ސްޓެލްކޯގެ ކަރަންޓު ބިލެއް ފޯނުން ބަލަނީ: މި ރޯދަމަހު ވެސް ވަނީ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ދީފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
03 އެޕްރީލް 2025 - 12:53
ކަރަންޓު ބިލުގައި ރޯދަމަހުގެ ޑިސްކައުންޓް ހިމެނުމުން ވެސް ބިލްތައް ބޮޑުވީ ހޫނު މޫސުމާ ދިމާވެ، ކަރަންޓު ބޭނުންކުރި މިންވަރު ނުވަތަ ޔޫސޭޖް އިތުރުވުމުން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
މި ރޯދަ މަހު ސަރުކާރުން "ހަދިޔާއެއްގެ ގޮތުގައި" ކަރަންޓުގެ އިތުރުން ފެން ބިލުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދިނެވެ. ނަމަވެސް މަސް ނިމި ސްޓެލްކޯއިން ފޮނުވި ބިލުތައް ބޮޑުކަމަށް ބުނެ ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގައި ޝަކުވާ ކުރަމުންނެވެ.
ބައެއް ބިލްތައް ދެގުނަ ބޮޑުވެފައިވާކަމަށް ވެސް ބައެއް މީހުން ބުނެެ އެވެ. އަނެއްބައި މީހުންގެ ޝަކުވާއަކަށްވީ ޑިސްކައުންޓަށް ލިބުނު ވަރު ކުޑަވުމެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މިއަދު "މިހާރު" އަށް ވިދާޅުވީ ކަރަންޓް ބިލްތައް ބޮޑުވީ ރޯދަ މަހާއި ހޫނު ދުވަސްވަރު ދިމާވުމުންކަމަށެވެ.
ސްޓެލްކޯގެ މުވައްޒަފުންތަކެއް މަސައްކަތުގައި.
އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ ރޯދަ މަހަށްވުރެ މި އަހަރު ޕީކް ކުޑަވި ކަމަށާއި ނަމަވެސް ޖުމްލަކޮށް ކަރަންޓް ބޭނުންކުރި މިންވަރު މައްޗަށް ގޮސްފައިވާ ކަމަށެވެ.
"ދެ ގަޑިއެއް އައި ރޯދަ މަހު ކަރަންޓު ބޭނުންކުރާ މިންވަރު ވަރަށް މައްޗަށްދާ، އެއީ މެންދުރުފަހު [އާންމުކޮށް ބަދިގޭގައި ބޭނުންކުރާ އެއްޗެހި އިތުރު ގަޑިއެއް] ދެން އިނީ އިޝާ ނަމާދު ފަހުން. އެ ގަޑީގަ ޕީކް މައްޗަށް ދޭ ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް. އަދި ނޭނގޭ ކީއްވެ ކަމެއް އެގަޑީގަ މައްޗަށް ދަނީ،" އޭނާ ވިދާޅުވި އެވެ.
ކަރަންޓުން ޑިސްކައުންޓް ދިނުމުގައި އެކި މީހުންނަށް އެކި މިންވަރަށް ދީފައިވާގޮތް ސާފު ކޮށްދެއްވަމުން އޮފިޝަލް ވިދާޅުވީ ޑިސްކައުންޓް ދިނުމުގައި ބެލީ މިދިޔަ ނުވަމަހުގެ ބިލްތަކުގެ އެވެރެޖަށް ކަމަށެވެ.
"ނުވަ މަހު [މީހުން] އުޅެފައި ނެތް ގޭގެ ހުންނާނެ. އެ ތަންތަނަށް އަޅުގަނޑުމެން މި ދިނީ ހަމަ 10 ޕަސެންޓުގެ ޑިސްކައުންޓެއް. ބައެއް ގެތަކަށް އެބަހުރި 1،400 އިން 1،700 އިން ވެސް ޑިސްކައުންޓު ލިބިފައި،" އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯ އިން ކުރިން ވެސް ވަނީ ރޯދަ މަހުގެ ބިލް އާންމު މަސްތަކުގެ ބިލަށްވުރެ ބޮޑު ނުވާ ގޮތަށް އެވްރެޖް ބިލެއް ހަދާނެ ކަމަށާއި ހިސާބުކުރުމުގައި ބަލާނީ ނުވަ މަހުގެ އެވްރެޖަށް ކަމަށް ބުނެފަ އެވެ.
ސްޓެލްކޯއިން ވަނީ ބޭނުން ނުކުރާ ކަރަންޓަށް ބިލް ނުކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ރޯދަ މަސް ފެށުމުގެ ކުރިން ސްޓެލްކޯގެ 350 މުވައްޒަފުން ނުކުމެ، ކަރަންޓު ބިލުގެ ރީޑިން ނެގުމުގެ މަސައްކަތް އެއް ދުވަސް ތެރޭގައި ނިިންމި އެވެ. އެއީ ރޯދަ މަހު ޑިސްކައުންޓު ދޭ ބިލް ވަކިން ހެދުމުގެ ގޮތުން ކުރީގެ ބިލްތައް ވަކިކޮށްލުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުދުލް ޤާދިރު
06 April 2025
ރޯދަމަހު 13 ވަނަ ދުވަހު ގޭ ހުރިހާ ތަނެއްގެ ކަރަންޓް ކަނޑާލާފައި ޗުއްޓީއަށް ރާއްޖެއިން ބޭރަށް ދިޔައީ އެކަމަކު ބިލް އައިއިރު އެހެން މަހެކޭ ތަފާތެއްނެތް. އޮޅުވާލިޔަސް ބޮޑުވަރު
ކަމްބްލަރ
09 April 2025
ބަލަ. ރޯދަމަހު ފުރަތަމަ 12 ދުވަހު ކޮންމެ ދުވަހަކު އަވަނުން ކޭކާއި ބޯކިބާ އެޅީ. ދެން ދަރިން ސުކޫލަށް ނުގޮސް ގޭގަ ކޮމްޕިއުޓަރާއި ގޭމު ކުޅުމުގައާއި ޓީވީ ބެލުމުގެ ފަންކާއާ އޭސީ ޖައްސައިގެން. ދެނޯ؟ އެކަންކަމަށް ރިއާޔައްކޮށްބަލަ.
