ރައީސް މުއިއްޒު މިއަދު ހެނދުނު ތެލެސީމިއާ ސެންޓަރަށް ވަޑައިގެން އެ ތަނުގެ މައްސަލަތަކުގެ މައުލޫމާތު އޮޅުން ފިލުއްވަނީ.---ފޮޓޯ: ރައީސް އޮފީސް
23 މާޗް 2025 - 12:25
ތެލަސީމިއާ ސެންޓަރުގެ ހިދުމަތްތަކާ މެދު ތެލެސީމިއާ މީހުންނާއި އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށް ރޭ ކުރި މުޒާހަރާއާ އެކު، ކަންކަން ހަމަޔަކަށް އަޅުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު އެ ސެންޓަރަށް ވަޑައިގެން އެ ތަނުގައި މިވަގުތު ހުރި މައްސަލަތަކުގެ މައުލޫމާތު އޮޅުން ފިލުއްވައިފި އެވެ.
ތެލަސީމިއާ އަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ކައިރީ މުޒާހަރާ ކުރީ ރޭ އެ ތަނުގެ ވެރިންނާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު، އެއްވެސް މައްސަލައަކަށް ހައްލު ނުލިބޭ ކަމަށް ބުނެ އެވެ.
ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ، އެ ކަންބޮޑުވުންތަކާ އެކު، ރައީސް މުއިއްޒު މިއަދު ހެނދުނު ތެލަސީމިއާ ސެންޓަރަށް ވަޑައިގެން އެ ތަނުގައި ތިބި މުވައްޒަފުންނާއި މިވަގުތު ތިބި ޕޭޝަންޓުންގެ ކަންބޮޑުވުންތައް ވެސް އަޑުއެއްސެވި ކަމަށެވެ. އެގޮތުން ހުރިހާ ޑިޕާޓްމަންޓުތަކަށް ވަކިވަކިން ވަޑައިގެން ހާލަތު ބެއްލެވި ކަަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އާއިލާތަކުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް، މިހާރުން ފެށިގެން ހައްލު ކުރެވެން ހުރި ހުރިހާ ކަމެއް ހައްލު ކުރުމަށް ކަމާ ގުޅޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައިގެން ފިޔަވަޅު އަޅަން މިހާރު ވަނީ ފައްޓަވާފައި،" އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިއަދު ހެނދުނު ތެލެސީމިއާ ސެންޓަރަށް ވަޑައިގެން އެ ތަނުގެ މައްސަލަތަކުގެ މައުލޫމާތު އޮޅުން ފިލުއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް އަރިހުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ތެލަސީމިއާ ސެންޓަރަށް ވަޑައިގަތެވެ.
ރޭގެ މުޒާހަރާގައި އެ މީހުން ފާހަގަ ކުރި ބައެއް މައްސަލަތަކުގެ ތެރޭގައި ލޭ އެޅުމުގައި ބައެއް ޕެކެޓުތައް ގޯސްވުމުގެ ސަބަބުން އަވަސް އަވަހަށް ފިލްޓަރު ބަދަލުކުރަން ޖެހި އިސްރާފުވާ މައްސަލަ ހިމެނެ އެވެ.
"އަލަށް ގެނެސްގެން އުޅޭ ފިލްޓަރުތަކުގައި މައްސަލަ ގިނަ. ގިނަ ދުވަހުން ލޭ މި ލިބެނީ. ހާއްސަކޮށް ރޯދަމަހު، ކޮންމެ އަހަރަކު ވެސް އެ ގޮތަށް، ލޭ ލިބުން ވަރަށް ދަތި މަހެއް. ފިލްޓަރު މައްސަލަ ޖެހިގެން ލޭ އުކާލަން ޖެހޭ ވަރު ވެސް އިތުރު ވަނީ،" ސެންޓަރުން ފަރުވާ ހޯދަމުން އަންނަ ކުއްޖަކު ބުންޏެވެ.
