އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ
08 އެޕްރީލް 2025 - 22:47
އިދިކޮޅު އެމްޑީޕީގެ "އާދަޔާ ޚިލާފު" ކޮންގްރެސްއެއް ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅައިފި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވަން ތާވަލް ކޮށްފައިވާ ގައުމީ މަޖިލީހުގެ ޖަލްސާއަށް ވަނީ އާދަޔާ ހިޔާލު ކޮންގްރެސް ބޭއްވުމާ މެދު ގޮތެއް ނިންމުމަށް އެޖެންޑާކޮށްފަ އެވެ.
އެ ދުވަހުގެ ބައްދަލުވުމުގެ އެޖެންޑާގައި ވާ ގޮތުން އާދަޔާ ހިލާފު ކޮންގްރެސްއެއް ވީ އެންމެ އަވަހަކަށް ބާއްވަން ނިންމައި، ތާރީޚެއް ކަނޑައެޅުން ވަނީ ހިމަނައިފަ އެވެ. އަދި އެކަމާ ގުޅިގެން އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަމަށް ކޮމިޓީއެއް ނެގުމަށް ވެސް ވަނީ ހިމަނައިފަ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން ކޮންގްރެސް ބާއްވަން ޖެހެނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު އެވެ. ނަމަވެސް، އެ މުއްދަތުގައި އާދަޔާ ހިލާފު ކޮންގްރެސް ބޭއްވުމުގެ ފުރުސަތު އޮވެ އެވެ.
އެމްޑީޕީން އެންމެ ފަހުން ކޮންގްރެސްއެއް ބޭއްވީ އޮގަސްޓު، 2022 ގަ އެވެ. ގައުމީ މަޖިލީހުގެ މެންބަރުންނާއި މޭޔަރުންނާއި ގޮފިތަކުގެ ރައީސުންނާއި ކައުންސިލަރުން ހިމެނޭހެން އެ އަހަރުގެ ކޮންގްރެސްގައި 1،400 އަށް ވުރެ ގިނަ މެންބަރުން ވަނީ ބައިވެރިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަރުޖަމާ
10 April 2025
އެސްޓްރާ އޯޑިނެރީ ކޮންގްރެސް އަކުރުން އަކުރަށް ދިވެހިކޮށްފަ ލިޔުނީމަ ތިޔަ ޒާތުގެ ހިނިއަންނަ އެއްޗެއް ލިޔެވޭނި… “ސަރުކާރުގެ ތަރުޖަމާނު” މި ބަސް އިނގެރޭސިން ބުނާނި ގަވަރމަންޓްސް ޓްރާންސްލޭޓަރ” އޭ ދޯ އެހެންވީމަ ނޮޓް ދި ގަވަރމަންޓްސް ސްޕޯކްސް ޕާރސަން އެހެންނު..
ޑރ ވާންޗޯ
09 April 2025
ދެބުރަށްވެސް އާދަޔާޚިލާފްއަށް ފަލީހަތްވެގެންދިޔަބަހަކު އަދިވެސް ވީ ފަލީހަތުގެ އަލާނުފިލަނީކަމަށްވާނީ.
ފޫވައް
09 April 2025
ފޫވައް ވައްޓާލައި ރޫޅާލި ވާހަކަ ބަޔަކު ބުނި. ހިތަށް އަރަނީ ވެއްޓޭ ފޫވަކެއް އެހާ ފަސޭހައިން ހަރުކޮށްލެވިދާނެ ބާވައެވެ. އަދި ފޫވައް ވައްޓާލާފައި ރޫޅާލާފައި އޮތް އެއްޗެއް އަލުން ބަލުން ރޭވޭނީ ކިތައް ވައްތަރުގެ ކިތައް ފުޅި ތެރަސް ލައިގެން ތަކޮށްގެން ބާވައެވެ. އަދި އަމުދުން ތަތްކޮށްގެން ވައްތައް ހަރުކޮށްފައިވެސް ފޫވައް ޖަހާފައި މައްޗަށް ނަގާއިރަށް ފޫވައް ވެއްޓޭނެ ގޮތެއް ނުވާނެ ބާވައެވެ. ފޫވައް ވެއްޓި ރޫޅިއްޖިއްޔާ ދެން ކިހާވަރަކުން ދާނެ ބާވައެވެ.
ނިހާމު
09 April 2025
ލީޑަރސިފު ފެއިލުވެފަ ވާ ޕާޓީއެއ
ސޯލިހު
09 April 2025
ގައުމުން ގެއްލުނު ކަނޑުގެ ބައި ހޯދަން ބައްވާ މީޓިންނެއްތަ؟
ސޫހާ
09 April 2025
ޕާޓީ ސިސްޓަމު ވަނީ މިގައުމުގަ ފެއިލުވެފަ ބޮޑު ދެޕާޓީ އައް ސުޕެމެޖޯރީޓީ ދިނީމަވެސް ގައުމައް އައި ތަރަޢްގީ އެއް ނެތް ސިޔާސީ ވެރިން މުއްސަނދިވެ ނިކަމެތިން އިތުރައް ނިކަމެތިވި ވ ފޫހި
އަލީބަލީ 09 އެޕްރީލް 2025 11 14
09 April 2025
ރަތްޔަތުން ގުނބޯ ހައްދާހެދުނު ދުވަސް މާޒީވެގޮއްސި ކޮންކަމަކުން فضيحة ވާންތިއުޅެނީ ތިބައިގަނޑުގެ އިރުވަނީ އޮއްސިފައި ދެންވެސް ތިތިބިޙާލަތުގައި ތިބޭ ދެނވާނެއެއްކަމެއްވެސްނެތް 11 19
ތުއްތޮންބެ
09 April 2025
'ގައިކޮޅު ގައިގާދުރު'
ބަބްސް
09 April 2025
ވަރަށް ތެދަށް މިބުނަނީ މ.ޑ.ޕ ދުންފިނިގެއިން ފެށިގެން ވަރަށް އުއްމީދުކުރި ޕާޓީ އެއްތިއީ .. އެކަމަކު މިދިޔަ ދައުރުގައި ކަލޭމެންވަނީ މ.ޑ.ޕ ގެ އުފަންކުރަން ޖެހުނު ސަބަބު ހަދާންނެތި ދެންތިބި ޕާޓީ ތަކުގެ ފަލްސަފާ އަށް ތާއީދުކޮށް މުޅި ޕާޓީ ފުންޑާލާފަ. ދެން ހަމަ ލަލަލާ ... ވޯޓެއް ދޭނެ ޕާޓީއެއް ދެންނެތް.
ޕީއާރު
09 April 2025
ކުލިކު ބެއިޓު. ޕީއާރުން ރައްޔިތުން ގުބޯހެއްދުންނޫން ކަމެއް ނޯވޭ ދޯ