިއުޅުން ތަޖުރިބާކުރާގޮތް ވެސް ދަނީ ބަދަލުވަމުންނެވެ.

ރިޓަޔާމަންޓަކީ މުސްކުޅި އުމުރުކަމުގައި ދެކި ގޭގައި މަޑުކުރުމުގެ ބަދަލުގައި އަމިއްލަ ވިޔަފާރި ކުރުމާއި ޕެޝަން ޕްރޮޖެކްޓްތައް ހިންގުމާއި ދަތުރުފަތުރުކުރުމާއި ކޮންސަލްޓެންސީ ދިނުމާއި ޕާޓްޓައިމްކޮށް ވަޒީފާއަދާކުރުމާއި އިޖްތިމާއީ ޕްރޮގްރާމުތަކުގައި ބައިވެރިވުން ނުވަތަ އެފަދަ ޕްރޮގްރާމުތައް ހިންގުމުގައި ދޮށީ އުމުރު ހޭދަކުރާ މީހުން ދަނީ އިތުރުވަމުންނެވެ. މިއީ ރާއްޖެ ފަދަ މުސްކުޅިވަމުންދާ އާބާދީއަކަށް ބޭނުންތެރިވެސް ކަމެކެވެ.

މި ބަދަލުތަކާއި އެކު ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ސަބަބުން ފަހިވަމުންދާ ފުރުސަތުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ފަރުދީ އަދި ޕޮލިސީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހެ އެވެ. މިގޮތުން، އާޓިފިޝަލް އިންޓެލިޖެންސް ފަދަ ދާއިރާތަކުން އުފެދެމުން އަންނަ މަސައްކަތުގެ ފުރުސަތުތައް ދެނެގަނެ އެ ރޮނގުތަކުން މީހުން ބިނާކުރުމާއި ވަކި އުމުރެއްގައި ރިޓަޔާކުރުން މަޖުބޫރުކުރުމުގެ ބަދަލުގައި، ދޮށީއުމުރުގެ މީހުންނަށް މަސައްކަތުގައި ދެމިތިބެވޭނެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި އާ ހުނަރުތައް ދަސްކޮށްދިނުމާއި އަޕްސްކިލިން ރީސްކިލިން ޕްރޮގަރާމުތަކާއި ކެރިއާ ގައިޑެންސް ދިނުމާއި އާ ޓެކްނޮލޮޖީތަކަށް އަހުލުވެރިކުރުވުމުގެ ޕްރޮގުރާމުތައް ހިންގުން މުހިންމެވެ. އަދި މަގުމައްޗާއި އާންމު ތަންތަނާއި މަސައްކަތްކުރާ ތަންތަނަކީ ހިނގާބިނގާ އުޅުމުށާއި ފަސޭހައިން ވަދެނިކުމެ އުޅެވޭނެ ތަންތަނަށް ހެދުމަކީ މިހާރުން މިހާރަށް ވެސް ކުރަންޖެހިފައިވާ ކަންކަމެވެ.

މި ކަންކަމަށް މިހާރު ހުރި ޕޮލީސީތަކާއި ޕްރޮގްރާމުތަކުގެ ތެރެއިން ކުރަމުންދާ މަސައްކަތްތައް ބާރަށް ކުރިއަށް ގެންގޮސް ފުރިހަމަކުރުމުގެ އިތުރުން، މިހާތަނަށް ފަށައިނުގަނެވި ހުރިކަންކަމަށް ބޭނުންވާ ޕޮލިސީތައް ހަދައި ގައުމީ އަދި ފަރުދީ ފެންވަރުގައި މަސައްކަތްފެށުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ.

ހާއްސަކޮށް، ރާއްޖޭގެ އާބާދީ މުސްކުޅިވަމުން ދިއުމާއެކު، މިހާރު އޮތް ޑިމޮގްރެފިކް ވިންޑޯ އޮފް އޮޕޮޗުނިޓީގެ ބޭނުން ހިފުމަށް އޮތް ވަގުތު ހިނގަންފަށާފައި ވާތީ މި މަސައްކަތްތައް އަވަސް ކުރުމުގެ މުހިންމުކަން ބޮޑެވެ.

