10 އެޕްރީލް 2025 - 05:48
ބޮލީވުޑްގެ އެކްޓްރެސް އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަންގަނާ ރަނާވަތުގެ ގެއަށް މި މަހު ފޮނުވި ކަރަންޓު ބިލު ބޮޑުވެގެން އޭނާ ހިތްހަމަނުޖެހިއްޖެ އެވެ.
ކަންގަނާ މިދިޔަ އަންގާރަ ދުވަހު އޭނާގެ ދާއިރާ، މަންޑީގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ބުނީ މި މަހު އޭނާގެ ގެއަށް ވަރަށް ބޮޑު ކަރަންޓު ބިލެއް ފޮނުވާފައިވާ ކަމަށެވެ. އިންޑިއާގެ މަނާލީގައި ހުންނަ އޭނާގެ ގެއަށް މި މަހު ފޮނުވި ކަރަންޓު ބިލަށް 100،000 އަށް ވުރެ ގިނަ ރުޕީސް އަރާފައިވާ ކަމަށް ބުންޏެވެ.
ކަންގަނާ ބުނީ އޭނާ މިހާރު އެ ގޭގައި ދިރިނޫޅޭއިރު، ކަރަންޓު ބިލަށް އެހާ ބޮޑު އަދަދެއް އެރުމުން ހައިރާންވެފައި ހުރި ކަމަށެވެ.
މަޖިލިސް މެމްބަރަކަށް ވުމުން ކަންގަނާ މިހާރު ދިރިއުޅެނީ ނިއު ދިއްލީގަ އެވެ.
ކަރަންޓު ބިލު ބޮޑުވުމުން ކަންގަނާ ވަނީ ހިމާޗަލް ޕްރަދޭޝް ސްޓޭޓުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
"މިއީ ވަރަށް ދެރަކަމެއް. ބިލު ބަލައިފައި އަހަރެން ލަދު ވެސް ގަތް، މިހެން މިކަން ވާތީ،" ކަންނަގާ ބުންޏެވެ.
"އަހަރެމެން އެންމެން އެބަޖެހޭ މި ގައުމުގެ، މި ސްޓޭޓުގެ ކަންކަން ހަމަ މަގަށް އަޅުވަން މަސައްކަތްކުރަން. އަހަރެން ބުނާނީ މިއީ މަކަރުވެރިންނޭ، އަހަރެމެން މި މަކަރުވެރިން ކައިރިން ސަލާމަތްވާން ޖެހެޔޭ."
މަޖިލިސް މެމްބަރަކަށްވި ފަހުން މިދިޔަ ފެބްރުއަރީ މަހު ކަންގަނާ ވަނީ އޭނާގެ އާ ފިލްމު "އިމަޖެންސީ" ވެސް ޕްރިމިއާކޮށްފަ އެވެ. ނަމަވެސް، އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު.
10 April 2025
ރާއްޖޭގެ ކަރަންޓު ބިލެއް މީނަޔަށް ދައްކާލަންވީ. އެއިރުން ރުޅި މަޑުވެދާނެ
ބަރުޑު
10 April 2025
އޭސީ 25 ހުން ތިރިކޮއްފަ މިކްސްޗަރު ޖައްސައިގެން ކޮންމެ ދުވަހަކު ޖޫސް ގިރާފަ ކޮން ވާހަކައެއް ދައްކާކަށް ؟
ކިނާރީ
10 April 2025
ލިބޭ އެއްޗަކުން ދެކޮޅުނުޖެހޭ އިރު ރުޅިއާދެވޭނެ. ފިލްމެއް ކުޅެގެންއާއްމުދަނިއެއްނުލިބޭއިރު އަގުބޮޑު ގެތަކަށް އަންނައކަރަންޓް ބިލް ބޮޑުވުމާ ކުރަންއާދަވެފަ ތިބޭ ބޮޑެތި އިސްރާފު ތަކަށް ހަރަދު ކުރަންޖެހޭއިރު .ކަންގަނާ ނޫނަސް މަށަށްވެސް އެހެންވެ .
ހިހިހި
10 April 2025
އަނހަ ކަންގަނާއަށް ވެސް މިވީ އަހަރުމެންނަށްވީ ވަރުދޯ؟
ސްޓެލްކޯ
10 April 2025
ބަލަ ހޫނުވެގެނޭ ކަރަންޓު ބިލް ބޮޑުވަނީ ކަންގުރާނާ. ހެޔޮ ކަރަންޓު ކަނޑާފަ ހުއްޓަސް. ހޫނުވީމަ މިޓަރުތައް އެންބުރޭނީ ހޫނުން.
ޢެޑްމުންޑޯ
10 April 2025
މިރާއްޖޭގެ ކަރަންޓް ބިލްތައްވެސް އަންނީ ތިގޮތައް ، މީހަކު އުޅުނަސް ނޫޅުނަސް ބިލަކަށް ބަދަލެއް ނާންނާނެ ، ބޮޑުވާނީ
ސަސި
10 April 2025
ކަންގަނާ އޭސީ ކޮށްފަ ހުންނަ ތަންތަނުގަ އުޅޭތީ ނޭންގެނީ، މާރޗް މަހު އިންޑިއާގެ ހޫނު މިން ހުރި ވަރެއް. ޢަނެއްކާ ރޯދަމަސްވީމަ އަވަނާ މިކްސަރވެސް ގިނައިން ބޭނުން ކުރާނެތާ
ކައްދާ
10 April 2025
ދޫނިރާއްޖޭގެ ކަރަންޓު ބިލް މީނައަށް ދައްކަބަލަ ވާގޮތްބަލަން!
ޢަހާ
10 April 2025
ކަންގަނާއަަކަށް ނޭގޭތަ މިއީ ހޫނުމޫސުން ކަމެއް. މީހަކު ނޫޅުނަސް ، ކަރަންޓް ބޭނުން ނުކުރިއަސް ހޫނު މޫސުމުގައި ބިލް ބޮޑުވާނެ. އަނެއްކާ ހޫނު މޫސުމް ނޫން މޫސުމެއް ދެން ނާންނާނެ. އިންޑިޔާއިން ބިލްތަކުގެ ނަމޫނާ ބަލާ ހަދަނީ ސްޓެލްކޯއިން