ސީއައިޑީގައި އޭސީޕީ ޕްރަދިއުމަންގެ ރޯލު ކުޅޭ ޝިވާޖީ ސަތަމް.
06 އެޕްރީލް 2025 - 10:13
އިންޑިއާގެ ސޮނީ ޓީވީން ގެނެސްދޭ މަގުބޫލު ޓީވީ ޝޯ "ސީއައިޑީ"ގެ އެންމެ މުހިންމު އެއް ކެރެކްޓާ ކަމަށްވާ އޭސީޕީ ޕްރަދިއުމަން އެ ޝޯގައި މަރުވެއްޖެ އެވެ.
އެ ޝޯގައި އޭސީޕީ ޕްރަދިއުމަންގެ ރޯލު ކުޅެނީ ޝިވާޖީ ސަތަމް އެވެ.
ސޮނީން މިހާރު ވަނީ އެ ޝޯގައި އޭސީޕީ ޕްރަދިއުމަން މަރުވާކަން ޔަގީންކޮށްދީ، ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ. ނަމަވެސް، އޭނާ މަރުވާ އެޕިސޯޑު އަދި ނުދައްކަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ޝޯގައި ހިނގާ ހާދިސާއެއްގައި އޭސީޕީ ޕްރަދިއުމަންގެ ކެރެކްޓާ މަރާލަނީ ޝިވާޖީ އެ ޝޯއިން ވަކިވާން ނިންމާފައި ވާތީ އެވެ.
In the loving memory of ACP Pradyuman… A loss that will never be forgotten 💔#CIDReturns #RIPACP #CID2 #SonyTV pic.twitter.com/VqJMw4k7uH
— sonytv (@SonyTV) April 5, 2025
"ސީއައިޑީ"ގެ އާ ސީޒަންގެ އެޕިސޯޑުތައް މިހާރު ނެޓްފްލިކްސް އިން ވެސް ސްޓްރީމް ކުރެ އެވެ.
"ސީއައިޑީ" ހުއްޓާލިތާ ހަ އަހަރު ފަހުން އާ ސީޒަންއެއް ފެށީ މިދިޔަ އަހަރު އެވެ. އާ ސީޒަން ފެށީ ކުރިން ވެސް މި ޝޯގައި އުޅުނު ކެރެކްޓާސްތަކާ އެކުގަ އެވެ.
"ސީއައިޑީ" އަކީ 1998 ގައި ސޮނީން ދައްކަން ފެށި ޝޯއެކެވެ. އޭގެ 20 އަހަރު ފަހުން މި ޝޯ ހުއްޓާލީ 1،547 އެޕިސޯޑު ގެނެސްދިނުމަށް ފަހު އޮކްޓޯބަރު 27، 2018 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
07 April 2025
ޝޯގައި މަރާލުމަކީވަރަށްފަސޭހަކަމެއް، މިހާރުވެސް ބައެއްއެޕިސޯޑުތަކުގައި އޭސީޕީ ޕްރަދިއުމަން މަރުނުވެސަލާމަތްވަނީ ކިރިޔާ! އެހެންނަމަވެސް އަޅުގަނޑަށްގަބޫލުކުރެވޭގޮތުގައި އޭސީޕީ ޕްރަދިއުމަން ޝޯއިންރިޓަޔާކުރުމަކީ ސީއައިޑީޝޯގެނިމުން ގެނުވާނެކަމެއް، މުޅިޝޯއަށްމީހުންދޭޝައުގުވެރިކަމުގެ %50 ހިފަހައްޓަނީ އޭސީޕީ ޕްރަދިއުމަން ކަމަށްގަބޫލުކުރެވޭ، އޭސީޕީ ޕްރަދިއުމަންގެ ރޯލަށްއެހެންމީހަކު ބެލުންތެރިން ބަލައިނުގަންނާނެކަމަށްފެނޭ!!
ޅާލު
07 April 2025
ސާބަސް މަ ހީކުރީ އޭނަ އަސްލުވެސް މަރުވީ ކަމަށް
ގުލޭ
07 April 2025
މިއީ ވަރަށް ދެރަކޮށް ހިނގި ކަމެއް. ޝޯ މަތިން ވެސް ފޫހިވެއްޖެ.
ރޯމިއޯ
07 April 2025
20 އަހަރުވީ ފަހުންވެސް ޕްރޮމޯޝަން ގަނޑެއްވެސް ނުލިބިހުރެ އެ ނިމިދިޔައީ، ކިހާދެރަ!
އަޅި އަލީ
07 April 2025
ސަބް ކުޗް ގަޑްބަޑް ހޭ!