04 އެޕްރީލް 2025 - 20:47
އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ ދަށުން އުފައްދާފައި އޮންނަ، ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން (ސީއެސްޑަބްލިޔޫ) އަށް ރާއްޖެ މިއަދު އިންތިހާބުވެއްޖެ އެވެ.
އިކޮސޮކްގައި މިއަދު ބޭއްވި އިންތިހާބު ރާއްޖޭން ކާމިޔާބުކޮށްފައިވާއިރު، މިއީ އަންހެނުންގެ ކޮމިޝަނުގައި ރާއްޖެ ތަމްސީލްކުރާނެ ފުރަތަމަ ފަހަރެވެ.
ރާއްޖެ އިންތިހާބުވެފައިވަނީ ކޮމިޝަންގެ 2026 އިން ފެށިގެން 2030 އަށް ކުރިއަށް ދާނެ ދައުރަށެވެ.
އދ. ގައި ހުންނަ ރާއްޖޭގެ މިޝަން އިން ނެރުނު ބަޔާނެއްގައި ބުނީ، އަންހެނުންގެ ބާރުވެރިކޮށް ޖިންސުގެ ހަމަހަމަކަން ގާއިމްކުރުމަށް މި ސަރުކާރުން ގެންގުޅޭ ވަރުގަދަ ސިޔާސަތުގެ ދަށުން ސީއެސްޑަބްލިޔުއަށް ރާއްޖެއިން ކުރިމަތިލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ކަމަށެވެ.
މިއީ އަންހެނުންގެ ހައްގުތައް ކުރިއެރުވުމަށާއި ބާރުވެރިކުރުމުގެ އަޒުމުގައި އެޅި ވަރުގަދަ ފިޔަވަޅެއް ކަމަށާއި މި ކޮމިޝަނަށް އިންތިހާބުވުމާއެކު މި ދާއިރާއިން ރާއްޖޭގެ އަޑު އިތުރަށް ގަދަ ވެގެން ދާނެ ކަމަށް އެ މިޝަނުން ބުނެފައިވެ އެވެ.
ފާއިތުވީ އަހަރުތަކުގައި މިންތީގެ ހަމަހަމަކަމަށް ރާއްޖޭން ގިނަ ސިޔާސަތުތަކަކާއި ގާނޫނުތަކެއް އެކުލަވާލާފައިވާ ކަން ފާހަގަކޮށް އެ މިޝަނުން އިތުރަށް ބުނީ، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ތަޖުރިބާއާ އެކު ސީއެސްޑަބްލިޔުގެ ސިޔާސަތުތައް އެކުލަވާލުމުގައި ރާއްޖޭގެ ފުރިހަމަ ބައިވެރިވުން އޮންނާނެ ކަމަށެވެ.
މި ކޮމިޝަން 1946 ވަނަ އަހަރު އުފެދިފައިވަނީ ސިޔާސީ، އިގްތިސާދީ، އިޖްތިމާއީ އަދި ތައުލީމީ ދާއިރާތަކުގައި އަންހެނުންގެ ހައްގުތައް ކުރިއެރުވުމާއި، އަވަސް ހައްލެއް ބޭނުންވާ އަންހެނުންގެ ހައްގުތަކާ ގުޅޭ މައްސަލަތަކާ ގުޅޭގޮތުން އިކޮސޮކް އަށް ލަފާ ދިނުމަށް މަސައްކަތްކުރާ ކޮމިޝަނެއްގެ ގޮތުގަ އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބައިނަލްއަގުވާމީ އިންތިހާބެއްގައި ވާދަކޮށް ރާއްޖޭން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ.
06 April 2025
ޢ ވެސް ފެއިލް ދ ވެސް ފެއިލް ވެފަ އޮތްތަނެއް ތީ...
ކެކެކެ
05 April 2025
101 ބޭކަލުން ނިދިޖެހޭ ދައުރަކާ ދިމާވިކަން ނަސީބެއް
ވާންޗީ
05 April 2025
ކޮބާހޭ އެއްކަލަ 100 ޝެއިޚުން...
ހޮޓްކިންގ
05 April 2025
ފާލުގަ އެމެރިކާގެ ބޭއިންސާފުކަން ތިތަނުންވެސް ފެންނާތީ ތިޔަ ތަނަކީ ދިވެހިން ބަލައިގަން ތަނެއްވެސްނޫން. އުފަލެއްވެސް ފަޚްރެއްވެސްނޫމެނޫންމެ.
އަލީބޯ
05 April 2025
ވާދަބަޔަކާ ކޮށްގެންތޯ ތިމަގާމުލިބުނީ
މާހިރު
05 April 2025
ތީ ފީކުދާލެއް. އިސްރާއީލުން މުޅި ޣައްޒާ ސުންނާފަތިކޮށް ޣައްޒާގެ ރައްޔިތުން މަރާ ހުސްކުރަމުންދާއިރު އދ. އަށް ކުރެވުނު އެއްވެސްކަމެއްނެތް. ނުވިތާކަށް ޣައްޒާގައި ހުރި އދ. ގެ ތަންތަނަށްވެސް ހަމަލާދީ އދ. ގެ މުވައްޒަފުންވެސް ދަނީ މަރަމުން. ތިތަނުން ހިމާޔަތްކޮށްދެނީ ހަމައެކަނި ޣައިރު މުސްލިމުންގެ ހައްގުތައް. އެހެންކަމުން އދ. ގެ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވުމަކީ ފަޚުރުވެރިވާންޖެހޭވަރުގެ ކަމެއްނޫނެވެ.
މުޝައްރަފު / ލިބޭ
05 April 2025
އެމީހުންނަށް ވެސް އެގެޔޭ އާބާދީގެ ނިސްބަތުން އަންހެނުންގެ ކޮމެޓީ އެންމެ ގިނައީ ރާއްޖޭގައިކަން.
ލޮނުމަޑު
05 April 2025
ތިޔައީ ބޭނުން ހިފޭ ތަނެއް ނޫން.
ނުރުﷲ
05 April 2025
އުފާވެރި ހަބަރެއް. ގައުމަށް ފައިދާވާނެ ގޮތް މިކަމުން ހޯދޭނެ
އ
04 April 2025
ތީ އެއްވެސް އަގެއް އޮތްތަނެއް ނޫން