ޚަބަރު / ޑިފެންސް މިނިސްޓްރީ

ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ އާއިލާގެ ކޮންމެ މީހަކަށް މަހަކު 9،000ރ. ގެ އިނާޔަތެއް ދެނީ

ރައީސާއި ޑިފެންސް މިނިސްޓަރު ސަލާން ކުރައްވަނީ: ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް ކޮންމެ މަހަކު ހާއްސަ އިނާޔަތެއް ދޭން ސަރުކާރުން ވަނީ ނިންމާފައި --- ފޮޓޯ/ރައީސް އޮފީސް

19 މާޗް 2025 - 14:58

122 comments

ނޮވެމްބަރު، 3، 1988 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ އާއިލާގެ ކޮންމެ މީހަކަށް މަހަކު 9،000ރ. ގެ އިނާޔަތެއް ދޭން ސަރުކާރުން ނިންމައިފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ އާއިލާގެ މެމްބަރުންގެ ތެރެއިން މައިންބަފައިންނާއި ދަރިން އަދި ހުވަފަތް އަނބިން ކުރެ ކޮންމެ މީހަކަށް މަހަކު 9،000ރ. ގެ އިނާޔަތެއް ލިބޭނެ އެވެ.

އެ ދުވަހުގެ އުދުވާނީ ހަމަލާގައި ދިވެހި ސިފައިންނަށް ކާމިޔާބު ހޯދައި ދިނުމަށް ހިތްވަރު ދެއްކި އެހެން މީހުންނަށް ވެސް ކޮންމެ މަހަކު އިނާޔަތެއް ލިބޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. އެގޮތުން އަމިއްލަ ފުރާނަ އަށް ބެލުމެއް ނެތި ދެއްކި ހިތްވަރަށްޓަކައި ހުރަވީ ރަން މެޑަލް ލިބިފައިވާ މީހުންނަށް މަހަކު 9،000ރ. ގެ އިނާޔަތެއް ދޭއިރު، ހުރަވީ ރިހި މެޑަލް ލިބިފައިވާ މީހުންނަށް މަހަކު 8،000ރ. ގެ އިނާޔަތެއް އަދި ހިތްވަރު ގަދަކަމުގެ ކުލަ ލިބިފައިވާ މީހުންނަށް މަހަކު 6،000ރ. ގެ އިނާޔަތެއް ދިނުމަށް ވެސް އުސޫލުގައި ވަނީ ކަނޑައަޅައިފަ އެވެ.

ނަމަވެސް މި އިނާޔަތް ލިބޭ މީހަކު ނިޔާވެއްޖެ ނަމަ އެ އިނާޔަތް ދިނުން ނިމުމަކަށް އަންނާނެ ކަމަށް އެ އުސޫލުގައި ވެ އެވެ.

ނޮވެމްބަރު، 3 ގެ އުދުވާނީ ހަމަލާގައި ސިފައިންނާއި އާންމުން ހިމެނޭހެން 19 ދިވެހިން ޝަހީދުވެ، އެތައް ބަޔަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން ޝަހީދުވި ސިފައިންގެ އާއިލާތަކަށް ސަރުކާރުން ކުޑަ އިނާޔަތެއް ދެމުންދިޔަ އެވެ. އެ އިނާޔަތް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ.

122 ކޮމެންޓް, 148 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 1%
icon angry icon angry 61%
icon wow icon wow 1%
icon inlove icon inlove 36%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަނބިލި

20 March 2025

ދެވަނަ ބުރުގައި ޝަހީދުވި އެހެން އާއިލާތަކަށް ދޭނެ އިނާޔަތް. ގައުމު ބަނގުރޫޓުވާއިރުވެސް ސިޔާސީ މަންފާއަށް އިނާޔަތްތައް ދިނުން ކުރިއަށް

The name is already taken The name is available. Register?

ރަށުމީހާ

20 March 2025

ކޮބާ ޙައިސިއްޔަތަކީ ދޭންޖެހޭ.

The name is already taken The name is available. Register?

ހައްގު

20 March 2025

5 އަހަރު މަޖިލިސް މެމްބަރުންނަށް ވުރެ ހައްގު

The name is already taken The name is available. Register?

ރޯނު އެދުރު

20 March 2025

88ގަ ސިފައިންގެ މީހަކަށް މުސާރަޔަށް ލިބުނީ 900 ވަރަކަށް ރުފިޔާ. ދެން މިހާރު ދޭން އުޅޭ އެލަވަންސުން ބައެއް ފެމިލީތަކަށް އެބަވަދޭ 50 ހާހުން މަތި މަހަކު. އެވެސް މުއްސަނދިންވެސް ހިމެނޭ ގޮތަށް. މިދެން ތަންކޮޅެއް ބޮޑުވަރުދޯ މުއިއްޒޫ.

The name is already taken The name is available. Register?

