މާލޭގެ މާފަންނު ސްޓޭޑިއަމްގައި މިއަދު ކުރި އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ރައީސް މުއިއްޒާއި އެ މަނިކުފާނުގެ ދެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ: އީދު ދުވަހަކީ ކުޑަކުދިންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހަދަން ވާނެ ކަމަށް ރައީސް ވިދާޅުވި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
30 މާޗް 2025 - 07:52
ފިތުރު އީދުގެ އުފާ ފާޅުކުރަމުން ދާއިރު ފަލަސްތީނުގެ ގާޒާގެ މުސްލިމު ރައްޔިތުންގެ މަތިން ހަނދާން ކުރުމަށް ކުޑަވެސް ފަނޑުކަމެއް އަޔަދީގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ޣައްޒާގެ ލޮބުވެތި ކުޑަކުދީންގެ ގިސްލުމުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ އެވެ. އަޅުގަނޑުމެންގެ ހެޔޮއެދުމާއި ހެޔޮ ދުއާތައް ފަލަސްތީނުގެ ލޮބުވެތި އަހުންނާއި އުހުތުންނާ އެކު އަބަދުވެސް ދަމަހައްޓަން ވާނެ އެވެ،" މިއަދު ފާހަގަކުރަމުން އަންނަ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ދެއްވި ތަހުނިއްޔާގެ ހިތާބުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އީދު ދުވަހަކީ ރޯދަމަސް ނިމި އަލުން ދިރިއުޅުމުގެ އާ އަހަރަކާ ކުރިމަތިލާ ދުވަސް ކަމަށާއި މުޅި ރޯދަމަހު އަޅުކަމަށްޓަކައި ހޭދަކުރި ވަގުތުތަކަށް ފަހު، ﷲ ގެ ރުއްސެވުމާއި ފުއްސެވުން ލިބުނުކަމުގެ އުންމީދާ އެކު އަނެއްކާވެސް އާ ދުވަސްތަކެއް ލިބެނީ ކަމަށެވެ. އެހެންވެ، އީދު ދުވަހުގެ އެންމެ ހާއްސަ އަޒުމަކަށް ވާންވީ އެ މަނިކުފާނު ވިދާޅުވިގޮތުގައި، އަމިއްލަ ނަފުސުގެ އިސްލާހަށް އެދި ﷲގެ ހަޒްރަތުގައި ދެންނެވި ފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައި އަމިއްލަ ނަފްސު އިސްލާޙު ކުރުމެވެ.
"އީދުގެ އުފާތައް ލިބިގަތުމުގައި ވެސް އަދި އޭގެ ފަހުން ވެސް ކޮންމެ ކަމެއްގައި އިސްލާމްދީނުގެ މަތިވެރި އިމުގެ ތެރޭގައި ހުރިހައި އަމަލުތަކެއް ބެހެއްޓުމެވެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރާނީ އިސްލާމްދީނުގެ މަތިވެރި ޝިއާރުތައް އުފުލުމުގައި ނަމޫނާ ގައުމަކަށް ދިވެހި ރާއްޖެ ހެދުމަށް ކަަމަށެވެ. އީދުގެ އުފާ ލިބިގަތުމުގައި ރަށްރަށް ދިއްލުމާއި ތަކުބީރުގެ އަޑު ގުގުމާނެހެން އިންތިޒާމުތައް ހަމަޖެއްސަނީ ވެސް އެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މިއަދު މަސައްކަތް ކުރަންވީ އީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް ކަަމަށެވެ. ހާއްސަކޮށް އީދު ދުވަހަކީ ކުޑަކުދިންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހަދަން ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފާކަމުގެ ކުލުނުން އާ ރޫހެއް ލިބޭ ދުވަހަކަށް ވުމެވެ. ހަމަ އެހެންމެ، ޒުވާނުންނާއި އިސްރަށްވެހީންނާއި މުޅި މުޖުތަމައުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް އީދު ދުވަސް ވުން މުހިންމެވެ،" ރައީސްގެ އީދުގެ ތަހުނިޔާ މެސެޖުގައި ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބްސް
01 April 2025
ބޮކި ދިއްލާ، ހަވާ އަރުވާ ، ޑްރޯންޝޯ އަށް މިލިޔަނުން ޙަރަދު ކުރިއިރު ގައްޒާއަށް އެހީވާން ދިނީ 5 ލައްކަ ރުފިޔާ ކަމަށް މިނޫހުގައި އޮތް.
އަސްަމް އަހުމަދު
30 March 2025
ތެދެއް. ގާޒާގެ އާމުން ޝަހީދުކޮށްފަ ޗުއްޓީ ހަދާލަން ރާއްޖެ އަންނަ އިސްރޭލު މީހާވެސް ތިހެން ބުނޭ
ގުނައިދު ޝަރީފް
30 March 2025
ރައީސް ތި ހައްދަވަނީ ރަގަޅަށް، އިސްލާދީނޭ، ގައްޒާއޭ ކިޔަންޏަ ދިވެހިންގެ ގިނަ ބަޔަކު ތިބޭނެ ގުބޯހެދިފަ.
