އަކްރަމް: އޭނާ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ހައި ކޯޓުން މިއަދު ވަނީ ބާތިލްކޮށްފައި - ފޮޓޯ: މިހާރު
29 އެޕްރީލް 2025 - 12:13
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ ކަންކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ފަށާފައިވާ ތަހުގީގުގެ ބޭނުމަށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.
އެ އަމުރު ބާތިލްކުރަން އަކްރަމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ނަމަވެސް، އެ ކޯޓުން ފުރަތަމަ ނިންމީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އެއީ އެ މައްސަލަ އަކީ ދަށު ކޯޓަށް ހުށަހަޅައިގެން ބަހުސްކޮށް އަދި މުރާޖާ ކުރުމުގެ ފުރުސަތު އޮތް މައްސަލައަކަށް ވާތީ ކަމަށް ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.
އެ ނިންމުން އަކްރަމްގެ ފަރާތުން ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން އެ މަޖިލީހުން ނިންމީ އަކްރަމްގެ ޕޯސްޕޯޓާ ގުޅޭ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވީ ރަނގަޅަށް ނޫން ކަމަށެވެ. އެހެންވެ، އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން ނިންމި އެވެ.
މައްސަލައިގެ މިއަދު ހައި ކޯޓުން ކަނޑައެޅީ އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ. އެހެންވެ، އެ އަމުރު ބާތިލްކޮށް، އަކްރަމްގެ ޕާސްޕޯޓް ދޫކޮށްލަން ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އަކްރަމްގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ވެސް ހައި ކޯޓުން މިއަދު ވަނީ ބާތިލްކޮށްފަ އެވެ.
އަކްރަމްގެ ޕާސްޕޯޓް ފުރަތަމަ ހިފެހެއްޓީ މިދިޔަ އަހަރުގެ ޑިސެމްބަރު 20 އިން ފެށިގެން އެއް މަސް ދުވަހަށެވެ. ނަމަވެސް، އޭގެ ފަހުން ކްރިމިނަލް ކޯޓުން ވަނީ އެ މުއްދަތު އިތުރު އެއް މަސް ދުވަހަށް ދަންމާލައިފަ އެވެ.
އަކްރަމް ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓައި، މުއްދަތު އިތުރު ކޮށްފައިވަނީ އޭނާއާ ތަހުގީގުގައި އެއްވެސް ސުވާލެއް ވެސް ކުރުމެއް ނެތި އެވެ.
ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންގެ ލިސްޓުގައި ނެތް ނަމަވެސް، ގޯތި ލިބުނު ކަމުގެ ރަޖިސްޓްރީ ގެންގުޅުނު މައްސަލައެއް ފަޅާއަރައި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ ލިޔުންތައް ދިނީ ކުރީގެ ސަރުކާރުން ކަމަށް، އެ މައްސަލައިގައި ފުލުހުން ސުވާލުކުރި ހަ މީހަކު ތަހުގީގަށް ބަޔާން ދީފައިވާ ކަމަށް ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަނީ ބުނެފަ އެވެ.
އަކްރަމާއި އާރިފަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފްލެޓާއި ގޯތި ދިނުމަށް އުފެއްދި ހާއްސަ ކޮމިޓީގައި ވެސް އިސްކޮށް ތިއްބެވި ބޭފުޅުންނެވެ. އެ ބޭފުޅުންނަށް ދައުވާ ކުރަން މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.
ކުރީގެ ސަރުކާރުގައި، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް ދޭން ނިންމި ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި އޭސީސީން ކުރި ބޮޑު ތަހުގީގަށް ފަހު ބުނީ ފުރަތަމަ 4،000 ފްލެޓް ދޭން އޭރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި މީހުންގެ ތެރެއިން ފްލެޓަށް ހުރިހާ ޝަރުތެއް ހަމަވަނީ އެންމެ 20 ޕަސެންޓް މީހުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
30 April 2025
ކޮބާ ވަގަށް ގޯތި ބޭބެޔާ ހަވާލުކުރި ފަޒުލް އަދި ވަގަށް ގޯތި ދަމަގަތް ފަޒީލް. އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތި މާލެތެރޭގަ އުޅޭތަން ފެނޭ.
އ.ނ.ތ
29 April 2025
ޝަރުއީ ނިޒާމު ރަނގަޅު ކޮށްގެން ނޫނީ މިގައުމު ރަނގަޅެއް ނުވާނެ.
އޮފިސަރު
29 April 2025
ކޯތު ތައް ނުނިދާ ރެޔާ ދުވާލު އަވަސް ބުރައް ލައިގެން މާލެއަށް ނިސްބަތްވާ ސިޔާސީ މީހުންގެ ކަންތަކުގައި. ކޯޓު ތަކައް ވަރައް ސަލާމޭ.
ނެޕޮ ސީނިއާ ބޭބީސް
29 April 2025
ހުއް. މިވެސް ކާފު މާލޭ ނަށާޕާޓީ ބިންވެރި މަހުޖަނެއް. މުޅި ލޯ އެންފޯސްމަންޓާ ޖަސްޓިސް ސިސްޓަމް މިމީހުންނަށް ސަޖިދަ ޖަހައިން!! އާއްމު ރައްޔިތު މިހާގެ މައްސަލައެއް ކޯޓުގައި އޮތިއްޔާ ގޮސް ދިހަ ބާރު އަހަރުވާއިރުވެސް ޕާސް ޕޯޓު ގަނޑު ދޫނުކުރޭ
ލޯޔަރު
29 April 2025
ތެދެއް ތީ. އެންޑީޕި އަކަސް ޕީއެންސީ އަކަސް ހަމަ ކޮންމެ ޕާޓީ އަކަސް އެންމެ އިސްވަނީ މި މާލެ ބިންވެރި މަހުޖަނުންނާ އެމީހުން އައުލާދުގެ ކަންކަން. ޢަދުލު އިންސާފަކީ ވެސް ޕޮލިޓިކްސް އަކީ ވެސް އެމީހުންގެ މަސްލަހަތު ހިމާޔަތް ކުރާ މެޝިނަރީ ތަކެއް.
ކޯޓުތައް ވެސް އުވާލާ
29 April 2025
މައްސަލައެއް ބަލައިގަންނަން ވެސް 1’ މަސް. ރާއްޖެތެރެ މީހާގެ ސިޔާސީ ބާރެއް ނެތިއްޔާ މައްސަލަ ބަލައިވެސް ނުގަނޭ.
އަދާލަތު
29 April 2025
އަކުރަމަށް ނަފުސާނީގޮތުންލިބުނުގެއްލުމުގެބަދަލުހޯދުމަށާއި އަބުރުގެދަޢުވާ ކުރަންޖެހޭނެ.
ރޔތމހ
29 April 2025
މީހުންނަށް ދައުވާ ކުރަންޖެހޭނީ މިގައުމުގަ ހިންގި އެންމެ ބޮޑު ރޭސިސްޓް ކަންތައް ހިންގޔމުގެ ދައުވާ، ވަކި ތަނަކަށް އުފަން މީހުންނަށް ދައުލަތުގެ ހުރި ފުރުސަތު ފަހި ކޮށްދެވޭތަ؟ ކުރިންވެސް އަމަލު ކުރަމުން އައީ އެތަނެއްގެ ރައްވެހިންނަށް އިސްކަން ދޭ އުސޫލުން ހުރިހާ ދިވެހި ރައްޔިތުންނަށް ފުރުސަތު ހުޅުވާލާ ގޮތައް