އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް
09 އެޕްރީލް 2025 - 05:43
ޣައްޒާ އަކީ "މީހުން ގަތުލްކުރުމުގެ މައިދާނަކަށް" ހަދާފައިވާ ކަމަށާއި، އެތަނުގެ އާންމުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަމުގައި އިޒްރޭލުން ހާމަކަން ބޮޑު ގޮތެއްގައި ވާޖިބުތައް އަދާކުރަން ޖެހުނަސް އެކަން ކުރަމުން ނުދާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.
"ޣައްޒާއަށް އެހީގެ ކުޑަ މިންވަރެއް ވެސް އެތެރެ ނުކުރެވި މަހަށްވުރެ ގިނަ ދުވަސް ފާއިތުވެއްޖެ. ކާއެއްޗެއް ނެތް. ތެލެއް ނެތް. ބޭހެއް ވެސް ނެތް. ވިޔަފާރީގެ ސަޕްލައިއެއް ނެތް. އެހީ މެދުކެނޑި ހުރިހާ އެއްޗެއް ހުސްވެ މިހާރު ވަނީ އަނެއްކާ އެންމެ ނުރައްކާ ހާލަތު އާންމުވުމުގެ ބިރު ބޮޑުވެފައި،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ގުޓަރޭޒް ވިދާޅުވި އެވެ.
ހަނގުރާމައިގެ ތެރޭ އަމަލުތައް ބަހައްޓަންޖެހޭ ގޮތުގެ ޖެނީވާ މުއާހަދާތަކަށް އިޝާރާތް ކުރައްވައި ގުޓަރޭޒް ވިދާޅުވީ އެތަނެއްގެ އާންމުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސްފަރުވާއ ފޯރުކޮށްދިނުން އެތަނެއް ހިފައިގެން ތިބޭ ބައެއްގެ މައްޗަށް ލާޒިމް ކަމަށެވެ.
"މިއިން އެއްވެސް ކަމެއް މިއަދަކު ނުވޭ. އިންސާނީ އެހީ އެއްވެސް ވަރަކަށް ޣައްޒާއަށް އެތެރެއެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
"އެހީ ފޯރުކޮށްދިނުމުގެ ހުއްދަ ދިނުމުގައި އިޒްރޭލުން އެންމެ ފަހުން ހުށަހަޅާފައިވާ ކަންކަމުން، އެހީގެ މަސައްކަތް މިހާރަށް ވުރެ ބޮޑަށް އެބަ ކޮންޓްރޯލްވޭ. އެހީ ފޯރުކޮށްދިނުން [ކާއެތިކޮޅުގެ] އެންމެ ފަހު ކެލަރީ އާއި ގޮދަންކޮޅާ ހަމަޔަށް ކޮންޓްރޯލްވޭ،" ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގުޓަރޭޒް ވިދާޅުވި އެވެ.
ޣައްޒާއަށް ދޭ އެހީ ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން އިޒްރޭލުން ދާދި ފަހުން ހުށަހެޅި ހުށަހެޅުންތަކުގައި، ކާބޯތަކެތީގެ ކެލަރީ ވެސް ވަކި މިންވަރެއްގައި ހިފެހެއްޓުން ހިމަނާފައިވާ ކަމަށާއި އެއީ ހަމާސް ޖަމާއަތުން އެހީގެ ތަކެތި ނަމަހަމަ ގޮތުގައި ބޭނުންކޮށްފާނެތީ ކަމަށް ބުނެފައިވާ ކަމަށް އދ.ގެ ބައެއް އޮފިޝަލުން ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑަށް ސާފުކޮށް ދަންނަވަން - އިންސާނިއްޔަތާއި އިންސާފުވެރިކަމާއި މިނިވަންކަމާއި ހަމަހަމަކަން ފަދަ އިންސާނީ އުސޫލުތަކަށް ފުރިހަމައަށް އިހުތިރާމް ނުކުރާ އެއްވެސް އިންތިޒާމެއްގައި ބައިވެރިއެއް ނުވާނަން،" ހުއްޓުމެއް ނެތި ޣައްޒާއަށް އެހީ ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ދިނުމަށް ގޮވާލައްވަމުން އޭނާ ވިދާޅުވި އެވެ.
