ޚަބަރު / ތެލެސީމިއާ

ތެލެސީމިއާ ސެންޓަރުގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާ ކުރަނީ

ތެލެސީމިއާ ކުދިންނާއި އާއިލާތަކުން ސެންޓަރު ކައިރީ މުޒާހަރާ ކުރަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ކައިރީ މުޒާހަރާ ކުރަން ފަށައިފި އެވެ.

އެތަނުގައި މުޒާހަރާ މީހަކު "މިހާރު"އާ ވާހަކަ ދައްކަމުން ބުނީ މުޒާހަރާ ކުރަން ފެށީ އެ ތަނުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން މިރޭ 10:00ގައި ބޭއްވި ބައްދަލުވުމަކަށްފަހު ކަމަށެވެ.

"އެ ބައްދަލުވުން ބޭއްވީ އަޅުގަނޑުމެން (ތެލަސީމިއާ ކުދިންނަށް) ލޭ ލިބުމުގައި ދިމާވާ މައްސަލަތަކާއި ފިލްޓަރު ތަކުގައި މި ހުރި މައްސަލަތަކަށް ހައްލެއް ނުލިބި ތިން މަސް މި ވީ މިހާރު. ހައްލެއް ނުލިބޭ އެއްވެސް ކަމަކަށް،" އެ މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.

ތެލެސީމިއާ ކުދިންނާއި އާއިލާތަކުން ސެންޓަރު ކައިރީ މުޒާހަރާ ކުރަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

މުޒާހަރާ ކުރަން ފެށީ ސެންޓަރުގެ މެނޭޖުމަންޓާ އެކު މިރޭ ބޭއްވި ބައްދަލުވުމަށްފަހު އެއްވެސް ކަމަކަށް ހައްލެއް ނުލިބުމުން ކަމަށް ވެސް އޭނާ ބުންޏެވެ. އެ މީހުން ފާހަގަ ކުރި ބައެއް މައްސަލަތަކުގެ ތެރޭގައި ލޭ އެޅުމުގައި ބައެއް ޕެކެޓްތައް ގޯސްވުމުގެ ސަބަބުން އަވަސް އަވަހަށް ފިލްޓަރު ބަދަލުކުރަން ޖެހި އިސްރާފުވާ މައްސަލަ ހިމެނެ އެވެ. "އަލަށް ގެނެސްގެން އުޅޭ ފިލްޓަރުތަކުގައި މައްސަލަ ގިނަ. ގިނަ ދުވަހުން ލޭ މި ލިބެނީ. ހާއްސަކޮށް ރޯދަ މަހު، ކޮންމެ އަހަރަކު ވެސް އެގޮތަށް، ލޭ ލިބުން ވަރަށް ދަތި މަހެއް. ފިލްޓަރު މައްސަލަ ޖެހިގެން ލޭ އުކާލަން ޖެހޭ ވަރު ވެސް އިތުރު ވަނީ،" އޭނާ ބުންޏެވެ. ލޭ ލިބުމުގައި ހުރި ދަތިކަން ފާހަގަކޮށް، އޭނާ ބުނީ ސެންޓަރު ވެރިންގެ ފަރުވާ ކުޑަކަމުން ލޭތައް އުކާލަން ޖެހުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

22 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 78%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަރަށްދެރަ

23 March 2025

ނަފްސާނީ ބައްޔަށް 30 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ދެމުން އައި އޮރެންޖު ކުލައިގެ ރެސްޕްރިޑޯންގެ ބަަދަލުގައި މިހާރު އާސަންދައިން އެ ދޭ ހުދު ކުލައިގެ ރެސްޕްރިޑޯން ބްރޭންޑަކީ ގޫގުލް ކުރީމަ ގޫގުލްއަށްވެސް ނާރާ ބްރޭންޑެއް. މި ބޭސް ދޭންފެށިފަހުން ބަލިމީހާގެ ސިޕްޓަމްސްތައް ގޯހުން ގޯހަށް ދާތީ ބްރޭންޑް ބަލާލީމަ މީ ފެނުން އެއްޗަކީ. އަގު ހެޔޮ ކުރަންވެސް މިކަހަލަ ކަންކަން ކުރީމަ މީ ވަރަށް ދެރަވަރު ކަންކަން.

The name is already taken The name is available. Register?

ޖޭމްސް ކުކީ

23 March 2025

ތި ސެންޓަރު ނުހިނގައިގެން އުޅެނީ އެކަށީގެންވާވަރަށް މުވައްޒަފުން ނެތީމަ. ތިތަނަށް މިނިސްޓަރު ފެންވަރުގެ ވެރިއަކާއި 4 ނައިބުން، 5 ސްޓޭޓް މިނިސްޓަރުންނާއި ދިހަ ވަރަކަށް ޑައިރެކްޓަރުން ލުމުން ދެން ތަން ދުއްވައިގަންނާނެ އެބުނާ ސްޕީޑުގަ. ގައުމު މިދަނީ އާސްމާނުންވެސް މައްޗަށް. ތި ނިކަމެތިކުދިންނާ އަޅާލާނެ ބަޔަކުނެތުމަކީ ހިތާމައެއް.

