30 މާޗް 2025 - 11:35
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު ހެނދުނު އީދު ސަލާމް ކުރައްވައިފި އެވެ.
އީދު ނަމާދަށްފަހު، ރައީސްގެ ދެކަނބަލުންނާ އީދު ސަލާމް ކުރަން، ގިނަ އަދަދެއްގެ އާންމުން ވަނީ ރިޔާސީ ގަނޑުވަރު މުލިއާގެއަށް ގޮސްފަ އެވެ. އޭގެތެރޭގައި އެކި އުމުރު ފުރައިގެ މީހުން ހިމެނެ އެވެ.
އާންމުން އިތުރުން، ހެނދުނު 9:00 އިން 11:00 އަށް ކުރިއަށްދިޔަ ހަރަކާތުގައި، ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ދައުލަތުގެ ބައެއް ވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މިއަދު ހަވީރުން ފެށިގެން މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް އީދު ފާހަގަކުރުމުގެ ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް ޑރ. މުއިއްޒުގެ ދެކަނބަލުން މިއަދު ހެނދުނު މުލިއާގޭގައި އީދު ސަލާމް ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
މާލޭގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ފަސޭހަކުރުމުގެ ގޮތުން، މިއަދު ހަވީރު 4:00 އިން ފެށިގެން ވެހިކަލް ދުއްވުން ވަނީ މަނާކޮށްފަ އެވެ.
އީދު ދުވަހުގެ ތަހުނިޔާ މެސެޖުގައި ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރާނީ އިސްލާމްދީނުގެ މަތިވެރި ޝިއާރުތައް އުފުލުމުގައި ނަމޫނާ ގައުމަކަށް ދިވެހި ރާއްޖެ ހެދުމަށް ކަަމަށެވެ.
އީދުގެ އުފާ ލިބިގަތުމުގައި ރަށްރަށް ދިއްލުމާއި ތަކުބީރުގެ އަޑު ގުގުމާނެހެން އިންތިޒާމުތައް ހަމަޖެއްސަނީ ވެސް އެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މިއަދު މަސައްކަތް ކުރަންވީ އީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް ކަަމަށެވެ. ހާއްސަކޮށް އީދު ދުވަހަކީ ކުޑަކުދިންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހަދަން ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފާކަމުގެ ކުލުނުން އާ ރޫހެއް ލިބޭ ދުވަހަކަށް ވުމެވެ. ހަމަ އެހެންމެ، ޒުވާނުންނާއި އިސްރަށްވެހީންނާއި މުޅި މުޖުތަމައުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް އީދު ދުވަސް ވުން މުހިންމެވެ،" ރައީސްގެ އީދުގެ ތަހުނިޔާ މެސެޖުގައި ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަދު ސަލީމް
30 March 2025
ކުންފުނިތަކުން ވަޒީފާދީފަތިބި އެންމެން ސަލާމްކުރަން ދިޔަތަ؟ އެހެންވެއްޖެއްޔާ ވަރަށްގިނަ މީހުން ދާނެތާ.
ދެނޯ
30 March 2025
މިހާރު ކުރިން ސަތުކާރުތަކުގަ މަޖުބޫރު ކުރުވިޔަސް. މިހާރު މަޖުބޫރެއް ނުވާނެ. ދެން ހަޖަމުކޮއްލާ
ކުރަންއުޅޭށޭ
30 March 2025
އީދު ސަލާމް ނޫނޭ ރައީސް ކުރައްވަންވީ މުޅި މާލޭގެ ހުރިހާ މަގުތަކެއް ގައި ހިނގާފައި ދާންވީ ގޮސް ބަލަންވީ މާލޭގެ ކުޑަކުޑަ ފިޔާފާޅި ހަދައިގެން ސައިކަލް ދޮންނަ ތަންތަން ހަދައިގެން ނާއި އަދި ކުދި ފިހާރަ ތައް ހިންގާ މީހުން ބަލާ އެމެންގެ ވިޔާފާރި ކުރިއެރުވުމަށް ޓަކައި ހުޅުމާލޭ އިރުން އޮތް ބޮޑު ފަޅު ހިއްކާލާ އެތަނުގައި 150 ބުރިއަށް އިމާރާތް ތައް ކޮންކްރީޓް އިން ހަދާ ކޮންމެ ބަޔަކަށް 1 ހެކްޓަރުގެ ފްލޯރ ސްޕޭސް ދޭންވީއޭ ކުޑަ ކުއްޔަށް ގައުމަށް ފައިދާވާކަމެއް
އަހަރެން
30 March 2025
ރައީސް ގެ ދެކަނބަލުން އީދު ސަލާން މާލޭގައި އެކަނި ބޭއްވުމަކީ އެހެން ރަށްރަށުގައި ތިބޭ ރައްޔިތުންނަށް ވެވޭ ނާއިންސާފެއްނޫންބާއޭ ހިތަށްއަރާ!
