އިންޑިއާގެ މުސްލިމުންގެ އިމާރާތެއް ސަރުކާރުން ނައްތާލަނީ: ވަގުފް ބިންތަކުގެ ކޮންޓްރޯލް ހޯދަން ސަރުކާރުން ވަނީ ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައި.
03 އެޕްރީލް 2025 - 17:20
އިންޑިއާގެ މުސްލިމުންގެ ވަގުފް ބިންތަކާ ބެހޭ ކަންކަން ބެލެހެއްޓުމާ ބެހޭ ގާނޫނަށް އެ ގައުމުގެ ހިންދީ ވަތަނީ ބީޖޭޕޭ ސަރުކާރުން ބަދަލު ގެނެސް އެ ބިންތަކަށް ސަރުކާރުގެ ނުފޫޒު ބޮޑުވާ ގޮތަށް ގާނޫނަށް ބަދަލު ގެންނަ ބިލެއް ފާސްކޮށްފި އެވެ.
ގާނޫނަށް ގެންނަ ބަދަލުގައި، ވަގުފް ބިންތަކާ ބެހޭ ބޯޑުތަކުގައި މުސްލިމުން ނޫން މީހުން ހިމަނަން ލާޒިމްވެ އެވެ. އަދި އެ ބިންތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގައި ސަރުކާރުގެ ދައުރު މިހާރަށްވުރެ މާ ބޮޑަށް އޮންނާނެ އެވެ.
ވަގުފްކުރުމަކީ މުސްލިމަކު އޭނާގެ އުފުލޭ ނުވަތަ ނުއުފުލޭ މުދަލެއް ވިޔަސް ދީނީ ކަންކަމުގައި ބޭނުންކުރުމަށް އަގަކާނުލައި މުޅި އުމުރަށް ހަދިޔާކުރުމެވެ.
އިންޑިއާގައި މިގޮތަށް ވަގުފްކޮށްފައިވާ ބިންތަކުގެ އަގު 14 ބިލިއަން ޑޮލަރަށް އަރަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީން ބުނަނީ 1995 ވަނަ އަހަރު އަމަލުކުރަން ފެށި ވަގުފް ގާނޫނަށް ބަދަލު ގެނައުމަކީ ކޮރަޕްޝަން ހުއްޓުވުމާއި މިސްމެނޭޖްމަންޓް ކުޑަކުރުމާއި އެންމެންގެ ބައިވެރިވުން ބޮޑުކުރުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.
އެކަމަކު އިންޑިއާގެ މުސްލިމުން ކަންބޮޑުވަނީ މިހާރުވެސް އެ މީހުންގެ ގެދޮރާއި މުދަލާއި މިސްކިތްތައް ސަރުކާރުން އެކި އުޒުރު ދައްކައިގެން ނައްތާލަމުން ދާއިރު މި ގެނައި ބަދަލާ އެކު އެފަދަ އަމަލުތައް ހިންގަން ގާނޫނީ ގޮތުން ސަރުކާރަށް ލިބޭ ބާރަކަށް މިކަން ވެދާނެތީ އެވެ.
އެތައް ސަތޭކަ މިސްކިތަކާއި، ދީނީ ބިނާތަކާއި، ގަބުރުސްތާނު ފަދަ ގިނަ އިމާރާތްތަކާއި ބިންތަކަކީ މީގެ އެތައް ޒަމާނެއް ކުރިން، އަދި އެތައް ސަތޭކަ ގަރުނެއް ކުރިން، ގާނޫނީ ރެކޯޑެއް ނެތި ހަދިޔާކޮށްފައިވާ ތަންތަން ވާތީ އެ ތަންތަނުގެ ހަގީގީ މިލްކުވެރިކަމާ ބެހޭ ލިޔުންތަކެއް ނެތެވެ. އެހެންވް މިފަދަ ތަންތަން މުސްލިމުންގެ މިލްކުވެރިކަމުގެ ދަށުން މި ބިލާ އެކު ވަކިވެދާނެ ކަމުގެ ބިރު ބޮޑެވެ.
ވަގުފް ބިލް ފާސްކުރުމުގެ ކުރިން އިއްޔެ ވަނީ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގައި މި ކަމުގެ ބަހުސް ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އިދިކޮޅު ކޮންގްރެސް ޕާޓީން ބުނަމުންދަނީ މިއީ ގާނޫނުއަސާސީއާ ހިލާފް އަދި މުސްލިމުންނާ މެދު ތަފާތުކުރުން އޮތް ބިލެއް ކަމަށެވެ.
ޕާލަމެންޓުގެ ތިރިގޭގެ އަޣުލަބިއްޔަތު ބީޖޭޕީއަށް ނެތުމުން، ގުޅިފައިވާ ޕާޓީތަކުގެ އެހީތެރިކަމާ އެކު ބިލު ފާސްކުރެވުނީ މިއަދު 288 މެންބަރުންގެ ވޯޓާ އެކުގަ އެވެ.