ނޯޓު: މިއީ ޕެންޝަން އޮފީހުގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.

9 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 9%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަހައްނުވިސްނޭ

20 March 2025

މުޖުތަމައުގައި ޒުވާނުން އިތުރަށް ފަހަތަށްޖެހުން ނުންކަމެއް ތިކަމުން ނުވާނެ. ދުނިޔޭގައި މިހާރު ފައިސޯދުމަށް ކުރެވެމުންދާ ގިނަކަންތައްތައް ރާއްޖޭގެ ގިނަބައަކަށް ނުވެސްއެގޭ، އަދި އެކަންތައް ތައާރަފްކުރަން ސަރުކާރާށް ނުވެސްއެގޭ. މިހާރު ތިބިތާތިބެގެން މިލިއަނުން އާމްދަނީ ހޯދުމަކީ ދުނިޢޭގައި ކުރިއަރަމުން އަންނަކަމެއް، މިސަހައްދުގެ ކުޑަކުޑަ ބޫޓާނަކީ ސަރުކާރުގެ އިސްނެގުމުގެމަތިން މިރޮގުން ބޮޑު އާމުދަނީއެއް ހޯދަމުންދާ ގައުމެއް.

The name is already taken The name is available. Register?

ނަރީން

19 March 2025

މިރާއްޖޭގެ އިދާރީ މީހަކު ރިޓަރކުރާނީ ކިހިނެތްތޯއެވެ؟ 30، 40 އަހަރު ސަރުކާރުގެ އިދާރީ މީހަކު އުޅެންޖެހެނީ ދަރައިގެންނެވެ. ލިބެނީ އެންމެ 7000ރ އެވެ. އެފައިސާކޮޅު އަނެއްމަހު މުސާރަ ލިބެންވާއިރަށް ހުސްވުމުގެ ސަބަބުން ކޮންމެވެސް ތާކުން ދަރަން ހޯދަންޖެހެއެވެ. މިރާއްްޖޭގަ ރިޓަރ ކުރުމުން އެއްޗެއް އޮންނާނީ ޓީޗަރުން ނަރުހުން ގާޒީން ސިޔާސީ މީހުން އަތުގައެވެ. އިދާރީ މުވައްޒަފުންނާ ދޭތެރޭ މިވަރަށް އިހުމާލުވި ދައުރުތަކެއް ނާދެއެވެ. ރައީސް ،މައުމޫން ވަރެއްނެތް.

The name is already taken The name is available. Register?

އެކޮއި

19 March 2025

އާބާދީ ޒުވާންކުރަން ސަރުކާރުން އެއްވެސް ފިޔަވަޅެއް އެޅިބާ؟؟ އެކަމަކު މައުމޫނުގެ ވެރިކަމުގައި އާބާދީ ކޮންޓްރޯލްކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއްކުރިތަން އަހަރެމެން ދުށީމު. އޭގޭ ހިތިބޭސް، މިޤައުމު މިހާރު ބޯން ތައްޔާރުވަމުން މިދަނީ

The name is already taken The name is available. Register?

މަވާސަލާމް

18 March 2025

ރާއްޖޭގަ ރިޓަޔަރ ކުރީމަ މީހާ ބިކަވެ ނިކަމެތިވަނީ. ޖެހެނީ ކޮންމެވެސް ތަނެއްގެ ގާރޑަކަށް ހޭލާ އިންނަން. ބޭރު ގައުމު ތަކުގައި ރިޓަޔަރ ކުރީމަ އެމީހަކު އުލޅެނީ އުމުރުގެ ބާކީ ކޮޅު އުފަލުގައި. މިއީ ހިތާމަ ހުރިކަމެއް. އަހަރުމެން މުވައްޒަފުންގެ ލާރިން ސިޔާސީ ހަރަކާތް ހިންގުން ނޫންކަމެއް ނެތް.

