އެމެރިކާއިން މި މަހު ޔަމަޔަނަށް ދިން ފުރަތަމަ ހަމަލާތަކުގައި އިމާރާތަކަށް ގެއްލުންވެފައި: ހޫތީން ބުނީ އެމެރިކާއިން އިތުރު 17 ހަމަލާއެއް ދީފައިވާ ކަމަށް. -- ފޮޓޯ: އޭއެފްޕީ
26 މާޗް 2025 - 22:25
ޔަމަންގެ ހޫތީންނަށް އަމާޒުކޮށް އެމެރިކާއިން އިތުރު 17 ހަމަލާއެއް އެމެރިކާއިން ދީފައިވާ ކަމަށް ހޫތީން މިއަދު ބުނެފި އެވެ.
ހަނގުރާމަވެރިންގެ ވެބްސައިޓެއްގައި ބުނެފައިވަނީ އެމެރިކާގެ ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށާއި އާންމު ރައްޔިތުންގެ ގެދޮރާއި މުދަލަށް އެ ހަމަލާތަކުގެ ސަބަބުން ގެއްލުން ވެފައިވާ ކަމަށެވެ. ހަމަލާތަކުގައި މީހަކު މަރުވިކަމެއް ނުވަތަ ޒަހަމްވި ކަމެއް ނުބުނެ އެވެ.
ހޫތީންނާ ދެކޮޅަށް އަސްކަރީ ހަމަލާތައް ދޭން އެމެރިކާއިން ފެށީ ރަތް ކަނޑު އަދި ގަލްފް އޮފް އަދަންގައި ހޫތީން އުޅަނދުތަކަށް އަލުން ހަމަލާދޭން ފެށިކަން އިއުލާނުކުރުމާ އެކުގަ އެވެ. ހޫތީންގެ ހަމަލާތަކަކީ އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުމަށް ދޭ ހަމަލާތަކެއް ކަމަށް އެ ޖަމާއަތުން ބުނެ އެވެ. އެމެރިކާއިން ބުނެފައިވަނީ ހޫތީންނަށް ހަމަލާ ދިނުން ހުއްޓާލާނީ ހޫތީން އުޅަނދުތަކަށް ހަމަލާ ދިނުން ހުއްޓާލުމުން ކަމަށެވެ.
ހަމަލާ ދިން ފުރަތަމަ ރޭ ޔަމަނުން 53 މީހަކު މަރުވި ކަމަށް ހޫތީން ވަނީ ކުރިން ބުނެފަ އެވެ.
އެމެރިކާއިން ހަމަލާދޭން ފެށުމުން ހޫތީން ވަނީ އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ވެސް ދެން ހަމަލާ ދޭނެ ކަމަށް ބުނެފަ އެވެ. އަދި ބައެއް ހަމަލާތައް ދިން ކަމަށް ވެސް ބުންޏެވެ. ނަމަވެސް އެމެރިކާއިން ބުނީ ހޫތީން ހަދަނީ ދޮގު ކަމަށާއި އެމެރިކާގެ އަސްކަރީ އުޅަނދަކަށް ހަމަލާ ނުދޭ ކަމަށެވެ.
ހޫތީން އެންމެ ފުރަތަމަ އުޅަނދުތަކަށް ހަމަލާދޭން ފެށީ އިޒްރޭލުން 2023 ވަނަ އަހަރު ޣައްޒާއަށް ހަމަލާ ދޭން ފެށުމާ އެކުގަ އެވެ. އިޒްރޭލަށް ތާއީދުކުރާ ގައުމުތަކާއި ވިޔަފާރިތަކުގެ އުޅަނދުތަކަށް އަމާޒުކުރާ ކަމަށް ބުނާ ހަމަލާތައް މިދިޔަ ޖެނުއަރީ މަހު އިޒްރޭލުން ހަމަލާތައް މެދުކަނޑާލުމުން ހޫތީން ހުއްޓާލި އެވެ. އެކަމަކު މި މަހު އަލުން ހަމަލާތައް ފެށުމާ އެކު ހޫތީން ވެސް ހަމަލާތައް ފެށީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާހިރު
27 March 2025
އިސްރާއީލުން ޣައްޒާއަށް ހަމަލާދީ ދަތިކުރުން ހުއްޓާނުލާހާ ހިނދަކު އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ ޤައުމުތަކުގެ ބޯޓުތަކަށްވެސް ރައްކާތެރިކަމެއް އޮވެގެންނުވާނެއެވެ. އެބޯޓުފަހަރަށް ރައްކާތެރިކަން ބޭނުންނަމަ ޣައްޒާގެ ގަތުލްޢާމް ހުއްޓާލާ ދަތިކުރުން ހުއްޓާލާށެވެ. ހަތިޔާރުން ބިރުދެއްކިޔަސް އެންމެނެއް އެމެރިކާއަކަށްވެސް ނުހުއްޓުވޭނެއެވެ.
މަކަރުވެރިން ގެ ކިންގު
27 March 2025
މަގޭ ހަދާންއެބަވޭ 30 މިލިއަންޑޮލަރުގެ އެމްކިޔު ރިޕަ9 އެމަރިކާގެ ޑްރޯން ހޫތީން ވެއްޓިއިރު ތި އެމަރިކާ ބުހުތާން ދޮގު ހަދާހަވާލެއްނުވި އެންމެފަހުން ހޫތީންވަނީ އެވައްޓާލިވީޑިއޯ އާއި އެކު ޑްރޯންދައްކާފައި އޭގެ ފަހުން އެމްކިޔު9ގެ 13 ޑްރޯން ހޫތީން ވައްޓައިފައިވޭ. ބުނަން މިއުޅޭވާހަކައަކީ ހޫތީންގެ ހަމަލާ އެރިޔަސް އެމަރިކާ ހަޥާލެއްނުވާނެކަން
ދަނޑުން
27 March 2025
އެއީ ދޮގެއް ނޫން، ހަމަލާ ދޭތީ، އެމެރިކާގެ ތެރަރިސްޓް ހަމަލާ ދެނީ ދެރަނުވާން.....