ވިސްނާށޭ
30 March 2025
ގާޒާ ރައްޔިތުން ލާމު އަތޮޅަށް ގެންނަ ގޮތަށް ވަޒީރުންގެ މަޖްލީހުން ހަމަޖައްސަންވީއޭ ގާޒާ ރައްޔިތުން ލާމު އަތޮޅަށް ގެންނާނީ އެއަތޮޅު އެއްކޮށް ހިއްކާލާ ބްރިޖް ތަކުން ގުޅުވާލާ ގޮތަށޭ އަދި އަރަބި ދުނިޔެ އިން އަހަރަކު 2 ބިލިއަން ޑޮލަރު އެކަމަށް ދޭން ޖެހޭނެއޭ އެފައިސާ އިން ދެބައި ކުޅަ އެއްބައި ހޭދަ ކުރާނީ ރަސްމާލެ ތަރައްގީކޮށް މާލެ އާއި ރަސްމާލެ ބްރިޖް އަޅާށޭ އެއިރުން ގާޒާ ރައްޔިތުން އެތަނުގައި ވަޒަންވެރި ވުމުން މުސްލިމް އުއްމަތް ސަލާމަތްކުރެވުނީއޭ
އަޒާން އައްްޑު
30 March 2025
ގާޒާ ރައްޔިތުން މަތިން ހަދާން ނެތިގެން އުޅެނީ އަރަބި އިސްލަމީ ވެރިން. ރާއްޖެގައި ނަމަ ސަރުކާރާއި މަޖްލިސް މެމްބަރުން. ފެބްރުއަރީ އަށް ނިންމަން ބުނި އަހަރަލަށް ވުރެ ގިނަދުވަސްވި އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލް ގެ ހަބަރެއް އަދިވެސް ނުވޭ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އާއްމު ރައްޔިތުން ތިބީ ފަލަސްތީން ރައްޔިތުންނާއި އެކު. ޢެމީހުންނަށް ވީ ވަރަކުން އެމީހުން މަސައްކަތް ކިރޭ. ޢެހީތެރިވޭ.
ޢަލްޓިކޯ
30 March 2025
ދިވެހި ރައްޔިތުންގެ ކިބައިން ވެސް ހަދާންނައްތަެިލާގެން ނުވާނެ
ގެދާނޯމޮސް
30 March 2025
ތެދެއް އެބުނާހެން ! ވަށިގެން ތިބި އަރަބިން ގެ ބިންތަށް އެމެރިކާއަށް ދީގެން ތިބެ މުސްލިމުން މަރާހުސްވަމުން ދާއިރުވެސް އެއަރަބިއިމާމުންނާއި އެގައުމުތަކުގެ ރައީސުންވެސް ނަމާދުގައި ޕަލަސްތީނުގެ ހާލުގައި ވާ މުސްލިމުންނަށް ސުވަރުގެ އެދި ހެޔޮދުއާ އެބަކުރެއެވެ. މީދެން އަރަތެއްހެއްޔެވެ!!!؟
ނުނން
30 March 2025
އެހެންވެގެން ދޯ އިޒްރޭލް ޕާސްޕޯޓް މަނާނުކުރެވިގެން ލިއުޅެނީ.......
ޖައްސާށޭ
30 March 2025
ގާޒާ ރައްޔިތުންނަށް ކަމެއް ކޮށް ދޭން ދިވެހި ސަރުކާރުން ބޭނުންނަމަ އެމެންނަށް ކުޑަ ފައިސާ ކޮޅެއް ނޫނޭ ފޮނުވަންވީ ލާމު އަތޮޅަކީ ބޮޑު އަތޮޅަކަށް ވުމުން އަރަބި ދުނިޔެ އާއި ގުޅިގެން މުޅި ލާމު އަތޮޅު ހިއްކާ އެތަނަށް ފަލަސްތީނުގެ 1 މިލިއަން މީހުން އާބާދުކުރަންވީ ވާރކް ވިސާގެ ދަށުން އެމެން ރާއްޖެ ގެންނާނީ ކޮންމެ މީހަކު ވިސާފީއެއްގެ ގޮތުގައި މަހަކު 25 ޑޮލަރު މާލޭ ސަރުކާރަށް ދައްކަން ޖެހޭނެއޭ ދެން އެފައިސާއިން ރަސްމާލެ ތަރައްގީ ކުރެވޭނެއޭ...
ަލަފްޒް
30 March 2025
ބްރޯ ގެ ތިޔަ ހިސާބުކުރުން އަދުރޭވެސް ފަހަތަށް ޖައްސާލައިފި. ރަސްމާލެ ހިއްކަން ފައިސާ ހޯދަން ފުރަތަމަ ލާމު އަތޮޅު ހިއްކާލަން މިޖެހެނީ އަދި އެތަން ދިރިއުޅެވޭގޮތަށް ހުރިހާކަމެއް ފުރިހަމަކޮށް...... ތިޔަފަދަ މިހުން މިގައުމުގަ ނެތިގެން މިތަން މި ހަލާކުވަނީ.
ގެދާނޯމޮސް
30 March 2025
އެމުސްލިމުން މިތަނަށް އައިސް ޢީދުއުފާ ކުރުމުން އެކާމާ ނުރުހޭ ނަތަންޔާހޫ ލައްވާ މިއަތޮޅަށް ބޮންއަޅަން ތިކަން ކުރަން ނޫޅޭށެވެެ!