މޯލްޑިވިއަންގެ މަތިންދާ ބޯޓެއް. އެއާލައިންގެ ޑޮމެސްޓިކް ދަތުރުތަކަށް ޕްރިމިއަން އިކޮނޮމީ ވަނީ ތައާރަފްކޮށްފައި -- ފޮޓޯ: މިހާރު
19 މާޗް 2025 - 14:19
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް ޕްރިމިއަމް އިކޮނޮމީ ކްލާސް ތައާރަފްކޮށްފި އެވެ.
އެ އެއާލައިންގެ އެތެރޭގެ އުދުހުންތަކުގައި މީގެ ކުރިން ހަމައެކަނި ވިއްކަނީ އިކޮނޮމީ ކްލާސް ޓިކެޓެވެ.
ނަމަވެސް، އައިލެން އޭވިއޭޝަނުން މިއަދު ބުނީ، ޕްރިމިއަމް އިކޮނޮމީ ޓިކެޓްތަކުގައި ދަތުރު ކުރުން އަންނަ އޭޕްރީލް 13 ގައި ފަށަން މިހާރު ނިންމާފައިވާ ކަމަށެވެ. އެއާ އެކު، ފަސިންޖަރުންނަށް ޑޮމެސްޓިކް ދަތުރުތަކުގައި މިހާރަށް ވުރެ، ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމަށް މޯލްޑިވިއަން އެއާލައިން ހިންގާ ކުންފުނިން ބުންޏެވެ.
ޕްރިމިއަމް އިކޮނޮމީގެ ދަށުން ދަތުރުކުރާ ފަސިންޖަރުންނަށް 25 ކިލޯގެ ބެގޭޖު އުފުލޭނެ އެވެ. ދަތުރުގެ ދުވަސް ބަދަލު ކުރުމާއި ޗެކިން ކުރުމުގައި ހާއްސަ އިސްކަމެއް ދޭނެ އެވެ. ޕްރިމިއަމް އިކޮނޮމީގައި ދަތުރުކުރާ ނަމަ "މޫނިމާ ލައުންޖް" ގައި މަޑުކޮށްލައި ކެއުމުގެ އިންތިޒާމުތައް ވެސް ހަމަޖެއްސޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.
މާލޭގެ އިތުރުން ދަރަވަންދު އާއި އިފުރުން ދަތުރުކުރާ ފަސިންޖަރުންނަށް ވެސް ލައުންޖުގެ ހިދުމަތްތައް ލިބޭނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ. ދަތުރުގައި އިކޮނޮމީ ޓިކެޓުގައި ދަތުރުކުރާ ފަސިންޖަރުންނަށް ވުރެ ފެންވަރު ރަނގަޅު ކެއުންތައް ލިބޭނެ އިންތިޒާމު ވެސް މޯލްޑިވިއަން އިން ވަނީ ހަމަޖައްސައިފަ އެވެ. އަދި ދަތުރު ނިމުމަށް ފަހު، އެންމެ ފުރަތަމަ ފޮށި، ދަބަސް ވެސް ލިބޭނީ ޕްރިމިއަމް އިކޮނޮމީގައި ދަތުރު ކުރާ ފަސިންޖަރުންނަށެވެ.
ޕްރިމިއަމް އިކޮނޮމީގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށައިފަ އެވެ. ޓިކެޓު ބުކިން އެއާލައިންގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
މޯލްޑިވިއަން އިން އެންމެ ފުޅާދާއިރާއެއްގައި ހިންގަނީ ޑޮމެސްޓިކް ދަތުރުތައް ކަމަށް ވާއިރު، އެ ދަތުރުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެ އެވެ. އެ އެއާލައިން އިން ޑޮމެސްޓިކް ދަތުރުތަކުގައި ބޭނުން ކުރާ ހުރިހާ ބޯޓެއް މި އަހަރު ތެރޭ އާ ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެހެންވެ، މިއަހަރު ތެރޭ އިތުރު ތިން އޭޓީއާރް ގެނައުމަށް ވެސް ވަނީ ޕްލޭންކޮށްފަ އެވެ. އިތުރު ތިން ބޯޓާ އެކު، އޭޓީއާރްގެ އަދަދު 8 އަށް އިތުރު ކުރާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
20 March 2025
ކޮންމެ ޕްރީމިއަމްއެއްތަ؟ އަހަރެމެންނަށް ވަރިހަމަ ތި ބަހައްޓާ ގޮނޑިއެއްނެތި އެލިގަނެގެން ތިބެވުނަސް އަގު ހެވީވިއްޔާ.
ފަޒީޒީ
20 March 2025
އެއްޗެކޭކިޔާފަ ޓިކެޓްގެ އަގުބޮޑުކުރަން އެއުޅެނީ، ކޮއްމެސް ބަހަނާއެއްދައްކައިގެންވެސް ރައްޔިތުން އަތުން އެއްޗެއް ދަމައިގަނެވޭތޯ އެބަލަނީ، ސާބަސް ތިކުރާހިއްވަރަށް.