ދަރި
06 April 2025
މަހީކުރީ ރޯދަމަހު ރޯދަ ހިފީމަ ކަމަށް!
ހަމްދީބެ
05 April 2025
މަސްކޭސް ދިނީމެއްނޫން ކަލޭމެންނަށް އެވަރު އެތިކޮޅެއް ހަމަ ބޮޑުވީވެސް, ދެން މަސްދަޅު އުފުލަން ދިޔަ އެތިކޮޅުލީ. އޯކޭތާ އެހެންވީމަ އަސްލު ބޮޑެއް ނުވޭ. ދޯ?
ކަރަންޓޭބޭބެ
05 April 2025
މީހުން ރުޅި އަރުވަން ނޫޅޭ އިނގޭ.. ބިލް ބޮޑުވީމާ ކަލޭމެން އެހެން ހަދަން ބޭނުންވީމަ
އޮޅުވާލުންން
05 April 2025
މާރިޗް 15 ވަނަ ދުވަހު ހެނދުނު މާލެޏް ބޭރަށް ޗުއްޓީއަށް ގެ ހުސްކޮށްފަ ފުރީ. ފުރިޖުގެ ކަރަންޓް ފިޔަވައި ހުރިހާ ބުރޭކަރުތައް މެއިން ބޮކްސްނއިން ވައްޓާލާފަ ހުންނާނީ. ޢަނބުރާ ގެއަށް އައީ އޭޕްރީލް 3 ގައި. ރޯދަމަހުގެ ބިލް ކޮށްފައި އިން މުއްދަތުގައި ގޭގައި އުޅުނުނީ 2 ހަފްތާ. އެކަމަކުވެސް މިއޮތީ އެހެން ނަސްތަކަށްވުރެ ބިލް ބޮޑުވެފަ. ހަމަ ބުއްދި ހުރިމީހަކު ދެން ބިލް ގަބޫލްކުރާނެތަ؟
ހެހެހެ
05 April 2025
އަދިވެސް ބޮޑު ރޭޓްގެ ޓެރިފް ބަދަލު ނުކުރާތި. ރައްޔިތުން ހަަނާވަނީ. ދެވަނަ ފަހަރަށް ވޯޓަށް އަންނަ އިރު ވިސްނާތި އަހަރެމެން ހަނާ މިވަނީ ކީއްވެގެންކަން
ކިމް
04 April 2025
ރޯދަ މަހަކަސް ބޭނުންކުރީ ހަމަ އެެއްވަރަކަށް ކަރަންޓު. ބިލު ވީ ޑަބަލް
މިސްޓަރ ވާން
04 April 2025
ސްޓެލްކޯ ގެ މަކަރު ފަޅާ އަރައިފި. ބޮޑުން ފްލެޓްތަކާ ބިންތަށް ގަންނަމުން ދަނީ. ގަޓްހުރި ދިހީން ނެއް މިހާރަކު .ފެލާލާއިރު ވެސް ތިބެނީ..........
މަގޭބޮޑުބިލު
04 April 2025
މަށަށް ޑިސްކައުންޓަށް ކެނޑި 2000 ޞިލުކުރީ 3200 ޔައުނީ 5200ރ އެރިޔޭ މިވީހާތަނަށް އެންމެ ބޮޑުކޮށްވެސް އަރާފަ އޮތީ 3800 މިވާހަކަ މަށެއް ޤަބޫލެއް ނުކުރަން
ޖޭމްސް ކުކީ
04 April 2025
ގަވާއިދުން ކޮންމެ މަހެއްގެ ކަރަންޓުބިލް ދައްކަމުންދަނިކޮށް ރޯދަމަސް އައުމާއިއެކު މާޗްމަހު ދެ ބިލް ފޮނުވި. ދެބިލަށްވެސް ލާރިދެއްކި. ދެން ފޮނުވީ ރޯދަމަސް ނިންމާފަ ބިލެއް. ކުރީގެ ހުރިހާމަހަކަށްވުރެ ބިލްބޮޑު. ދެން އެޅުވީ ޑިސްކައުންޓްގެ އަނދުނެއް. އެ ދިނުމުންވެސް ކުރީ ހުރިހާމަހަކަށްވުރެ ބޮޑު. ރައްޔިތުންތިބީ އީދަށް ގައުމުން ބޭރުގަ. ކަރަންޓު ބޭނުންކުރިވަރު ދިޔައީ ދަށަށް. ކެތްތެރިކަމަކީ ކޮޅުންލާ އެއްޗެއްކަން ލަންކާއިންވެސް އިހަކަށްދުވަހު ދެއްކި.