މިދިޔަ އަހަރު ފިތުރު އީދަށް ބޮކިތަކާއި ގިޑިގެތަކުން ޖުމްހޫރީ މައިދާން ދިއްލާލައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
23 މާޗް 2025 - 13:43
ކުރިއަށް އޮތް ފިތުރު އީދުގެ އުފާ ފާޅުކުރަން ރަށްތައް ދިއްލާލަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ "އީދު އަލިން" މި ފަހަރު ދިއްލާލަނީ 65 ރަށެއް ކަމަށެވެ. އެއްފަހަރާ މި ހުރިހާ ރަށެއް ދިއްލާލުމަށް ނިންމާފައިވާއިރު އެ ހަރަކާތް އޮންނަނީ ހޮނިހިރު ދުވަހު ކަމަށް މިނިސްޓްރީން ބުންޏެވެ.
ދިއްލުމުގެ ބޮޑު އިވެންޓު އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. އެ އިވެންޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މާލެ އެއްކޮށް އީދަށް ދިއްލުމުގެ ކަންކަން ފެށީ މާލޭގެ މޭޔަރުކަމުގައި މިހާރުގެ ރައީސް މުއިއްޒު ހުންނެވި ދުވަސްވަރު ކަމަށް ވާތީ، އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން ވަނީ ކޮންމެ އީދަކު މުޅި ރާއްޖެ ދިއްލަން ނިންމަވައިފަ އެވެ.
އީދަށް ދިއްލުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު މާލޭގެ ބައެއް ސަރަހައްދުތަކުގައި ވެސް ވަނީ ލައިޓުތައް ހަރުކޮށްފަ އެވެ. އަދި މާދަމާ އިން ފެށިގެން ރަށްރަށަށް ވެސް ލައިޓުތައް ފޮނުވުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ކުރިން މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފިތުރު އީދަށް ލައިޓް ނުލިބޭ 36 ރަށަކަށް މި އަހަރު ލައިޓް ހޯދާފައިވެ އެވެ. އެކަމަށް 28 މިލިއަން ރުފިޔާ ހަރަދުވާނެ މިނިސްޓަރު އާދަމް ޝަރީފު ކުރިން ވިދާޅުވެފައިވެ އެވެ.
އީދުގެ އުފާ ފާޅުކުރަން، މިދިޔަ އަހަރު ވެސް ވަނީ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތައް ގިޑިގެތަކާއި ކުލަބޮކިތަކުން ދިއްލާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުލަބޮކި
25 March 2025
ދެން ތި ބޮކި މުޅި ރާއްޖޭގައި ދިއްލާފަ ޖެހިގެން އަންނަ މަހު އަންނަ ކަރަންޓު ބިލުން ހުރިހާ މީހުން ތިބޭނީ ހަދާނެ ގޮތް ހުސްވެފަ.
ޖުމާ ދަލް ޕިރިނީ
24 March 2025
މިދިޔަ އަހަރު ގަތް ބޮކިތައް ކޮބަޔޯ؟ ގައިމު ގޮނޑަކުން ނުދެކެން. ރާއްޖޭ ހުރިހާ ރަށެއްގައި ތިޔަ ދިއްލޭވަރަށް ގަނެވިއްޖެ މިހާރުވެސް. އެކަމު ކޮންމެ އަހަރަކުވެސް ހަމަ އެހާ ބޮޑު ޚަރަދަކާ އެކީ މި ގަންނަންޖެހެނީ ކީއްވެބާ. ކުރިން ގަތް ބޮކިތައް ލީ ކޮންތާކަށްބާ...
ބޮކިރާއްޖެ
24 March 2025
ދިވެހީން ބޭނުންވަނީ ކުލަބޮކި.