އައިފާން
19 March 2025
އެކަމަކު މި އިންނަން ޖެހެނީ ހަމަ އެއްކަލަ ކުޑަ ގޮނޑީގަ
ބޭސިކް ބްރޭންޑް ކުރުން
19 March 2025
50ރ އަށް ކޮންމެ ރަށަކަށްވެސް ދެވެންވާނެ. މިއުޅެނީ ޕްރިމިަމް ނުވެގެނެއްނޫން. ރަށަށް، އާއިލާ ގާތަށް ނުދެވިގެން.
އިބްތާހިމް
19 March 2025
މޫނިމާލޯންޖް ހިދުމައްދޭނަމޭ ބުނާއިރު ރޭގަޱު ނުވައެއްޖަހާއިރުން އެތަން ބަންދުކުރޭ އެއައްފަހުން ލިބެނީ ކޭކު ކޮޅަކާ ސޭންޱްވިޗް
ޥަސީފު / ސ.ގަން
19 March 2025
ޢަހަރުމެން ބޭނުމީ ބޮޑު ކެއުންގަޑެއް ނޫން. ގަމަށް ފުޜާ ދަންބެރު ފުލައިޓް އަކީ ދުވަހަކުވެސް ގަޑިއަށް ފުރި ފުލައިޓެއްނޫން.30 މިނިޓު 40 މިނިޓުގެ ޑިލޭ އޮންނާނެ. 1 ގަޑި 30 މިނިޓަށް ނުކައި އަހަރުމެނަށް ތިބެވިދާނެ. ތިބުނާ ކުލާހުން ދާބަޔަކު ދާތަނަކަށް އަހަރުމެންންވެސްދާނީ. ތަފާތަކީ އަގު އެަކަނި
ާސާމިހް
19 March 2025
މީތި އަސްލު ސަޅިވާނެ. މަންޓާގެ ސަފަޔަ ކްލާސްއަށް ވުރެން ސަޅިވާނެ ހަމަ ސީރިއަސްކޮށް.
ޥަންޗޫ
19 March 2025
ތިއުޅެނީ އީދާ ދިމާކޮށް ފުރުސަތުގެ ބޭނުން ހިފާ ޓިކެޓް އަގުބޮޑުކުރަން ވެގެން. ދެން ޖާގައެއް ހޯދަން ބަލާއިރު ތިޓިކެޓް ނޫން ޓިކެޓެއް ނުހުންނާންނެ ލިބޭކަށް. ރައްޔިތުންނަށް ކޮންމެވެސް ގޮޔަކުން ދުއްދޭން ތިއުޅެނީ. މިހާރުވެސް ދުނިޔޭގެ އެހެން ގައުމުތަކަށްވުރެން ޓިކެޓް އަގުބޮޑުކޮށް ވިއްކަނީ. ތިމޮޅެތި ޚިދުމަތްތައް ނުދެވިގެން ތިއުޅެނީ ޓިކެޓް އަގުހެޔޮވެގެންނެއް ނޫން. ދެން ތިބުނާ ޓިކެޓް ނަގާމީހުން ތިބެނި ފޮތިގަނޑެއް ދަމައިގެން ވަކިންތަ؟؟
ސަލީމު އިދުރީސް
19 March 2025
މީއީ މިއަހަރު ކީއެންމެ ހިނިއަންޒާތުގެ ހަބަރު 40 މިނެއްޓު އުދުހުމަކައް ލައްކަޒާތުގެ ކެއުމެއް ބޭނުމެއްނުވޭ! މިފަހަރު ތިކުލާސް ވަކިކޮއްލަން މަދިރިގެއްތޯ ދަމަނީ! އަބަދު ފުލޭޓު ޑިލޭވެފަ އޮންއިރު ފުލޭޓު ޑިލޭވިއަސް ތިކުލާހުން ދަތުރު ކުރާމީހުނައް ގަޑިއައް ފުރޭނެތޯ؟ ބޮޑުބޯޓެއް ގެނެސް ހަރަދު ޗަލުވަން ޖަހާފަ ނުޖަހާނެ ސަކަރާތެއް ނޭގިގެން އުޅެނީ ބަންކަރީންނައް ހެދިހެން ދެބޯޓުތަނަކައް އެހެލާފަ ކުރީގެ ސަރުކާރާހެދި ނުވީއޭބުނޭ!
ޢަލީ ކުރުސީ
19 March 2025
މޫނިމާ ލައުންޖަށް ދާޚަރަދާ އިތުރު 5 ކިލޯއަށްދާ ޚަރަދު އަގަށް އެއްކޮށްލާފަ މިބުނަނީ އިތު ޚިދުމަތޯ!