މިއަދު މަތިގޭގައި މި ބިލަށް ބަހުސް ވަނީ ފަށައިފަ އެވެ. އަދި ބިލް އެ ގޮތަށް ފާސްވެއްޖެ ނަމަ ގާނޫނަކަށް ވާނީ ރައީސް ޑްރޫޕަދީ މުރުމޫގެ ރުހުން ލިބުމުންނެވެ.
އިންޑިއާގައި ވަގުފް ބިންތަކާއި އިމާރާތްތަކުގެ ބޮޑުމިން އެއް މިލިއަން އޭކަރު (ގާތްގަނޑަކަށް 1562.5 އަކަމޭލު) އާ އެއްވަރެވެ. އެ ތަންތަން ބަލަހައްޓަނީ އެ ގައުމުގެ ސްޓޭޓްތަކާއި ފެޑެރަލްކޮށް ހިންގާ ޔޫނިއަން ޓެރިޓަރީތަކުގައި ސަރުކާރުން އުފައްދާފައިވާ 32 ވަގުފް ބޯޑުންނެވެ. މިހާރު ކޮންމެ ސްޓޭޓެއްގެ ބޯޑުތަކުގައި ހިމެނެނީ ސަރުކާރުގެ ހުށަހަޅާ މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ގާނޫނު ހަދާ މަޖިލީހުން މުސްލިމް މެންބަރުން (މުސްލިމުން މެންބަރަކު ނެތް ނަމަ ކުރީގެ މެންބަރެއް)، ދީނީ އިލްމުވެރިން، މުދާ ބަލަހައްޓާ މީހުންނެވެ. އެ އެންމެންނަކީ ވެސް މުސްލިމުން ކަމުގައި ވާންޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިންގެ ދިވެހިން ގޮތުގަ!
04 April 2025
ދިވެހިން މިކަމައް ބޯ ނުކޮއްޕަބަލަ! އެހެންބައެއްގެ ގައުމު! އެހެން ބައެއް! ދެން ކޮން ކަމެއް! މުސްލިމުން ސަލާމަތް ކުރައްވާނީ މާތް ކަލާންގެ! ދިވެހިން ދަތްބާރު ކޮއް ދަތް ބިންދައިގެން ދިޔައިމަ ކާކައް ގެއްލުން ވާނީ!
އަހައްމު
04 April 2025
"ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ" ގެ ހާލަތު.. މިމީހުން ޑިމޮކްރެސީ ކިޔަނީ މިކަހަލަ ފޭރުންތައް ފޭރެން ދޯ؟
ހައްގުބަސް.
04 April 2025
އިންޑިޔާ އެތެރޭގަ ދާހިލީ ހަގުރާމަ ފަށަން ޖެހޭ
ގެދާނޯމޮސް
03 April 2025
އެތައް ގަރުނު އެއްގެ ކުރިން އިންޑިޔާ އެއް ނޯވޭ އޮތީ ޕާކިސްތާނެވެ. މިރާއްޖޭގެ ހުކުރު މިސްތާއި ވިލިގީލީގައިވެސް އިންޑިޔާގެ ކަލާންގެ އަޑީގައި ވާތީ މިތަންތަނަށްވެސް ނުސީދާކޮށްވޭ އިންޑިޔާއިން ފާޑުކިޔާފަ އަދި ވަގުތު ނުޖެހެނީ ! މިޙާރު ޕަލަސްތީނުގެ ބިންތަށްވެސް ފޭރެނީ ނޫން...! ތަރައްޤީ އޭނުކިޔާ ރައީސް މުއިޒް މިކަމާވެސް އުޅެން އެބަޖެހެއެވެ.!
އާޕިސްސ
04 April 2025
ކޮންތާކުން ދަސްކުރި ކޮންފޮތެއްގާއޮތް ވާހަކައެއްބާ ބަންގްލަދޭސް އާ ޕާކިސްތާން އާއެކު އެ އިންޑިޔާ. ޕާކިސްތާނު ހަގުރާމައައްފަހު ވަކިގައުމއެއްގެ ގޮތުގާ ވުޖޫދުވީ އަދި އޭގެފަހުން ޕާކިސްތާނުތެރޭ ކުރި ހަގުރާމައައްފަހު ބަންގުލަދޭސް ވަކިގައުމަކައްވެދިޔައީ.
ކިއްލާ2222
05 April 2025
ކޮންގޮތަކަށް ތި މައުލޫމާތު ހޯދަނީ! ކުރިން އޮންނަނީ ހަމަ އެކަނި އިންޑިޔާ! ޕާކިސްތާން އުފެދުނީ އިންޑިޔާ ބައި ކޮށްފަ! މި ކަހަލ އިލްމެއް ނެތް މީހުންގެ ކޮމެންޓް ޖަހާތީ މަސްލަހަތު ގޯސްވަނީ! 1947 ގަ އިންޑީޔާ ބައި ކުރީ އިގިރޭސި އިސްތިއުމާރުން އިންޑިޔާ ދޫކޮށްފަ ދިއުމުގެ ކުރިން!