ރަގަޅުވާނެތާ
23 March 2025
ގިނަ ދިވެހިން މިވަނީ މުއައްސަސާ ތައް ކަތުރުފަނި ތަކެއްހެން ބޮއެ ހުސް ތޮށިގަޑު ތަކަކަށް ހަދާލާފާ. މިހާރު ކަތުރު ފަނިތައް ޕަރުވާނާ ތަކަށް ބަދަލުވަނީހެން ހީވަނީ. އެއީ ފާޑު ފާޑު އައްޔަކީ ޕަރުވާނާތައް އޭގެ ވަށައި ނަށަން އެންމެ ބޭނުންވާ އެތި.
އިސްމާލު2.0
23 March 2025
28 މިލިއަން ރުފިޔާގެ ލައިޓު. ސަރުކާރަށް މާ އައުލާކަން ބޮޑުވާނެ ކުދި އަދި މެދުފަންތީގރ ވިޔަފާރިތަކުގެ ޕެންޑިންގ ބިލުތައް ދައްކަންވެސް ތިޔަ ބޭކާރު ހަރަދު ނުކޮށް. މުސާރަ ދޭ ދުވަސް ކުޑަތަންވެފައި ވަނިކޮށް، މުޅި ސަރުކާރު އެއްކޮށް ޗުއްޓީގައި. މިއީ ވެސް ހަމަ މީހުން ވެރިކަން ކޮށްއުޅޭ ގޮތްތަ؟
އަސް
23 March 2025
ޓިކަމަށްދާ ހަރަދު އެއީ ޓެކްސް ފައިސާ، ހިތު ހުރި ގޮތަކަށް ތި ތަޅާ ބާލަނީ ރައްޔަތުންގެ ފައިސާ
ޟމމމމމ
23 March 2025
ވަކި ރަށްތަކަކަށް ބޮކި ބަހާފަ ދެން ހުރި ރަށްތަކެއް ބާކީ ކުރުމަކީ އިންސާފެއް ނޫން. ޢީދު އަންނަނީ ހުރިހާ ރަށަކަށް. ހުރިހާ ރަށެއްގައިވެސް އުޅެނީ ދިވެހި ރައްޔިތުން. ވޯޓު ހޯދަންވީމަ އަހަރުމެން ގާތަށް ނާނާތި ސަލާންޖަހަން!
ދަހިކޫދު
24 March 2025
ކޮބާ މަސްދަަޅުކޭސް ހަމަ ހުސްވީ ފެށީ ދޯ
އ
23 March 2025
ތިދެން އަތުން ބޮޑުއެއްޗެއް ދިޔައީއޭ...
ކިހާވަރެއް
23 March 2025
އެއްފަހަރު ގަނެފަ، ބޭނުންކޮށްފަ ނިމުނީމާ އެ ގުދަންކޮށްފަ އަނެއްފަހަރު ނަގައިގެން އެ ބޭނުންކުރިއްޔާ ވާނީ ކިޔެއް؟ ގައިމު ޚަރަދު ކުޑަވާނެ އަދި އިސްރާފުވެސް ކުޑަވާނެ.
ދެން ހެޔޮ
23 March 2025
އީދަށް މުޅި ގައުމު ދިއްލުމަށް ބޮޑު ޚަރަދެއް ކުރުމަށްވުރެ ރައްޔިތުންގެ އަސާސީ ބައެއް ކަންކަން ބައިވަރު އެބަހުރި، މަސްދަޅު ބެހީއޭ ކިޔާފަ ހިންގީ ބޮޑު ޖަރީމާއެއް، ކަރަންޓު ބިލުން ޑިސްކައުންޓު ދެނީއޭ ކިޔާފަވެސް ހޭވީ ހަޑިއެއް
އަހަރެމެން އުފަލުން އަތްޖަހަން ތިބޭނަން
24 March 2025
މުސާރަކުޑަކުރަން އެކި ގޮތްގޮތަށް މަސައްކަތް ކޮށްފަ، މި އޯކޭ ދޯ؟ ދެން ބޮކި ދިއްލާ؟ ނުވެސް ނިވާތި!