The name is already taken The name is available. Register?

އަފްރާސިޔާބު

23 March 2025

ކޮންކަމެއް ކޮށްދެވޭނީ. ބޯންމެރޯ ހައްދަނީވެސް ޒަކާތު ފަންޑުން ފައިސާ ދިނީމާ.

The name is already taken The name is available. Register?

ޖޭމުސް ދޮންކަމަނަ

23 March 2025

ތެލެސީމިޔާ ކުދިންގެ ހައްގުގައި ކަމަށް ދޭހަވާ މޭރުނުން ޖެއްސުމަށް މިފަދަ ގޮތަކަށް ވާހަކަ ނުދެއްކުން އެދެން. މިކަމުގެ ވޭނާތުރާލާ ހިތްދަތިކަން ނޭގޭތީ ސިޔާސީ ވިސްނުމުގަ މިފަދަ ކޮމެންޓު ކުރަނީ

The name is already taken The name is available. Register?

މަސްއޫލިއްޔަތު ނޭގޭތާ ކުރާނެ ކަމެއްވެސް ނޯވޭ

24 March 2025

އަދި އެތަނަށް ކުލުނު ހުރެގެން ކިރިޔާވެސް ކަމެއް ކުރަން އުޅޭމީހަކު ހުރިނަމަ ދުރައްލާތި.

The name is already taken The name is available. Register?

އިއްޒަތު

23 March 2025

އަޅުގަނޑުގެ ދަރިފުޅަކީ ދެދުވަހުން އެއްދުވަހު 50 އާއި، 75 މައިކްރޯ ގްރާމް ބޭނުންކުރާ ކުއްޖެއް މިކުއްޖާކާ ބޭސް ހުސްވެގެން އެތައް ފާރމަސީއެއް ބެލިއްޖެ ބޭސް ލިބޭތޯ އެއްވެސްތާކުން ނުލިބުނު. ދެންކުރާނެކަމެއްނޭގިގެން އެގޮތްމިގޮތުން ބޭސް ލިބޭނެ ގޮތެއް އޮތްތޯ މަސައްކަތްކުރިން އެންމެ ފަހުން ބޭސް ގެންނަން ޖެހުނީ އިންޑިއާއިން -/1500 ދިވެހިރުފިޔާ މީހަކަށް ދީގެން މިހާލަތަށް ޤައުމު ދިޔައިމަ ކަޑައޭމިބުނަނީ ޒިންމާވާނެ މީހަކުނެތް.

The name is already taken The name is available. Register?

އަފްރާސިޔާބު

23 March 2025

ތިޔަ ކަޑައިގާ ޖެހިފައި މިފަހަރު މިވަނީ. ދެން އާސަންދަ އަކުން ބޭސް ނުކުރެވި ދިޔައީ އެ ބުނާ އެތި ހަމަޔަކަށް އަޅުވާށޯ. މިހާރު ހުރިހާ އެގްރިމެންޓްތައް އާކޮށް ނިމުނީތަ؟

The name is already taken The name is available. Register?

ރަމަ

23 March 2025

އަޅުގަނޑު ޢާއްމުކޮށްކާ ތައިރޮއިޑްބޭސް ނުލިބިގެން ބޭސްނުކާތާ މިހާރުމިވީ 9 ދުވަސް ދެން މިޖެހެނީ ރާއްޖެއިންބޭރުން ބޭސްގެންނަން މާލެއިންވެސް ބޭސް ނުލިބުނު. މިބޭސްކާ ރައްޓެއްސަކުބުނީ މާލޭގެ ފިހާރައަކުން ތިމަންނައަށް 100 މައިކްރޯގްރާމްގެ 20 ގުޅަ ލިބުނޭ މީގެ 3 ހަފްތާކުރިން އޭގެފަހުން ތިމަންނަވެސް މިއުޅެނީ އެއްވެސް ފާމަސީއަކުން ނުލިބިގެންނޭ ފާމަސީތަކަށް ދިޔައިމަ ބުނަނީ ބޭސްނެތީ ނުލިބެނީ ގަވަރުމަންޓް މައްސަލަ ހުންނަނީ! ވަރަށްދެރަވަރު ކަންކަން މިދިމާވަނީ!

The name is already taken The name is available. Register?