މަށޭމީ

20 March 2025

ސަރުކާރުތަކުން މިކަހަލަ ކަންކަން ކުރަނީ ރައްޔިތުންގެ މަގުބޫލުކަން ހޯދަން. ޝަހީދުވި އާއިލާތަކުން އެ މީހުންގެ ދަރިންނާއި ފިރިން ދުނިޔެ ދޫކުރުމުގެ މާލީ ބަދަލެއް ހޯދާކަށް ސަރުކާރަކަށް ޑިމާންޑެއް ނުކުރޭ. ސިޔާސީ ޕޮއިންޓު ޖަހަން ކުރާ އިސްރާފެއް ނޫން އެހެން އެއްވެސް ކަމެއް ނޫން މިއީ.

The name is already taken The name is available. Register?

ފުދިއްޖެ

20 March 2025

ބޮޑުތަކުރުފާނު އާއިލާއާއި ދެހާޖީންނާއި ދަންޑަހިލު އާއިލާއާއި، އަލިރަސްގެފާނު ފަދަ ބޭބޭފުޅުންގެ އާއިލާ ހޯދައިގެން އިނާޔަތްތައް ދޭންވީނޫންތޯ. އެއީނޫންތޯ ޙަޤީޤީ ބަތަލުންނަކީ.

The name is already taken The name is available. Register?

ބޯހަލާކުވޭ

20 March 2025

ދަރަނިތައް މިހާ ބޮޑުއިރު އިތުރަށް ދަރަނިވެރިވެގެން މިފަދަ އާ ކަންކަން ތަޢާރުފް ކުރަން ކޮންމެހެން ޖެހޭތޯ. އާމްދަނީއެއް ލިބޭޒާތުގެ އެއްވެސް ކަމެއް ކުރާތަނެއް ނުފެނޭ. ހައްތާވެސް ދަރަނި އިތުރުވާޒާތުގެ ކަންކަން ކުރަނީ. މަސްދަޅު ބެހުމާއި، 3 ނޮވެމްބަރުގެ މީހުންނަށް އެލަވަންސް ދިނުމާއި، ކަރަންޓްބިލުން ޑިސްކައުންޓް ދިނުމާއި، މިހެން ކިޔާނެ ކަމެއްނެތް. އިގްތިޞާދުގެ އަކުރެއްގެ ފިއްޔެއްވެސް ސިކުނޑީގަ ނެތް.

The name is already taken The name is available. Register?

ނާދިރު

20 March 2025

މިހާރު ތިޔަކަމެއް ނިމުނުތާ 37 އަހަރުވެއްޖެ. ޝަހީދުވި ސިފައިންގެ ތެރޭގައި 37 އަހަރު ނުވާ ދަރިޔަކު މިހާރަކު ނުހުންނާނެ! ދެން ކޮންކަމެއް؟! މި ގައުމު ޗައިނާ އަށް ދަރާފައިވާ މިންވަރަކީ ޕާކިސްތާނާއި ލަންކާ ގެ މިސާލު.މި އަހަރު އަދ 600 މިލިއަން، އަންނަ އަހަރު އެއް ބިލިޔަން (އެއްހާސް މިލިއަން) ޑޮލަރު ދައްކަން ޖެހޭ! މިއުޅެނީ މާ ކާމިޔާބު ކަމަށް ހެދެން!

The name is already taken The name is available. Register?

މުސީބާތް

20 March 2025

ބަލަގަ ސިފައިންނަކީ މުސާރައާއި ނިދުމާއި ކެއުމާއި ބޭސްފަރުވާއަށް އާސަންދަ ނޫސަންދަ މިހެންގޮސް ދައުލަތް ހުސްކޮށް ދެމުން ދާތަނެއް. ކިހާވަރުގަދަ ވެއްޖެކަމެއްމީ. އަލި ރަސްގެފާނުގެ އާއިލާ ހޯދައިގެން އެއާއިލާގެ ކޮންމެ މީހަކަށް ތިފައިސާ ދޭންވީނުން؟ އަމުދަކުން ސިފައިންނަކީ ބޭކާރު ބައެއް އެއީ އެއިރެއްގެ ވެރިން ޖަހަން ގެންގުޅޭ ބެރެއް.

The name is already taken The name is available. Register?

އެކޮއި

20 March 2025

އަދި 30 އަހަރުފަހުން ތިޔަ އިނާޔަތްދޭން ރަނގަޅު! މިހާރު ހަމަޔަޤީނުންވެސް އެބޭފުޅުންގެ ކުޑަކުދިން ނުތިބޭނެ. ހުވަފެތްވެފައިތިބި އަނބިން އަދިވެސްތިބީ ހަމައެގޮތުގައިތޯ؟ އެމީހުން ތިއްބަސް މިހާރު އެހެންމީހުންނާއިނދެ މުޅީން އެހެން ދިރިއުޅުމެއްގައި އުޅެމުންދާނީ. މުސްކުޅި މައިންބަފައިންގެ ތެރެއިން ދުނިޔޭގައިތިބީ ކިތައްމީހުންކަމެއް ނޭނގެ. އެހެންވިއްޔާ ތިޔަބުނާ ފައިސާއެއްދޭން ތިޔައުޅެނީ ޢާއިލާގެ ކޮންބަޔަކަށްތޯ ސުވާލުއުފެދޭ. މިކަހަލަ ދެބޯގެރި ނުދުއްވާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454