ގުޓަރޭޒް ވަނީ އިޒްރޭލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގާ އަމަލުތަކާ މެދު ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީވާ
09 April 2025
ހަމާސްއިން ކީއްވެތަ އާމުންނާ ވަކިން ތިބެ ހަނދުރާމަ ނުކުރަނީ
އެއްކަލަ މީހާ ދޯ
09 April 2025
އިޒްރޭލް ހިންގަނީ ގަތުލުޢަމެކޭ އަދި އިޒްރޭލްވަނީ އިންސާނީ ހައްގުތަކަށް އަރައިގެންފައޭ އަދި އެކަން ކުއްވެރިކުރަމޭ ބުނެލާކަށް ހަމަ ނުކެރުނު ދޯ؟
ކޮތަރޭ
09 April 2025
މި ގަތުލުއާއްމު ނުހުއްޓި ދުނިޔޭގެ ބާރުތަކާއި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ފާޑު ކިޔުން އަމާޒުވެފައިވާ އިރު އަހަރެމެން ކަހަލަ މުސްލިމުން މިތިބީ މަޙުދީގެ ފާނު ފާޅުކުރައްވާނެ ވަގުތެއްގެ އިންތިޒާރުގައި ކެތްތެރިވެގެންނެވެ. ޣައްޒާގެ އަޚުންނާއި އުޚުތުންނަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވާށި
ކައުންސެލަރު...
10 April 2025
އާމީން!
އ އަހްމަދު
09 April 2025
ތިޔައެމެރިކާ ހަމަމަގައްއަޅުވަންބޭނުމިއްޔާ އދ ގެމައިމަރުކަޒް އެމެރިކާއިންބޭރުކޮށް ވީޓޯގެބާރުންވެސް އެމެރިކާއެކަހެރިކުރޭ އދ ގެއާއްމުޖަލްސާއަކުންއެކަން ކުރެވެންޖެހޭނެ
ކިއްލި
09 April 2025
ކީތްތޯ ކުރެވޭނީ. ތިޔަބޭފުޅުންގެވެސް ބާރެއްނެތް. ތިބޭފުޅުން ނިންމާ ނިންމުން ގަބޫލުކުރުމަށް ބައެއް ގައުމުތަކަށް މަޖުބޫރުވޭ. އެމެރިކާއާ އިޒްރޭލަކީ ކޮންމެފަދަ ނިންމުމެއް ނިންމިޔަސް އެމީހުން ބޭނުންނުވާ ކަމެއްގާ އެއްގަލަކަށް އަރާނޭ ބައެއްނޫން. ތިޔަކަންތަކުގާ ދެންއޮތީ ބޮޑުފަރާތުގެ އަވަސްނިޔާއެއް އައުމުގެ އިންތިޒާރުގާ ތިބުން.
ކުންޑަލީ
09 April 2025
ތިކަން ކުރުވީވެސް ޔޫއެން އިން މުސްލިމުން ނައްތާލަންވެގެން ހަނގުރާމަ ހުއްޓާލަނީޔެ އަސީރުން ބަދަލުކުރަނީއޭ ކިޔައިގެން އެތަނުން ނިކުމެގެން ދިޔަ މީހުން އެތެރެއަށް ވައްދާފައި އެމީހުން މަރަނީ ހަމަ ކަލޭމެން
ސަސި.
09 April 2025
ދެން ފަހެ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އޭނާގެ ޒިންމާ އަދާކޮށްފިއެވެ. އެކަމު އަރަބި ބަހުން ދިން ބަޔާނެއް ނޫންވީމަ، އަހަރުމެންގެ އިސްލާމީ ވެރިންނަށް އެބުނާ އެއްޗެއް ސާފެއްނުވާނެއެވެ.