ކިހިނެއް
30 March 2025
މިގޮތައް ކުރާތާ ކިތައް އަހަރުތޯ.
12344ކ
30 March 2025
ވ ބޮޑު ނާއިންސާފެއް. އީދު ސަލާމް ހިތަދޫގަ ބާއްވައިފިނަމަ ދެން ތިބި ެައްޔިތުންނަށް އިންތިހާއަށް ނާ އިންސާފު. އީދުދުވަހު 202 ރަށަށް މެންދުރުވުމުގެ ކުރިން އަރާ އެންމެނާ ސަލާމް ކުރެވޭގޮތް ހަދާލެވޭނެ ފަންޑިތައެއް ޖެހޭނީ ހޯދަން.
އަހަރެނާ
30 March 2025
މާލެއަށްވުރެ އާބާދީ ބޮޑު ދެން އެހެން ކޮން ރަށެއްތަ އޮތީ؟ މާލޭގަ އީދު ސަލާން ކުރަނީ ހަމައެކަނި މާލެ މީހުންނާތަ؟ އެހެން ރަށެއްގަ ސަލާން ކުރުމަކީ އާބާދީ އެންމެ ބޮޑު ހިސާބުތަކަށް ވެވޭ ބޭއިންސާފެއްނޫންތަ؟
ސޭފު ވައި
30 March 2025
ބްރަދާ އިޓްސް ނޮޓް ދެޓް ޑީޕް
ހެޔޮނުވާނެދޯ
30 March 2025
އީދު ސަލާމް ކުރާއިރު ކުރީ ސަރުކާރުން ފްލެޓްސް ތައް ދީފައިވާ ނިކަމެތިން އަތުން ފްލެޓްސް ތައް ފޭރިގަތީ ކަމަށް އެފަޤީރުން އެދަނީ 24 ގަޑިއިރު އެވާހަކަ ދައްކާ ރޮމުންނޭ އެގޮތަށް އެމެން ގޮވުމުން ކަޅުތެލުން އެފަކީރުން ފެންވެރުވުން އެއީ ހައްލެއް ނޫނޭ ހަގީގަތުގައި އީދުގެ އުފާ ލިބެނީ މާލޭގައި އުޅޭ އާބާދީގެ ކުޑަކުޑަ ފްރެކްޝަން އަށޭ އެންމެން ތިބީ މިސަރުކާރުން ކުރީ ސަރުކާރުން ދީފައިވާ ފްލެޓްސް ތައް ފޭރިގެންފައިވާތީވެ މާޔޫސް ކަންމަތީ ގޮސް ހުސްވެފްއޭ ހެޔޮނުވާނެ
އެހެނަސް
30 March 2025
ކުރީ ސަރުކާރުންވަނީ މީހުންލައްވާ ދޮގު ލިޔުން ހަދުވައިގެން ޕާޓީ ކުދިންނައް ފްލެޓްތައްދީ އޮޅުވާލައިފައި. އަދި ކަޅުތެޔޮ ޖެހީވެސް އެވެރިން ރާވައިގެން އެކަން ބޮޑު ކުރަން އަދި އެކަން ވެސް ފަޅާއަރަމުން އެދަނީ. އަދި 5 އަހަރުން ދޭން ބުނި އެއްވެސް އެއްޗެއް ނުދީ އެހެން މީހުން ބޮލުގަ އެޅުވޭތޯ ބަލަނީ