The name is already taken The name is available. Register?

ސުޖާތޯ

18 March 2025

ބައްލަވާ އެއީ ދޯ ޕެންޝަން ފަންޑުގެ ބޭނުން!

The name is already taken The name is available. Register?

އެޑްމުންޑޯ

18 March 2025

ރާއްޖޭގެ ރިޓަޔަރ ވާ ފަރާތްތަކަށް މަދުމީހަކަށް މެނުވީ އުމުރުގެ ބާކީ ބައި އުފާވެރިކޮށް އުޅެވޭވަރުގެ އެއްޗެ އް ނުލިބޭ ، މުޅި އުމުރު ސަރުކާރުގެ ޚިދްމަތުގައި ހޭދަކޮށް ރިޓަޔަރ ވީމަ ، ދެންވެސް މިޖެހެނީ ދިރިއުޅުމައްޓަކާ ވަޒީފާއެއް ލިބޭތޯ ބަލަން ، ދުނިޔޭގެ އެހެންގައުމުތަކުގައި ރިޓަޔަރ ވީމާ ގަނޑުކޮށް ލިބޭ ފައިސާއި މަހުންމަހަށާް ލިބޭ ފައިސާ އިން ހިންމަޖައްސާލައިގެން އުފާވެރިކަމާއި އެކު ދިރިއުޅުވޭ ، މިއީ ވިސްނާލަންޖެހޭ މުހިއްމު ކަމެއް ،

The name is already taken The name is available. Register?

ލޯބި

18 March 2025

ވައްޓަފާޅި ބަދަލު ވަނީކީ ނޫން، އެންމެންވެސް އުޅެނީ މަސް ނިމޭއިރު ދެކޮޅު ނުޖެހި، ބޯހިޔާވަހިކަން ކަށަވަރު ކުރަން މަރުދަން ޖެހެނީ، އެއް ކަމެއްގައި ވެސް ޔަޤީން ކަމެއް ނޯވޭ، ހަރަދު ކޮށްފައި އިޤްތިސާދު ކުރާނެ އެއްޗެއް ނޯވޭ، މުއްސަދިންނާއި ފަޤީރުންގެ ފަރަގު އިންތިހާއަށް ބޮޑުވެ ޤައުމު މިއޮތީ ވަކިބައެއްގެ އަތްމަތީ މޮނޮޕަލައިޒް ކޮށްފައި، މިއީ އަދަކު ވާން ފެށި ކަމެއް ނޫން، މީގެ 20 އަހަރު ކުރިން ފެށުނު ކަމެއް.

The name is already taken The name is available. Register?

ފައިރޫ

18 March 2025

ޕެންޝަނަށް ދޭ ހުރިހާ ފައިސާއެއްގެ ހުރިހާ މޮޅެއް އޮތީ ޕެންޝަން އޮފީހަށް. އެތަނުގެ ވެރިންގެ މުސާރަ ފުދޭ ވަރަކަށް ބޮޑު. ރިޓަޔަ ކޮށްގެން ލިބޭ އެތިކޮޅުގައި މި އޮންނަނީ 5000 އެއްހާ ރުފިޔާ. އެވަރު ލިބޭނެ އެއްކަމެއް ނެތި ރިޓަޔަރ ވާ މީހާއަށްވެސް

The name is already taken The name is available. Register?

ނިޒާމު3

18 March 2025

ޕެންޝަން އޮފީހަކީ އާއްމު ރައްޔިތުންގެ ޕެންޝަން ފައިސާއިން ބޮޑު މުސާރަ ނަގައިގެން ތިބޭ ބައެއް. ވަޒީފާގައި ބުރަކޮށް އުޅެ 60 އަހަރު ވެެގެން ރިޓަޔާ ކުރާ މީހާއާއި އެއްވެސް ކަމެއް ނެތި ލާޗާރަށް އުޅެ 65 އަހަރު ވެގެން ލިބޭ އިނާޔަތަށްވެސް މިޖެހެނީ ހަމަ އެއްވަރެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454