ފިޝަރީޒްގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ޝާފިއު އާއި މިފްކޯގެ ޑެޕިއުޓީ މެނޭޖަރު އިބްރާހިމް ސައީދު (ކޭޑު).
06 އެޕްރީލް 2025 - 20:28
ފިޝަރީޒްގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ޝާފިއު އާއި މިފްކޯގެ ޑެޕިއުޓީ މެނޭޖަރު އިބްރާހިމް ސައީދު (ކޭޑު) މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ޝާފިއު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްވެރި ސިނާއަތުގެ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ އުއްމީދުގައި މިއަދުން ފެށިގެން ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ޝާފިއު މިރޭ "މިހާރު" އަށް ވިދާޅުވީ އެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުން އެ ދާއިރާއަށް ކުރިއެރުން ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މިފްކޯގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ އިތުރުން މީޑިއާ އޮފިޝަލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ކޭޑު އިސްތިއުފާ ދެއްވުމަށް ފަހު މިފްކޯގެ މީޑިއާގެ ވަޓްސްއެޕް ގްރޫޕަށް މިއަދު ފޮނުވި މެސެޖެއްގައި ވިދާޅުވީ އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންގައި އޭނާ މަސައްކަތް ކުރި މުއްދަތުގައި ވަރަށް ގިނަ ގޮންޖެހުންތަކާ އެކުގައި ނަމަވެސް ވަގުތުން ވަގުތަށް މައުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތްކޮށް، ކުންފުނީގެ މަގުބޫލުކަން ދެމެހެއްޓުމަށް މަސައްކަތްކޮށްފައި ވާނެ ކަމަށެވެ.
"އަޅުގަނޑު އެދެނީ އަބަދުވެސް، މިފްކޯއަކީ ހަރުދަނާ، ދެފުށް ފެންނަ، އަދި ކޮރަޕްޝަނުން އެއްކިބާވެފައިވާ، މުޖުތަމައުއަށް ތެދުވެރިކަމާ އެކު ހިދުމަތް ކުރާ ކުންފުންޏަކަށް ވެގެން ދިއުން،" ކޭޑު ވިދާޅުވި އެވެ.
ކޭޑު ވިދާޅުވި ގޮތުގައި، މިފްކޯ އަށް ކުރިއެރުމާއި ކާމިޔާބީ އެދުނު ނަމަވެސް، ކޮންމެހެން ބޭނުންވާ އިސްލާހީ އެޖެންޑާ ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ބާރެއް ލިބިފައިނުވާކަން ވަރަށް ސާފެވެ.
މިފްކޯގެ އެމްޑީ އަދި ސީއީއޯގެ މަގާމުގައި މިދިޔަ މަހުގެ ކުރީކޮޅާ ހަމައަށް ހުންނެވީ ސްވިޒަލޭންޑްގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އެވެ. އޭނާ ވަކިކުރުމަށް ފަހު، އެ މަގާމަށް ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު ވަނީ އައްޔަންކުރައްވައިފަ އެވެ.
ވިޓާލީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު މިފްކޯގެ ތިން ޖެނެރަލް މެނޭޖަރުން ވަކިކުރި އެވެ. އެ ތިން މީހުންނަށް މިހާރު ވަނީ އަލުން ވަޒީފާ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭއެފްޕީ
07 April 2025
ސުޕަމެޖޯރިޓީ ހޯދާފަ މެންބަރުން ލޮކްކޮށްލެވެންދެން ތިއެންމެން ބޭތިއްބީ :ޕ
ހަހަހަ
07 April 2025
ޔޫކުރޭނު މީހާ ހުރިއިރު މީނާއަށް ހުރިހާ ބާރެއް އޮތީ. ވާނުވާ ނޭނގޭ މީހެއްވީމަ މީނަ ހޭވީ ހުސް ހަޑި. މިހާރު މި ކިޔަނީ ކޮރަޕްޝަނޭ، ފަސާދައޭ.
ޑރ. އަސާސީ
07 April 2025
މިސަރުކާރުގެ ހާލަތު ފެނިފަ ގިސްލަން؟ ސެޓްފިކެޓެއް އޮތަސް ކަންކަން ނުކުރެވޭނެކަން. މިއަދު މިއެނގެނީ؟ ބަދަލް ހިފުމުގެ ރޫހެއްގަ ނިކުންނަ ބަޔކަށް ކޮށްދެވޭނެ ކަމެއްވެސް ނޯންނާނެތާ؟
ބައްޗު
06 April 2025
ދަށުންދަމާ ނުކުޅެވޭނެ ކަން އެނގުނީމަ އަވަހަށް ބަޗަނީ.. ހީޙީ ހަލާކު...
ޖުމާ
06 April 2025
ޝާފިއުމެންނަކީ ހަރުދަނާ މީހުން ވީމާ ކަންކަން ވަމުންދާގޮތް އެނގިތިބެ އެކަންތައްތަކުގެ ތެރޭގައި އަޅުދާސްތުވެގެން ތިބޭކަށް ބޭނުމެއްނުވާނެ، ވަރަށް ރަނގަޅު ނިންމުމެއް، ކޮންމެހެން ސިޔާސީ ވަޒީފާއެއްގައި ނޫޅުނަސް ރަނގަޅުވަޒީފާއެއް ލިބިދާނެ، ސިޔާސީ ވަޒީފާއަކީ ބޮލުރިހުމެއް
ޑރ ވާންޗޯ
06 April 2025
ލަފާކުރެވޭގޮތުގަ ކުރީން ފަރީއްކުޅުއްވިގޮތަށް އާސީއީއޯ ގެދަށުން ފަރީއްނުކުޅުއްވޭނެކަން ޔަގީންވީމަ ކޮންމެސް އެހެން ދިމާލަކަށް އައްޔަނުކުރައްވާނެކަމުގެ އުންމީދުގަ ދިޔައީ.
ބޭބޭގެ އިބުރާ
06 April 2025
ބަރާ ބަރު!】ވާ ގޮތަކީ މަޤާމަށް ކުފޫ ހަމަ ނުވާ ކަމަށް އަމިއްލަ ބުއްދި އަށް ޤަބޫލު ކުރެވިގެން އިސްތިއުފާ ދެނީ ކަމަށް ތުހުމަތު ކުރެވެނީ
މހއމ
07 April 2025
އެހެން ދިމާލަކުން ވަޒީފާ ހަމަޖެހުނީ ކަމަށް ލަފާކުރެވެނީ.