ލޭ ލިބުމުގައި ހުރި ދަތިކަން ފާހަގަކޮށް، އޭނާ ބުނީ ސެންޓަރު ވެރިންގެ ފަރުވާ ކުޑަކަމުން ލޭތައް އުކާލަން ޖެހުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ިހާލިދާ
25 March 2025
ރައީސް ވަރުގެ މީހެއް ހަމަ ނެތް. ޝުކުރިއްޔާ ރައީސް. މިކަންވެސް ހައްލު ކޮށް ދެއްވާނެކަން ހަމަ ޔަގީން ކަށަވަރު. ޝުކުރިއްޔާ ޝުކުރިއްޔާ.
ނާޑުވާ
24 March 2025
ތިޔަހެން ފޮޓޯ ނަންގަވަން ހުތިހާ ތަނަކަށް ވަޑައިގަންނަވަނީ މިނިސްޓަރުންގެ ބޭނުމަކީ އަދި އެމީހުން ކުރާ މަސައްކަތަކީ ކޮބާތޯ? ހުރިހާ މިނިސްޓްރީއެއް އުވާލާފަ ރައީސް އޮފީހުން ހުރިހާ ކަމެއް ބަލާ ގޮތަށް ހަދަންވީނުން. އޭރުން ޚަރަދު ކުޑަވެފަ ފޮޓޯ ނެގޭލޭވެސް ގިނަވާނެ.
އެއްކަލަ މީހާ ދޯ
24 March 2025
ބައްލަވާ އެތައްސަތޭކަ މިނިސްޓަރުންނާއި ޑެޕިއުޓީންލާފަ ތިބޭ އިރު ހަމަ ރައީސްމީހަ ގޮސްބެލީމަ ނޫނީ އެގޭނެގޮތެއް ނެތް ދެއްތޮ؟
މަހްފޫޒް
23 March 2025
ވަރަށް އުފާވެފަ މިއަދު ތެލެސީމިއާ ސެންޓަރުގަ ތިބި ކުދިން ތިބީ ރައީސް ވަޑައިން ހާލު ބެއްލެވީމަ. އަދި ދެއްވި ޔަގީންކަމަށް ފެމިލީތައްވެސް ތިބީ ނިކަން އުފަލުން.
ނޫރާ އިސްމާއިލް
23 March 2025
މިއަދު އަޅުގަނޑާވެސް ދިމާވި ރައީސް. މީ ހިތްހެޔޮ ވެރިޔެއް. ހީކުރި ގޮތާ ހިލާފަށް ކަންކަން ހައްލުކުރަން އުޅޭ ވެރިޔެއް.
ލިހާޒް މުހުސިން
23 March 2025
ފެނޭތަ ތަފާތު ވެރިން؟ ކަމެއް ދިމާވުމުން ނުފިލާނެ. ސީދާ ވެރިމީހާ މައިދާނުގައި.
ސިއްބަތް އަޒީޒް
23 March 2025
ރޭގަ މުޒާހަރާ ކުރީ. މިއަދު ސީދާ ރައީސް މިތަނަށް ގޮސް ހާލު ބަލާ ސީދާ މިކަމަށް ހައްލު ގެންނާނެ ކަމުގެ ޔަގީންކަން މިދެއްވީ.
މުހައްމަދު މުނީޒް
23 March 2025
މުއިއްޒް އަކީ މަ ހީކުރި ކަހަލަ ރައީސްއެއް ނޫން. މާ ބޮޑަށް ވެސް ރަނގަޅު. އެހެން ރައީސްއެއް ނުދެކެން މިހެން ފިޔަވަޅު އެޅި ރައީސްއެއް ނުދިން.
ޒީނާތް އައްބާސް
23 March 2025
ބަރާބަރު ރައީސް އެއް. މިހެން ގޮސް ރައްޔިތުންގެ އިހްސާސްތައް ދަންނަ ވެރިޔެކޭ. ކަންކަން ހައްލު ކުރާނެޔޭ. އިންޝާﷲ މިކަން މިދަނީ ރަނގަޅަށް.
އަހްމަދު ސަނީހް
23 March 2025
މިހެންވެ ބުނަނީ ރައީސް މުއިއްޒްއަކީ ރައްޔިތުންގެ ހައްގުގައި ކަންކަން ކުރާނެ ރައީސްއެކޭ. މިފެންނަނީ ތަފާތު