އެއްވަނަ

23 March 2025

ރައީސް މައުމޫން ވެރިކަން ނިމުނު ފަހުން ތެލަސީމިއާ ކުދިން އުޅޭތަން ފެންނަނީ ވަރަށް ނިކަމެތިކޮށް. ޙަގީގަތުގައި ނަސްރީނާ ޝީ ކިޔާ ތަނެއް ހަދައިގެން ހުރިހާ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ހުރިހާ ބޭސްތަކާއި ޑެސްފަރަލް ޕަމްޕްތައް ވެސް ހަމަ ހިލޭ ދޭނީ. ޢޭރު ތެލެސީމިއާ ސެންޓަރަކީ ވަރަށް އެފިޝަންޓް އަދި ކެއަރިން ތަނެއް. އެސަންޓަަރަށް ވަދެލީމަ އިނގޭނެ ގިނަ މީހުންނަކީ އެކުދިންނަށް ހިދްމަތެއް ކޮށްދޭން ލޯބިން އައިސް މަސައްކަތެއް ކުރާ ބައެއްކަން.

The name is already taken The name is available. Register?

އަފްރާސިޔާބު

23 March 2025

ނާ! ތިބުނީ މަސަރުކާރުން ލޯބި ނުވެޔޭތަ؟ މާ ބޮޑަށްވެސް ލޯބިވޭ. ލޯބިވާވަރު ބޮޑުކަމުން އެމީހުން ދުނިޔޭގައި ތިބެން ބޭނުންވާ އެއްޗެހިވެސް ގެނެސް ހުސްވާންދެން ބަހަނީ. ގަންނަން އުޅެފިއްޔާ ނުލިބޭނެ. އެއީ އަގު ބޮޑުވީމާ. ހިލޭ ޔޫރަޕުން ގެނެސް ބަހަނީ. ޑެސްފަރޯލްވެސް ހުންނާނީ ނުގަނެވޭ ވަރަށް ބަހާފައި.

The name is already taken The name is available. Register?

ބަބްސް

23 March 2025

ބޭހުގައިވެސް ތަފާތު ކޮލިޓީލިބޭ، ޙަރަދު ކުޑަކުރުމުގެ ގޮތުން އާސަންދައިންދޭ ބަޔެއް ބޭސްތައް ވަނީ ތިންވަނަ ދުނިޔޭގެ ގައުމުތަކަށް ހިލޭދޭ ބޭސްތަކަށް ބަދަލުކޮއްފަ. މީގެ އަސަރު ފެންނަން ފަށާނީ ދުވަސް ތަކެއް ފަހުން. ނޫސްވެރިން މިކަމަށް އަލިއަޅުވާލަ ބަލަ.

The name is already taken The name is available. Register?

ހަސަނަ

23 March 2025

ތިތާގެ އިސްވެރިން އާއްމު ރައްޔިތުން ހަދިޔާކުރާ ލޭކޮޅަށް ވެސް ހަދަނީ މަކަރު...މާލޭގެ ބޮޑުންގެ ދަރިންނަށް ލިބޭގޮތަށް...ދެރަ މީހަކަށް ނުލިބޭނެ...

The name is already taken The name is available. Register?

‫ތުއްތޮންބެ

23 March 2025

ދ‫ެން މުޒާހިރާކުރީމަ ތިކަންހައްލުވެއްޖެތޯ؟

The name is already taken The name is available. Register?

56މދ

23 March 2025

ބަލައްޗޭ ރައީސްގެ ހެޔޮފުޅުކަމުން މިމައްސަލަވެސް ހައްލުވާނެ.. ގައުމު ހިނގަނީ ޓުވިޓާރ އިންނާއި މުޒާހަރާ ކޮށްގެން

The name is already taken The name is available. Register?

މިއައު

23 March 2025

ސިޔާސީ މަގާމު ގިނަ ކޮށްލައިން ތިކަން ރަނގަޅުކޮށްލާނެ

The name is already taken The name is available. Register?

މުލޭ

23 March 2025

ފިލްޓަރު މައްސަލަ ޖެހެނީ ވެރިންގެ ފަރުވާކުޑަކަމުންތަ. ދެ ކެރިއަރުން ކައިވެނި ނުކުރާށޭ ގޮވަގޮވާ އޮއްވާ ކައިވެނިކޮށް ތެލެސީމިއާ ކުދިން ހޯދި މީހުންގެ ޒިންމާއެއް ނެތްދޯ އެއްވެސް ވަރަކަށް. ދެ ކެރިއަރުންކަން ނޭނގި ކުރެވުނު ކައިވެނި ތަކާމެދު އެއްޗެއް ބުނެވެން ނެތް.

The name is already taken The name is available. Register?

ހޮލޯ

23 March 2025

މުލޭ އަކީ ޓިޕިކަލް މޯލްޑިވިއަން މެންޓަލިޓީ އެންމެ ސާފުކޮށް. ކުރަފި ފަދަ ސޫފާސޫފިވެސް އެއްބައި އިންސާނުންނަށް ވުރެން ބުއްދި ރަނގަޅުހެން ހީވޭ ވަކި ވައްތަރެއްގެ އިންސާނުންނާ ދިމާވީމަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454