އާރިކިޅި ތެރޭގައި މީހަކު މަރުވެފައި. -- ފޮޓޯ: އައްޑޫ ޒާހިދު
02 އެޕްރީލް 2025 - 11:09
އައްޑޫގެ އާރިކިޅީގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުން ބުނީ އާރިކިޅީގައި މީހަކު ހަބަރު ހުސްވެފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 9:33 ހާއިރު ކަމަށެވެ.
އެ މީހާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރޔު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.
އައްޑޫ ހައި ސްކޫލުގެ ބިއްދޮށު މަގުގައި ހުންނަ އެ ކުޅީގައި މަރުވެފައި އޮއްވާ ފެނުނީ ބިދޭސީ ފިރިހެނެކެވެ. އެކަމަކު އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލަ އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންބެ..
02 April 2025
އާރިކިޅި އިނގޭ އާނ.. ވީ އެންމެ ރަނގަޅަކަށް ބަލަން ޖެހޭ
ރަދީދްއޮފިޝަލް / ހިތަދޫ ސީދިގުތަލާ
02 April 2025
ޥަރަށް ހިތާމަވެެރި ހަބަރެއް.މައްޔިތާއަށް ހެޔޮ ރަހްމަތް ލައްވާށި.އާމީން
ޜޯނު އެދުރު އަލަމާ
02 April 2025
ބޮޑަށް ވައްތަރީ ނުބައި އަމަލެއް ހިންގައިފައި ވާ ކަމާ
މޮޔަސޮރު
02 April 2025
އެއީ ކޮންގޮތަކުންބާ ވައްތަރުވީ... ތިބާހާ ނުބައިކަމަށް ހީނުކުރޭ...
އަދަދު
02 April 2025
ދެން ހަތް ދުވަސް ކޮށްލާފަ ފައިލުކޮށްލާ. ގޮތް ނޭގި މަރުވެފަ އޮއްވާ ފެނުނު މީހުންގެ އަދަދުވެސް މިހާރު ނޭގޭ.