އަކްރަމް: އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ބަލަން ހައި ކޯޓުން ވަނީ ނިންމާފައި - ފޮޓޯ: މިހާރު
08 އެޕްރީލް 2025 - 14:19
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ބާތިލްކުރަން އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމާފައިވާ ނިންމުން ބަދަލުކޮށްފި އެވެ.
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ ކަންކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ފަށާފައިވާ ތަހުގީގުގެ ބޭނުމަށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.
އެ އަމުރު ބާތިލްކުރަން އަކްރަމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ނަމަވެސް، އެ ކޯޓުން ފުރަތަމަ ނިންމީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އެއީ އެ މައްސަލަ އަކީ ދަށު ކޯޓަށް ހުށަހަޅައިގެން ބަހުސްކޮށް އަދި މުރާޖާ ކުރުމުގެ ފުރުސަތު އޮތް މައްސަލައަކަށް ވާތީ ކަމަށް ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.
އެ ނިންމުން އަކްރަމްގެ ފަރާތުން ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން އެ މަޖިލީހުން ނިންމީ އަކްރަމްގެ ޕޯސްޕޯޓާ ގުޅޭ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވީ ރަނގަޅަށް ނޫން ކަމަށެވެ. މިގޮތަށް ނިންމީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
އަކްރަމްގެ ޕާސްޕޯޓް ފުރަތަމަ ހިފެހެއްޓީ މިދިޔަ 20 ޑިސެމްބަރުން ފެށިގެން 1 މަސް ދުވަހަށެވެ. ނަމަވެސް، އޭގެފަހުން ކްރިމިނަލް ކޯޓުން ވަނީ އެ މުއްދަތު އިތުރު އެއް މަސް ދުވަހަށް ދަންމާލައިފަ އެވެ. އަކްރަމް ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓައި، މުއްދަތު އިތުރުކޮށްފައިވަނީ އޭނާއާ ތަހުގީގުގައި އެއްވެސް ސުވާލެއް ވެސް ކުރުމެއް ނެތި އެވެ.
އަކްރަމްގެ އިތުރުން ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފާއި ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގާމް ވަހީދާއި ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމްގެ ޕާސްޕޯޓް ވެސް އެ މައްސަލާގައި ހިފަހައްޓާފައިވެ އެވެ.
ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންގެ ލިސްޓުގައި ނެތް ނަމަވެސް، ގޯތި ލިބުނު ކަމުގެ ރަޖިސްޓްރީ ގެންގުޅުނު މައްސަލައެއް ފަޅާއަރައި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ ލިޔުންތައް ދިނީ ކުރީގެ ސަރުކާރުން ކަމަށް، އެ މައްސަލައިގައި ފުލުހުން ސުވާލުކުރި ހަ މީހަކު ތަހުގީގަށް ބަޔާން ދީފައިވާ ކަމަށް ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަނީ ބުނެފަ އެވެ.
އަކްރަމާއި އާރިފްއަކީ ކުރީގެ ސަރުކާރުން ފްލެޓާއި ގޯތި ދިނުމަށް އުފެއްދި ހާއްސަ ކޮމިޓީގައި ވެސް އިސްކޮށް ތިއްބެވި ބޭފުޅުންނެވެ. އެ ބޭފުޅުންނަށް ދައުވާ ކުރަން މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް ދޭން ނިންމި ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި އޭސީސީން ކުރި ބޮޑު ތަހުގީގަށް ފަހު ބުނީ ފުރަތަމަ 4،000 ފްލެޓް ދޭން އޭރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި މީހުންގެ ތެރެއިން ފްލެޓަށް ހުރިހާ ޝަރުތެއް ހަމަވަނީ އެންމެ 20 ޕަސެންޓް މީހުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުފޫހަމަނުވޭ
09 April 2025
ވެރިކަމުގައި 2 އަހަރު ވީއިރުވެސް ތުހުމަތު ކުރެވޭ ކަމެއްގައި ޖަވާބުދާރީ ނުކުރެވި ހުރުމުން އެކަމުގެ އިހުމާލު މިސަރުކާރުގެ މައްޗަށް އޮންނާނެ. 2 އަހަރު ފަހުން ކޮންމެހެން މީހެއްގެ ޕާސްޕޯޓް ހިފެހެއްޓީ ރައްޔިތުންނަށް ކޮންއެއްޗެއް ދައްކަންތޯ. އިޚުލާޞްތެރިކަމެއް ހުރެގެން ކަމެއް ކުރާކަށް ނޫން ތިއުޅެނީ. މިހާރަކު ނުޖެހޭ ޕާސްޕޯޓް ހިފަހައްޓައިގެން ތިބޭކަށް. މައްސަލައެއް ބަލަންއުޅޭ ބަޔަކުނަމަ ތިކަން ނިންމާހާ ދުވަސްވެއްޖެ.
އާދަމް ކުރޮޅި
09 April 2025
ބަދަލުފައިސާ މިލިޔަނުން ހޯދޭނެ ފެށުމެއް
އާދިލް ސައީދު
08 April 2025
މިކަމުން އަހަންނަ ފާހަގަވީ ކޯޓްތަކަށް ސަރުކާރުފެ ނުފޫޒް ނެތްކަން.
އެކަލޯ1
09 April 2025
މަކަމުން މަށަށް ދޭހަވީ ނުފޫޒް ނެތްކަން ދައްކަން ކުރި ކަމެއްގެ ގޮތުގަ.
އަކްޝާމް އިސްމާއިލް
08 April 2025
ފްލެޓް ،، އަކްރަމް ހައްޔަރު ކުރޭ
ވާންޗޯ
08 April 2025
ކޮން މަސަލައެއް ގާ ޕާސްޕޯޓް ހިފަހައްޓަން ޖެހުނީ؟
ޝައިމަން ސައީދު
08 April 2025
ފުރިގެން ނުވާނެ. ޖަވާބްދާރީ ވާން މީނަ ޖެހޭނެ. ބަލަ ހާދަ މީހެއްގެ ހައްގަކަށޭ މީނަ އެރީ
އަދުހަމް ތައުފީގް
08 April 2025
ރައްޔިތުންގެ ބޯހިޔާވެހިކަން މިދިޔަ ވެރިކަމުގައި ފޭރިގަތީ މީނަ އެއްމެ އިސްކޮށް ހުރެ
ސަމާހް ހަސަން
08 April 2025
އަކްރަމް ހިފަހައްޓަން ޖެހޭ. މީ ފްލެޓް ..
ދއުހޔ1ް
08 April 2025
ކަނޑުފަޅުން ގޯތި ދީ މީހުން ގަޅިހެއްދި މައްސަލަ ބަލަންވާނެ.
މައްކު
08 April 2025
މިބޭފުޅާ އަކީ ދިވެހި ރައްޔިތުންނަށް އިއާދަނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ދީފަ ހުރި މީހެއް. މާލޭގެ އަގު ބޮޑު ބިންތައް ހިލޭ ރޭސިސްޓް އުސޫލު ހަދާ ބަހާލާފަ ހުރި އެތައް ބައެއްގެ ދިރިއުޅުމުގެ ހައްޤަށް އެރުމުގެ މޭސްތިރި އަކީ މިއީ.