09 އެޕްރީލް 2025 - 21:22
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) ކުރިމަތިވެފައިވާ ދަރަނީގެ ގޮންޖެހުންތަކުން އަރައިގަތުމަށް، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސް (ޑީއެސްއެސްއެސް)އަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމަށް ގަބޫލުކުރައްވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސިޑްސްގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕްގެ ކޯ ޗެއާގެ ހައިސިއްޔަތުން އެ ބައްދަލުވުން އިފްތިތާހު ކޮށްދެއްވައި ވާހަކަ ދައްކަވަމުން، ރައީސް ވިދާޅުވި ގޮތުގައި، ޑީއެސްއެސްއެސްގެ މަސައްކަތްތައް ފަށައިގަތުމަކީ ކުދި ޖަޒީރާ ގައުމުތަކަށް ދެމެހެއްޓެނެވި ތަރައްގީ ގެނައުމުގެ މުޅިން އާ މަގެއް ފަހިވެގެންދާނެ ކަމެކެވެ.
ކުދީ ޖަޒީރާ ގައުމުތަކުގެ ތެރެއިން ގިނަ ގައުމުތަކަށް ދަރަނި އަނބުރާ ދެއްކުމަށް ދަތިވެފައިވާއިރު، އެކަމާ ކުރިމަތިލަމުންދަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމުގެ ތެރެއިން ކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ދެއްކުމުގެ ގާބިލުކަން ކަށަވަރުކުރުމަކީ، އެންޓިގާ އެންޑް ބާބޫޑާ އެޖެންޑާ ފޯ ސިޑްސް (އޭބީއޭއެސް)ގައި ބަޔާންކޮށްފައިވާ ވިލުންވެރި ތަރައްގީގެ އުންމީދުތައް ހާސިލްކުރުމަށް ވަރަށް މުހިންމު ކަމެކެވެ.
އެއާއެކު އެ މަނިކުފާނު ވަނީ، ޑީއެސްއެސްއެސްގެ މަސައްކަތްތައް ވީއެންމެ އަވަހަކަށް ފަށައިގަތުމުގެ މުހިންމުކަން ތަކުރާރުކުރައްވައިފަ އެވެ.
މިގޮތުން، ކުދި ޖަޒީރާ ގައުމުތަކުގެ ދަރަނީގެ މައްސަލަ ހައްލުކުރުން ދެމެހެއްޓެނިވި ތަރައްގީގެ އިތުރުން، މޫސުމީ ގެއްލުންތަކުން އަރައިގަތުމާއި ތިމާވެށި ހިމާޔަތްކުރުމާ ވެސް ގުޅިފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.
އަދި ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ކުއްލި ބަދަލުތަކާއެކު، ތަރައްގީގެ ގޮންޖެހުންތަކަށް ގިނަ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތައް ބައިވެރިވެގެން، ހައްލުތަކެއް ބޭނުންވާކަމަށް ރައީސް ވިދާޅުވި އެވެ.
މިގޮތުން، މުސޫމީ ބަދަލުތަކަށް ވިލުންވެރި ތަރައްގީއަށް އިންވެސްޓު ކުރާ ގައުމުތަކުގެ ދަރަނި ލުއި ކޮށްދިނުމަށް ރާއްޖޭން ހުށަހަޅާފައިވާ ހުށަހެޅުމަށް އެ މަނިކުފާނު މިއަދު ވެސް ބާރު އެޅުއްވި އެވެ. އަދި ކޮންމެ ގައުމެއްގެ ހާލަތަށް ވަކިން ރިއާއަތްކޮށްގެން، ދަރަނި ލުއި ކޮށްދިނުމުގެ ނިޒާމެއްގެ މުހިންމު ކަމުގެ މައްޗަށް ވެސް ރައީސް އަލިއަޅުވައިލެއްވި އެވެ.
އެ ބައްދަލުވުމުގެ ނިންމުމުގައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް ބައިނަލްއަގްވާމީ ކޮންފަރެންސް އޮން ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރު ވަނަ ބައްދަލުވުމަކީ (އެފްއެފްޑީ4) ކުދި ޖަޒީރާ ގައުމުތަކުގެ ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޑީއެސްއެސްއެސް ޕްރޮމޯޓްކޮށް ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ މިންވަރަށް ގެނައުމަށް ލިބޭ "ރަން ފުރުސަތެއް" ކަމަށެވެ.
މި އިސްނެގުމަށް ގިނަ ގައުމުތަކުން މިހާރުވެސް މަރުހަބާ ކިޔާފައިވާއިރު، ދަރަނި ލުއި ކުރުމުގެ އީޖާދީ ވިސްނުންތަކާއި ލުއި ގޮތަކަށް ފައިނޭންސިން ހޯދުމުގެ މަސައްކަތް އާ ހަރުފަތަކަށް ގެންދިޔުމަށްޓަކައި ބައިނަލްއަގްވާމީ އެއްބާރުލުމާއި ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ދަރަނި ދެމެހެއްޓެނިވި މިންގަނޑަކަށް ގެނައުމަކީ ހަމައެކަނި ހިސާބު އަދަދުތަކެއް ނޫނެވެ.
އެއީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ރައްޔިތުންގެ ފުރާނަ ހިމާޔްތަކުރުމާއި ދިރިއުޅުމާއި، މުސްތަގުބަލް ރައްކާތެރިކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަކީ އެކުވެރި ދައުލަތްތަކުގެ 38 ގައުމާއި، އެކުވެރި ދައުލަތްތަކުގެ ތެރޭގައި ނުހިމެނޭ ނުވަތަ އެސޯސިއޭޓް މެންބަރުންގެ ގޮތުގައި ހިމެނޭ 20 ގައުމެއްގެ މައްޗަށް އެކުލެވިފައިވާ ޖަމިއްޔާއެކެވެ. ރާއްޖެއާއި އެންޓީގާ އެންޑް ބާބިއުޑާ އަކީ ސިޑްސްގެ އެސްއޭޖީގެ ކޯޗެއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިލާމު
10 April 2025
ފުރަތަމަ ދައުލަތުގެ ކޮރަޕްޝަން ހުއްޓުވަން ބުނެ ކުރަނީ އިސްރާފު، އަދި ރައްޔިތުން އަތުން ޓެކްސް ނަގައިގެން އޭނގެއިން އިސްރާފު ކޮށްގެން މިގައުމުގެ ޚަޒާނާ ދާނީ ހުސްވަމުން
ރުވޭދާ ރަމީޒް
10 April 2025
ނިކަން ރަނގަޅު. މުގައުމަށް ބޭނުންވަނީ ގައުމުގެ ހައްގުގައި އަބަދުވެސް ވަކާލާތު ކުރާ މީހުން. އަދި ހާއްސަކޮށް މޫސިމީ ކަންކަމުގައި. މިކަން މީ އަހަރުމެން ކަހަލަ ތިރި ގައުމަކަށް އެއްމެ މުހިއްމުވާނެ އެއްކަންތައް.
ޒީނަތް އައްބާސް
10 April 2025
އަހަރުމެންގެ ރައީސް ގައުމު ކިތަންމެ ކުޑަޔަސް ހަދަންޖެހޭ ގޮތް މިކިޔާދެނީ ދުނިޔޭގެ ބޮޑެތި ގައުމުތަކަށް. މީގެ ސަބަބުން މިގައުމަށް އެހެން ގައުމުތަކުން ކުރާ ރެސްޕެކްޓް ބޮޑުވެގެން ދާނެ.
ނޫރުﷲ އިސްމާއިލް
10 April 2025
މިހެންވެ ބުނަނީ ރައީސް މުއިއްޒްއަކީ ގަދަ ވެރިޔެކޭ. ދުނިޔެއަށް މި ކިޔާދެނީ. ނަމޫނާ ދައްކަނީ. މިހެން ވާންޖެހޭނެ ލީޑަރެއް ވިއްޔާ.
ލޫތް އާސިފް
10 April 2025
ހަގީގީ ތިމާވެށީގެ ބާނީ އަކީ ރައީސް މުއިއްޒް. ރައީސް ނަޝީދަކީ ނޫން.
އެކްސްްް
10 April 2025
އެހެންމީހުން ފައިބުޑަށްވެއްޓި ސަލާން ޖެހުމުގެ ވިސްނުން ދޫކޮށް، ތިކުރައްވާ ބޭކާރު ޚަރަދުތައް ހުއްޓާލައި، ލިބޭ އެއްޗަކުން ދެކޮޅުޖެއްސުމުގެ ވިސްނުން ގެންގުޅޭނީ ކޮންއިރަކުންބާ؟ ދަރަންޏަކީ ސަރުކާރުތަކުން އުފައްދާ އެއްޗެއް. މިވިސްނުން ބަދަލުނުވެ، ދުވަހަކުވެސް ދަރަނި މެނޭޖެއްނުކުރެވޭނެ.
މަ ބުނީ
10 April 2025
މަ ބުނީ އެއްކަލަދުވަހު ފެނުނު ފެހި ސިގުނަލްތައް މިހާރު ކަޅު ވީތޯ ؟.
ބުރްކީނާފާސޯ މިސާލަކަށް ބަލާބަލަ.
10 April 2025
ސަލާންޖެހުމުގެ ވިސްނުން ބަދަލްކޮށް، ލިބޭ އެއްޗަކުން މެނޭޖްކޮށް އަމިއްލަ އުފެއްދުންތެރިކަން މަތިކުރާކަށް ނުވޭތޯ؟! ހުޅަނގުން ދުވަހަކުވެސް ބަޔަކު އަމިއްލަ ފައިމައްޗަށް ތެދުވިޔަ ނުދޭނެ. އިސްތިއުމާރީ ބާރުތަށް ރީތިނަން ނަން ކިޔާފަ އެމީހުންގެ ކޮންޓްރޯލްގަ މީހުންގެންގުޅެނީ އަދިވެސް.
ފެއިލްޑް ފޮރިން
10 April 2025
ރައީސްއެވެ. ކުރީގެ ވެރިކަމެއްގައި ވެސް ފެއިލްވެފައިވާ މީހެއް ތި ނަސީރަކީ. ފޮރިން ކަންކަން މިހާރުވެސް ބޮއްސުންލައިގެން ތިދަނީ ތިކަހަލަ ދެ އުޅިއެއްނުވާ މީހުން ގޮވައިގެން އުޅޭތި. ޗައިނާ، އިންޑިޔާ، ސައުދީ މީގެން އެއްވެސް ފަރާތެއްގެ އެހީއެއް ހޯދަން ތިމީހުން ދިން ލަފައެއް ކާމިޔާބެއްނޫން. ގޭގެ އޮޅިގަނޑު ބަދަލުކުރޭ
މހއމ
10 April 2025
ގޭގެ އޮޅިގަނޑު ނުވެސް ނެތޭ މިހާރަކު
ސުވާދީބު
10 April 2025
ފައިނޭންސިން ހޯދުމުގެ މަސައްކަތް އާ ހަރުފަތަކަށް ގެންދިޔުމަށްޓަކައި ސިޔާސީ ވަޒީފާ އަދިވެސް އިތުރުކުރީމާ ރަނގަޅުވާނެ،