ޒަކާތް ދައްކަން މީހަކު ކާޑުގެ ބާވަތްތަކެއް ހިފައިގެން ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
18 މާޗް 2025 - 10:34
މި ރޯދަ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ މުއްދަތުގައި އޮންލައިންކޮށް އަދި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 2،913،839.61ރ. ވަނީ ބަލައިގެންފަ އެވެ.
އެއީ މިދިޔަ ފަސް އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 10 ދުވަހަށް ބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު ފަހު 1:00 އަށެވެ. އަދި ފަހު 10 ގައި (23 މާޗް އިން 30 މާޗް އަށް) ހުކުރާއި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ 11:00 އިން މެންދުރުފަހު 2:00 އަށެވެ.
1. ދިރާގު: ދިރާގު އެޕް އަދި ދިރާގު ޕޭ (ވެބްސައިޓު އަދި އެސްއެމްއެސް މެދުވެރިކޮށް)
2. އުރީދޫ: އެމް ފައިސާ (އެޕްލިކޭޝަން އަދި އެސްއެމްއެސް)
3. އެމްއައިބީ: ފައިސާ މޯބައިލް އެކްސް (އެޕްލިކޭޝަން އަދި ފައިސާ ނެޓް)
4. ބީއެމްއެލް: ބީއެމްއެލް މޯބައިލް (އެޕްލިކޭޝަން އަދި ވެބްސައިޓް)
5. ފަހިޕޭ: ފަހިޕޭ (އެޕްލިކޭޝަން އަދި ވެބްސައިޓް)
6. ފިނޭންސް މިނިސްޓްރީ: ބަނޑޭރިޕޭ/ ވެބްސައިޓް/ ޕޯޓަލް
ޒަކާތު ހައުސިން އިން ބުނީ މާލެ ސިޓީ ފިޔަވައި އެހެން ރަށްރަށުގައި ނަގުދު ފައިސާ އިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
18 March 2025
ފިތުރު ޒަކާތް ބަލައިގަތުމާއި ބެހުމުގައި މ ސަރުކާރުން އަމަލުކުރަނީ ރަނގަޅަކަށްނޫން. އޮންލައިންކޮށް ޒަކާތް ދައްކާއިރު މީހުންދިރިނުއުޅޭ އިންޑަސްޓްރިއަލް ރަށްތައްކަމުގައިވާ ކ.ހުޅުލެ އާއި ރާއްޖޭގެ ރިސޯޓްތައްވެސް ހިމަނާފައި އެބަހުރި. އައްޑޫ ނުވަތަ ތުރާކުނު ހުންނަމީހާ އޮންލައިންކޮށް ފައިސާ ދެއްކީމާ އެފައިސާ ލިބެނީ ކ.މާލޭގައި ތިބޭ މީހުނަށް. ނަތީޖާ އެއްގެ ގޮތުން ކ.މާލޭގައިހުންނަ ފަޤީރު މީހާއަށް 8000ރ ލިބޭއިރު އައްޑޫގައި ހުންނަ މީހާއަށް 500ރ ވެސް ނުލިބޭ.
ވަހިސިް
18 March 2025
މައުލޫމާތު ވަރަށް ކުށް ކަމަށް ފާހަގަވޭ. ޒަކާތް ދެއްކޭނެ އެމީހަކު ބޭނުން ކޮންމެ ރަށަކަށް. އެޕުން ވަދެ އިޚްތިޔާރު ކުރަންވީ އެމީހާ ޒަކާތް ދައްކާނެ ރަށް. ކޮންމެ ރަށަކަށް ޒަކާތް ދެއްކިޔަސް ބަހާއިރު ހަމަހަމަކޮށް ބަހާނީ. މާލޭގައި ހުންނަ ފަޤީރު މީހާއަށް ލިބޭވަރު އެހެން ރަށެއްގައި ހުންނަ މީހާއަށް ވެސް ލިބޭނީ!